އަންހެން ކުޅުންތެރިޔަކު ބްލެކްމެއިލްކޮށް ބިރު ދައްކައިގެން ޖިންސީ ނާޖާއިޒު ގުޅުމެއް ހިންގަން އުޅުނުކަމުގެ ތުހުމަތު ކުރެވުނު ގައުމީ އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗު ސޮފްވާން އަހްމަދު ފަސް އަހަރަށް ސަސްޕެންޑްކޮށްފި އެވެ.
15 އޮކްޓޯބަރ 2025
އަންހެން ކުޅުންތެރިޔަކު ބްލެކްމެއިލްކޮށް ބިރު ދައްކައިގެން ޖިންސީ ނާޖާއިޒު ގުޅުމެއް ހިންގަން އުޅުނުކަމުގެ ތުހުމަތު ކުރެވުނު ގައުމީ އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗު ސޮފްވާން އަހްމަދު ފަސް އަހަރަށް ސަސްޕެންޑްކޮށްފި އެވެ.
ސޮފްވާންގެ މައްސަލަ ބަލަން، ވީއޭއެމުން އެޑްހޮކް ކޮމިޝަނެއް އުފައްދައި، ގައުމީ ވޮލީ ޓީމުގެ މަގާމުން އޭނާ އެކެރި ކުރި އެވެ.
އެޑްހޮކް ކޮމިޝަނުގެ ރިޕޯޓަށް ރިއާޔަތްކޮށް ވީއޭއެމްގެ އެސްކޯއިން ނިންމީ ވޮލީގެ އެންމެހާ ހަރަކާތްތަކުން އޭނާ ސަސްޕެންޑް ކުރުމަށެވެ.
ވީއޭއެމްގެ އެކްސްކޯ މެންބަރުކަން ވެސް ކުރާ ސޮފްވާންއާ ދެކޮޅަށް އެޅި ފިޔަވަޅާ ގުޅިގެން އެކްސްކޯގެ ނިންމުން އާންމުކުރަން، މީޑީއާ އަށް ފޮނުވި ބަޔާނުގައި ސޮފްވާންގެ ނަންވެސް ނެތެވެ. ބަޔަނުގައި އޭނާ އަށް ނިސްބައތްކޮށްފައި ވަނީ "ތުހުމަތުކުރެވޭ ފަރާތް"، މިހެންނެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ވީއޭއެމްގެ އެކްސްކޯ މެންބަރުކަމުން އޭނާ ވަކި ކުރުމަށް އެންމެ އަވަހަށް ބާއްވާ ކޮންގްރެސް އަށް ހުށަހަޅާނެ ކަމަށެވެ. އަދި ވީއޭއެމްގެ އެއްވެސް ކޮމިޓީއެއްގެ މަގާމު ވެސް ފަސް އަހަރަށް އޭނާ އަށް އަދާނުކުރެވޭ ގޮތަށް ވެސް ފިޔަވަޅު އެޅާފައިވާކަން ވީއޭއެމްގެ ބަޔާނުގައި ބުނެފައި އެވެ. ވީއޭއެމްގެ މުބާރާތްތަކުގައި އެއްވެސް ކްލަބެއްގެ އޮފިޝަލުކަން ވެސް ފަސް އަހަރަށް އޭނާ ނުކުރެވޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. އަމިއްލަ ފަރާތަކުން ބާއްވާ މުބާރާތެއް ކަމުގައި ވިޔަސް ވީއޭއެމްގެ ރެފްރީންނާއި ޓެކްނިކަލް އޮފިޝަލުން ހަމަޖައްސައިގެން ބާއްވާ މުބާރާތެއްގައި ވެސް ސޮފްވާނަށް އެއްވެސް ދައުރެއްއަދާ ނުކުރެވޭނެ ކަމަށް ވެސް އެސޯސިއޭޝަނުން ބުންޏެވެ.
ގައުމީ އަންހެން ޓީމުގެ ކޯޗުކަން އޭނާ އަށް ވަނީ ގެއްލިފަ އެވެ. އޭނާ ވަގުތީގޮތުން ސަސްޕެންޑް ކުރުމަށް ފަހު، ކޯޗުކަމަށް ވީއޭއެމުން ހަމަޖެއްސީ ވޮލީ ލެޖެންޑް މުހައްމަދު ނަދީމެވެ.
ޖިންސީ ފުރައްސާރަ އާއި ޖިންސީ ނަހަމަގުޅުމުގެ މައްސަލަތަކާ ދެކޮޅަށް މުޅި އެސޯސިއޭޝަނުގެ ނިޒާމުގެ ތެރެއިން ފިޔަވަޅުތަކެއް އެޅުމަށް ވެސް އެޑްހޮކް ކޮމިޝަނުން، ލަފާ ދީފައިވުމުން އެ ފިޔަވަޅުތައް ތަންފީޒު ކުރާނެ ކަމަށް ވީއޭއެމުން ބުންޏެވެ.
ގޯސް ހެދުނުކަމަށް އެއްބަސްވެ ޝަމާއިލް މައާފަށް އެދިއްޖެ
ޝަމާއިލަށް އަދަބު، އޭނާ ކުޅުނު މުބާރާތްވެސް ހުއްޓިއްޖެ
ތުހުމަތުތަކާ ގުޅިގެން ކޯޗު ސޮފްވާން ސަސްޕެންޑް ކޮށްފި!
ސުޕަ ލީގުގައި ބައިވެރިވާން ހުރިހާ ރަށަކަށް ހުޅުވާލައިފި
ގައުމީ ޒުވާން ވޮލީ ޓީމުގެ ކޯޗަކަށް އިރާންގެ ނަޒާރީ
ސީޒަން ފަސްކުރަން ޖެހުމުން، ސަރުކާރުން ބަދަލު ދެނީ
އެހެން ހަފުލާއަކަށް ޖާގަ ދޭން ވޮލީ ސީޒަން ފަސްކޮށްފި
ވަސީލަތެއް ނެތް ކަމަށް ބުނެ އީރާން ކޯޗު ފުރައިފި
"ބަޖެޓް ދެނީ ސަރުކާރުން، ޖަވާބުދާރީ ކުރެވެން ޖެހޭނެ"
ވީއޭއެމްގެ ރައީސްކަމަށް ތިންވަނަ ފަހަރަށް ލަތީފް