Roadha Mihaaru

ރާއްޖޭގެ ހުރިހާ ރަށަކަށް ވޮލީގެ ސުޕަ ލީގުގައި ބައިވެރިވާން ހުޅުވާލައިފި

ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ބާއްވާ ވޮލީ ލީގުގައި ބައިވެރިވާން، ވީއޭއެމުން ފުރުސަތު ހުޅުވާލައިފި އެވެ.

ސުޕަ ލީގުގައި ބައިވެރިވާން ހުރިހާ ރަށަކަށް ހުޅުވާލައިފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

30 ސެޕްޓެމްބަރ 2025

ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ބާއްވާ ވޮލީ ލީގުގައި ބައިވެރިވާން، ވީއޭއެމުން ފުރުސަތު ހުޅުވާލައިފި އެވެ.

"ރާއްޖެ ސުޕަ ލީގު" ގެ ނަމުގައި ބާއްވާ މުބާރާތުގައި، ކޮންމެ ރަށަކުން އަންހެން ޓީމަކާއި ފިރިހެން ޓީމެއް ބައިވެރި ކުރުމުގެ ފުރުސަތު ވީއޭއެމުން ވަނީ ހުޅުވާލައިފަ އެވެ.

މުބާރާތުގައި ވާދަކުރާ ކޮންމެ ރަށަކުން އެންޓްރީ ފީގެ ގޮތުގައި 5،000ރ. ދައްކަން ޖެހެ އެވެ.

ޑިސެމްބަރު 28 ގައި ސޯޝަލް ސެންޓަރުގައި ފަށާ މުބާރަތަކީ، ވީއޭއެމުން ކުރިން އިއުލާން ކުރި ބީޗް ވޮލީ މުބާރާތް ފަސް ކުރުމަށް ފަހު އިންޑޯ ވޮލީ އަށް ހާއްސަކޮށް ބާއްވާ މުބާރާތެވެ.

މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް، 3317015 އަށް ގުޅުމަށް ނުވަތަ އީމއިލް ކުރާނަމަ، [email protected] އަށް މެއިލް ކުރަން ވީއޭއެމުން ވަނީ އެދިފަ އެވެ.

ވީއޭއެމުން މިހާރު ދަނީ ރާއްޖެ ވޮލީ ޖޫނިއާ ޗެމްޕިއަންޝިޕްގެ ނަމުގައި މުބާރާތެއް ބާއްވަމުންނެވެ. އެ މުބާރާތުގެ މެޗުތަށް ވެސް ކުޅެނީ ސޯޝަލް ސެންޓަރުގަ އެވެ. އެ މުބާރާތުގައި ފަސް ރަށުން 15 ޓީމު ބައިވެރިވި އެވެ.