ޕީޕީއެމްގެ ނައިބު ރައީސަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މިއަދު އައްޔަންކޮށްފި އެވެ.
17 އޮކްޓޯބަރ 2024
ޕީޕީއެމްގެ ނައިބު ރައީސަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މިއަދު އައްޔަންކޮށްފި އެވެ.
ހަލީލް އެ މަގާމަށް އައްޔަންކުރީ ސަރުކާރު ހިންގާ ޕީއެންސީއާ އެކު މަސައްކަތްކުރާ ޕީޕީއެމްގެ ސެނެޓް ނުބާއްވާތާ ގިނަ ދުވަސް ދުވަސްތަކަކަށް ފަހު ބޭއްވި ޕީއެންސީގެ ސެނެޓްގެ ބައްދަލުވުމުގަ އެވެ.
ޕީއެންސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިއްތިފާގުން ވަނީ ވަނީ އެ ޕާޓީގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ހަލީލް އައްޔަންކޮށް އަދި ސެކްރެޓަރީ ޖެނެރަލަކަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް ކަނޑައަޅައުފަ އެވެ.
ސެނެޓު ބައްދަލުވުމެއް ބާއްވާފައި ވަނީ ޕީޕީއެމް އުވާލަން އުޅޭ ކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ފެތުރިފައި ވަނިކޮށެވެ. އެކަމާ ގުޅޭ ގޮތުން އޮފިޝަލް ވިދާޅުވީ އެފަދަ މަޝްވަރާއެއް ނުކުރާ ކަމަށެވެ.
ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި މިހާރު ތިއްބަވާނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.
ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި ގިނަ ބޭފުޅުން ވަނީ ވެރިކަން ލިބުމާ އެކު، ޕީއެންސީއާ ގުޅިވަޑައިގެންގފަ އެވެ.
ކަންބޮޑުވުން ހުއްޓަސް ޕީޕީއެމް ދޫކޮށެއް ނުލަން: ޚަލީލް
ޕީޕީއެމްގެ ހަރަކާތްތައް ރޯދަމަހަށް މެދުކަނޑާލަނީ
ޖަގަހަ ފެށުމުން އިދިކޮޅުގެ އަޑު ކެނޑިއްޖެ: ޚަލީލް
ޕީޕީއެމަށް ފޯމު ފުރަން މަޖުބޫރުކުރާ ކަމުގެ ޝަކުވާތަކެއް
ޕޮއިންޓް ދޭ އުސޫލަކުން ކެންޑިޑޭޓުން ހޮވަނީ
މައުމޫނާއި ގާސިމް މަސައްކަތް ކުރަނީ ހަމަޖެހުން ނަގާލަން
"ޕީޕީއެމް އޮތީ ނިދާފައި، ހަރަކާތް ފެށީ އަދިކިރިޔާ"
ޕީޕީއެމް އުވާލައި ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި
ޕީޕީއެމް އުވައިލުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި
ޕީޕީއެމް އުވާލަން އެ ޕާޓީގެ ސެނެޓުން ފާސްކޮށްފި