ގަވާއިދުން އޮޑިޓްނުކުރާ ވީއޭއެމްގެ މިދިޔަ ހަތަރު އަހަރުގެ އޮޑިޓް ރިޕޯޓްތައް ރޭ ފާސްކޮށްފި އެވެ.
22 އޮކްޓޯބަރ 2024
ގަވާއިދުން އޮޑިޓްނުކުރާ ވީއޭއެމްގެ މިދިޔަ ހަތަރު އަހަރުގެ އޮޑިޓް ރިޕޯޓްތައް ރޭ ފާސްކޮށްފި އެވެ.
ރާއްޖޭގެ ކުޅިވަރުގެ ގިނަ އެސޯސިއޭޝަންތައް ގަވާއިދުން އޮޑިޓެއް ނުކުރެ އެވެ. އޭގެ ތެރެއިން އެއް އެސޯސިއޭޝަނަކީ ވީއޭއެމް އެވެ.
އެ އެސޯސިއޭޝަންގެ މާލީ ރިޕޯޓްތައް ހުށަނާޅާ މައްސަލައިގައި ސްޕޯޓްސް ކޮމިޝަނާގެ އޮފީހުން އެކި މުހުލަތުތައް ވީއޭއެމަށް ދިނެވެ. އެކަމަކު އެ މުހުލަތުތައް ފަހަނައަޅައި ދިޔަ އިރު ވެސް އެ އެސޯސިއޭޝަނަށް އެ ރިޕޯޓްތައް ހުށަހެޅޭ ގޮތެއް ނުވި އެވެ.
ހެންވޭރު ބޯޅަގޭގައި ރޭ ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި 2020، 2021، 2022 އަދި 2023 ގެ އޮޑިޓް ރިޕޯޓްތައް ފާސް ކުރީ ހާޒިރުވި މެންބަރު ކްލަބްތަކުގެ އިއްތިފާގުންނެވެ.
ވީއޭއެމްގެ ކޮންގްރެސްގައި ވޯޓް ދެވޭ މެންބަރު ކްލަބްތަކުގެ އަދަދަކީ 15 ކްލަބެވެ. އޭގެ ތެރެއިން 13 ކްލަބް ކޮންގްރެސް އަށް ހާޒިރުވި ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
ވީއޭއެމް އާއި އެ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީ މެންބަރުންނާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަ އާންމުކޮށް ފަތުރާނަމަ، އެ ފަރާތަކަށް ފިޔަވަޅު އަޅަން ވެސް ރޭ ވަނީ ވަނީ ނިންމުމެއް ފާސްކޮށްފަ އެވެ. އެކަމަށް އަޅާ ފިޔަވަޅަކީ ރާއްޖޭގައި ބާއްވާ ވޮލީގެ އެއްވެސް ހަރަކާތެއްގައި ދެ އަހަރުވަންދެން ސަސްޕެންޑް ކުރުމެވެ.
ކްލަބް ވޮލީބޯލްއިން ކޮންގްރެސްއަށް ހުށަހެޅި އެ ނުކުތާ އަށް ތާއީދު ކުރީ އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވްސް ސްޕޯޓްސް ކްލަބުންނެވެ. އަދި އެ ކަން ފާސް ކުރީ ހާޒިރުވި މެންބަރު ކްލަބްތަކުގެ އިއްތިފާގުންނެވެ.
ގައުމީ ވޮލީ ޓީމު "އިސްލާހު" ކުރުން ކާމިޔާބުވާނެ؟
ގޯސް ހެދުނުކަމަށް އެއްބަސްވެ ޝަމާއިލް މައާފަށް އެދިއްޖެ
ޝަމާއިލަށް އަދަބު، އޭނާ ކުޅުނު މުބާރާތްވެސް ހުއްޓިއްޖެ
ބްލެކްމެއިލްގެ ތުހުމަތަށް ކޯޗު ސޮފްވާން ސަސްޕެންޑްކޮށްފި
ތުހުމަތުތަކާ ގުޅިގެން ކޯޗު ސޮފްވާން ސަސްޕެންޑް ކޮށްފި!
ސުޕަ ލީގުގައި ބައިވެރިވާން ހުރިހާ ރަށަކަށް ހުޅުވާލައިފި
ގައުމީ ޒުވާން ވޮލީ ޓީމުގެ ކޯޗަކަށް އިރާންގެ ނަޒާރީ
ސީޒަން ފަސްކުރަން ޖެހުމުން، ސަރުކާރުން ބަދަލު ދެނީ
އެހެން ހަފުލާއަކަށް ޖާގަ ދޭން ވޮލީ ސީޒަން ފަސްކޮށްފި
ވަސީލަތެއް ނެތް ކަމަށް ބުނެ އީރާން ކޯޗު ފުރައިފި