ގައުމީ ނެޓް ބޯޅަ ކުޅުންތެރިޔާ އައިމިނަތު ރަބާބްގެ އެންޓީރިއާ ކްރޫޝަލް ލިގަމެންޓް (އޭސީއެލް) ރިކޮންސްޓްރަކްޝަން ސާޖަރީ ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބުކަމާ އެކު ކޮށްފި އެވެ.
02 އޯގަސްޓް 2022
ގައުމީ ނެޓް ބޯޅަ ކުޅުންތެރިޔާ އައިމިނަތު ރަބާބްގެ އެންޓީރިއާ ކްރޫޝަލް ލިގަމެންޓް (އޭސީއެލް) ރިކޮންސްޓްރަކްޝަން ސާޖަރީ ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބުކަމާ އެކު ކޮށްފި އެވެ.
އެ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން، ސާޖަރީ ފުރިހަމަކުރީ ކަށީގެ އޮޕަރޭޝަނަށް ހާއްސަ ކޮންސަލްޓެންޓް ޑރ. ކަނިރާޖް މަރިމުތުލުގެ ލަފާއާ އެއްގޮތަށެވެ. އޭނާ އަކީ ހުޅު ބަދަލުކުރާ ސާޖަރީ، ސްޕޯޓްސް މެޑިސިން ސާޖެރީ، ކޮނޑުގެ ސަޖަރީ އަދި ކަކުލުގެ ސަޖަރީ ކުރުމަށް ހާއްސަ ތަޖުރިބާކާރު ކޮންސަލްޓެންޓެކެވެ.
ރަބާބްގެ ކަކޫ ސާޖަރީ ކުރުމަށް ފަހު ޓްރީ ޓޮޕްގައި އެޑްމިޓް ކޮށްފައި ---ފޮޓޯ: ޓްރީ ޓޮޕް ހޮސްޕިޓަލް
އުމުރުން 23 އަހަރުގެ ރަބާބް އަކީ ގައުމީ ނެޓް ބޯޅަ ޓީމަށް ކުޅެ، ރާއްޖެ ތަމްސީލުކޮށް ގިނަ ކާމިޔާބުތައް ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ މި އަހަރުގެ "ނެޝަނަލް ސްޕޯޓްސް އެވާޑްސް"ގައި ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
ރާބާބް އެ ސާޖަރީ ކުރަން މެދުވެރިވީ މިދިޔަ އަހަރު އޮތް ގައުމީ ނެޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެތެރެއިން އޭނާގެ ވައަތު ކަކޫ އެނބުރި، މައި ލިގަމެންޓް އިރައިގެން ދިޔުމާ ގުޅިގެންނެވެ.
ސާޖަރީ ކާމިޔާބުކުރުމުން ރަބާބް ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޓީމަށާއި، ޑރ. ކަނިރާޖު އަދި އޭނާއަށް އެހީވި އެންމެނަށް ޝުކުރުއާދަކޮށްފަ އެވެ.
"ރަބާބް އަކީ ހިތްވަރުގަދަ ކުޅުންތެރިއެއް. އޮޕަރޭޝަނަށް ފަހު ހެދި ފިޒީއޯތެރަޕީގައި ރަބާބް ވަނީ ފައިގެ ބާރު ރަނގަޅުކުރުމަށް ވަރަށް މަސައްކަތްކޮށް، ނަތީޖާ ނެރެ ކުރިއެރުމާއި ހިތްވަރު ދައްކައިފައި،" ޑރ. ކަނިރާޖް ވިދާޅުވި އެވެ.
އުމުރުން 13 އަހަރުގައި ނެޓް ބޯޅަ ކުޅެން ފެށި ރަބާބްގެ 10 އަހަރުގެ ކެރިއާ ހުއްޓުމަކަށް އައިނަމަވެސް، އޭނާ ދަނީ އެނބުރި ކުޅުމަށް ނުކުތުމަށްޓަކައި ރިކަވަރީގެ މަސައްކަތް ކުރަމުން ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް އެ ހޮސްޕިޓަލުން ވަނީ ހިތުގެ ބަލި ހުންނަ 19 އަހަރުގެ އަންހެނެއްގެ އޭސީއެލް ސާޖަރީ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފަ އެވެ.
ޖަޕާން ބަލިކޮށް ރާއްޖޭން ސެމީގެ އުއްމީދު ދަމަހައްޓައިފި
ނެޓްބޯޅައިގައި ރާއްޖޭން އިންޑިއާ ވެސް ބަލިކޮށްފި
ސައުދީ އަތުން ގައުމީ ނެޓްބޯޅަ ޓީމަށް ތަފާތުބޮޑު މޮޅެއް
އައިވީއެފް ފެށުން 29 ގައި، ސްކްރީނަށް 250 މީހުން
ޓްރީ ޓޮޕުން ކަކުލުގެ ބޮޑު ސާޖެރީއެއް ކާމިޔާބުކޮށްފި
ޓްރީ ޓޮޕް ހޮސްޕިޓަލުން އިމިއުނޯތެރަޕީ ފަށައިފި
ޓްރީ ޓޮޕަށް ފުރަތަމަ ފަހަރަށް ފައިދާވާން ފަށައިފި
ޓްރީޓޮޕް: މިއީ މިހާރު އެހެން ތަނެއް!
ޓްރީޓޮޕުން ސްކިން އެލާޖީގެ ހާއްސަ ޓެސްޓަކާއި ތެރަޕީއެއް
ޓްރީ ޓޮޕްގައި އެންމެ ޒަމާނީ ލެބެއް