އިންޑިއާ އާއި ޗައިނާ އާ ދެމެދު މައްސަލަ ބޮޑުވެފައި އޮންނަ ބޯޑަރުގެ ސަރަހައްދުތަކުގައި އަސްކަރިއްޔާއިން ފޯރިމެރުމާ ބެހޭ ގޮތުން އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް އިންޑިއާއިން ބުނެފި އެވެ.
އިންޑިއާ އާއި ޗައިނާ އާ ދެމެދު މައްސަލަ ބޮޑުވެފައި އޮންނަ ބޯޑަރުގެ ސަރަހައްދުތަކުގައި އަސްކަރިއްޔާއިން ފޯރިމެރުމާ ބެހޭ ގޮތުން އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް އިންޑިއާއިން ބުނެފި އެވެ.
މިއީ 2020 ގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ހިނގި ކުރިމަތިލުންތަކަށް ފަހު ސުލްހައިގެ ގޮތުން މިހާތަނަށް ކުރި އެންމެ ބޮޑު މަސައްކަތެވެ.
މިކަން އިއުލާނުކުރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން، ރަޝިއާގައި ބާއްވާ ބްރިކްސް ސަމިޓަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލް ވިކްރަމް މިސްރީ ވިދާޅުވީ މި އެއްބަސްވުން ހެދީ ދެ ގައުމުގެ ޑިޕްލޮމެޓިކް އަދި އަސްކަރީ ވަފުދުތަކުން މިދިޔަ ހަފްތާތަކުގައި ބައްދަލުކޮށް މަޝްވަރާތައް ބޭއްވުމަށް ފަހުގައި ކަމަށެވެ.
އާބާދީ އެންމެ ބޮޑު އަދި ވާދަވެރިކަން ވެސް ބޮޑު ދެ ގައުމުގެ ދެމެދުގައި އިމުގެ މައްސަލަ އެންމެ ބޮޑަށް ޖެހެނީ ރަސްމީކޮށް އިން ކަނޑައެޅިފައި ނެތް ބައެއް ހިސާބުތަކުގެ ކޮންޓްރޯލް ހޯދަން އެއް ގައުމުން މަސައްކަތްކުރާ ކަމަށް އަނެއް ގައުމަކުން ތުހުމަތުކުރާތީ އެވެ. އިމުގެ މައްސަލަ ހަމަޖެއްސުމަށް ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ނަމުގައި އިމެއް ކަނޑައަޅާފައި ވާއިރު އެ ސަރަހައްދުތަކުގައި ޕެޓްރޯލްކުރުމުގެ އިންތިޒާމުތައް އާ އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖައްސައިފަ އެވެ. އެހެންވެ، 2020 ގައި އުފެދުނު ފަދަ މައްސަލައެއް ދެން ނުޖެހޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން، ބޯޑަރުގައި އަމާންކަން ގާއިމުކުރުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ބޯޑަރުގައި އަމާންކަން ނެތި ދެ ގައުމުގެ ގުޅުން ރަނގަޅުކުރަން ވެސް ހުރަހަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
ޗައިނާ އާއި އިންޑިއާ އަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެ ގައުމެވެ. މި ދެ ގައުމުގެ ދެމެދުގައިވާ 3،500 ކިލޯމީޓަރުގެ ބޯޑަރުގެ އިމާ މެދު ޚިލާފު އުފެދިފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.
އުތުރުތިލަފަޅަށް ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް
ބަންގްލާދޭޝްއަށް ޗައިނާގެ ހޮސްޕިޓަލްތަކެއް ހާއްސަކުރަނީ
ޗައިނާގެ ޝީއިން އަލުން އިންޑިއާ މާކެޓަށް
ރާއްޖެ-ޗައިނާ އެފްޓީއޭއާ މެދު އިންޑިއާގެ ނުތަނަވަސްކަން
އިންޑިއާ-ޗައިނާގެ ވައިގެ ދަތުރުތައް އަލުން ފަށަނީ
ދަނޑުވެރިކަމުގެ މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލުކޮށްފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
"އިންޑިއާ-ޗައިނާ މަޝްވަރާކޮށް ގުޅުން ބަދަހިކުރަންޖެހޭ"
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
އިންޑިއާ/ޗައިނާގެ މުދަލަށް ރުފިޔާ ދެއްކޭ ގޮތް ހަދަނީ