އަންހެން އިލެކްޓްރިޝަނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ސްޓެލްކޯ އިން ހުޅުވާލައިފި އެވެ.
24 އޮކްޓޯބަރ 2024
އަންހެން އިލެކްޓްރިޝަނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ސްޓެލްކޯ އިން ހުޅުވާލައިފި އެވެ.
އެ ކުންފުނިން އެ ކޯސް ކުރިއަށް ގެންދަނީ "ބިގިނާސް އިލެކްޓްރީޝަން ކޯސް ފޯ ވިމެން" ގެ ނަމުގަ އެވެ.
ސްޓެލްކޯ އިން ބުނީ އެއީ އިލެކްޓްރިކަލް ދާއިރާއަށް އަންހެނުން ޝައުގުވެރިކުރުވައި އެ ދާއިރާގައި ފިރިހެނުންނާ އެއް ހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމަށްޓަކައި ކުރިއަށް ގެންދަން ނިންމި ކޯހެއް ކަމަށެވެ.
ކަރަންޓާ ގުޅޭ އަސާސީ ކަންކަން ކިޔަވައިދޭ އެ ކޯސް ކުރިއަށް ގެންދަނީ 16 އަހަރުން މަތީގެ އަންހެނުންނަށެވެ.
މާލޭގައި ހިލޭ ކިޔަވައިދޭ އެ ކޯހުގައި ބައިވެރިވުމަށް އަންނަ މަހުގެ 4 އާ ހަމައަށް ހުޅުވާލާފައި ވާއިރު، އެ ކޯސް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ހަތަރު ދުވަހުގެ މުއްދަތަށެވެ.
އަންހެނުންނަށް ހާއްސަކޮށް މީގެ ކުރިން ސްޓެލްކޯއިން ހިންގި އިލެކްޓްރީޝަން ކޯހެއްގެ މަސައްކަތުގައި އަންހެނަކު ހުއްޓިލައިގެން.-- ފޮޓޯ: ސްޓެލްކޯ
ކޮންމެ ދުވަހަކު ތިން ގަޑިއިރަށް ކިޔަވައިދޭ އެ ކޯހުގައި، ރައްކާތެރި ގޮތުގައި ކަރަންޓު ބޭނުން ކުރުމާއި، ކަރަންޓަށް ކުރާ ހަރަދު ކުޑަ ކުރުމުގެ އިތުރުން، ކަރަންޓު ވަޔަރު ކުރުމުގެ އަސާސީ މައުލޫމާތު ކިޔަވައިދޭނެ އެވެ.
ސްޓެލްކޯގައި މިހާރު ވެސް އަންހެން އިލެކްޓްރީޝަނުން އުޅެ އެވެ. އަދި މީގެ ކުރިން ވެސް އެ ކުންފުނިން އަންހެން އިލެކްޓްރީޝަނުން ތަމްރީނުކޮށްފައިވެ އެވެ.
ސްޓެލްކޯ، އަންހެނުންނަށް ހިތްވަރުދޭ ނަމޫނާ ކުންފުންޏެއް
ދެ ބިލް ފޮނުވީ ރޯދައިގެ ކަރަންޓަށް ޑިސްކައުންޓު ދޭން
ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި އަދަދު ދަށަށް!
ރީޑިން ނަގަން 350 މުވައްޒަފުން މާދަމާ ނިކުންނަނީ
ރޯދަމަހަށް ކަރަންޓު ވަކި ބިލެއް ހަދައި ޑިސްކައުންޓުދެނީ
މައްސަލައެއް ދިމާވެ މާލޭން ކަރަންޓު ކެނޑިއްޖެ
ޓްރާންސްފޯމަރު "ވަގަކު" އަނެއްކާވެސް ހުއްޓުވައިފި
ހުޅުމާލެ 2 ގެ ބޮޑު ބަޔަކަށް އަލުން ކަރަންޓު ދީފި
ޓްރާންސްފޯމަރުތައް މޮނިޓާކުރަން ސީސީޓީވީ ހަރުކުރަނީ
މުވައްޒަފުންނަށް ދިމާވާ ނުރައްކާތައް ބަލާނަން: ފަހުމީ