24 އޮކްޓޯބަރ 2024
އެކްސިޑެންޓުތަކާއި މަގުމަތީގެ ހާލަތު ރަނގަޅުކުރަން ފަށާފައިވާ އޮޕަރޭޝަންގެ ނަތީޖާ ރަނގަޅު ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
އެކްސިޑެންޓުތަކާއި މަގުމަތީގެ ހާލަތު ރަނގަޅުކުރަން ފަށާފައިވާ އޮޕަރޭޝަންގެ ނަތީޖާ ރަނގަޅު ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ސީޕީ ވިދާޅުވީ ބާރުބޮޑުވާ ވަގުތުތަކުގައި މާލޭގެ އެކި ހިސާބުތަކުގައި ފުލުހުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ސްކޫލުތައް ކައިރީގައި ފުލުހުންގެ އިސް އޮފިޝަލުން ވެސް ތިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.
އެކްސިޑެންޓުތައް ގިނަވުމުން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވުމާ އެކު ވަރަށް ގިނަ ފުލުހުން މަގުމައްޗަށް ނެރެފައިވާ ކަމަށާއި އެއީ ފުލުހުންގެ އެކި ޑިޕާޓްމަންޓް އަދި ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ އެ މަސައްކަތުގެ ނަތީޖާ ވެސް ރަނގަޅު ކަމަށެވެ.
"ކުރިން ހިނގަމުން ދިޔަ ވަރަށް ގިނަ އެކްސިޑެންޓުތަކެއް މިހާރު ވަނީ ވަރަށް މަދުކުރެވިފައި...ވައްކަމާއި ފޭރުމަށް އަދި ޖެހޭ އިތުރަށް މަސައްކަތްކުރަން. މިކަމުގައި ފުލުހުން އެކަނި ކުރާ މަސައްކަތުން ހައްލެއް ނާންނާނެ. މުޅި ކްރިމިނަލް ޖަސްޓިސް ސިސްޓަމް އެއްކޮށް ވޯކްކޮށްގެން މިކަމަށް ޓޯޓަލް ސޮލިއުޝަނެއް އަންނާނީ." އޭނާ ވިދާޅުވި އެވެ.
އެކި ސަބަބުތަކާ ހެދި ވައްކަންކުރާ މީހުން ވެސް އެބަތިބި ކަމަށާއި އެ މީހުންނަށް އޮންނަ އުސޫލުން ފިޔަވަޅު އެޅިގެން ހައްލެއް އަންނާނެ ކަމަށް ވިދާޅުވި އެވެ. ޝުޖާއު ވިދާޅުވީ އާއްމުކޮށް ވައްކަން ކުރާ ތަންތަންތަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ތަންތަނަށް އިތުރު ފުލުހުން ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.
ކޮންމެ ފަސް މިނިޓަކުން ފުލުހަކާ ދިމާވާނެ ގޮތް ހަދަނީ
ދެ ހަފްތާގައި 6000 ވެހިކަލް ޗެކްކޮށް،ފިޔަވަޅުތަކެއް
ރައްޔިތަކު އަތުވެއްޖެ ނަމަ މާޔޫސްކޮށް ނުލާތި: ސީޕީ
ޖިނާއީ އަދުލުގެ ނިޒާމަށް އިތުބާރު ހޯދޭނެ: ޕީޖީ
ކުޑަކުދިން ވެސް ދޫނުކުރި، ފިތްކަނޑައިގެންދާ ވަރުވޭ!
ފިލަން އުޅުމުން ޕޮލިހެއްގެ ގައިގައި ސައިކަލުން ޖެހިއްޖެ
ޓްރެފިކް ފުލުހުންގެ މަސައްކަތް އާންމުކުރަން ފަށައިފި
ޓްރެފިކް ޕޮލިސް: ބޮކި ދިއްލެނީ ފާލުން ނެއްޓުނީމަތަ!
އެކްސިޑެންޓްތައް އިތުރުވާން ފެށުމުން ފުލުހުން މަގުތަކަށް
އަންހެންމީހާ ސަލާމަތްކުރުމުގައި ފުލުސްމީހާއަށް އަނިޔާވި!