25 އޮކްޓޯބަރ 2024
ދަރަވަންދު އަށް ޒިޔާރާތްކުރުމުގެ އަހަރުގެ ގޮތުގައި 2025 ކަނޑައަޅައި އިފްތިތާހު ކުރިޔަސް އުއްމީދަކީ ފަސް އަހަރުގެ ތެރޭގައި އެ ރަށުގެ ޓޫރިޒަމް ފައްކާކުރުން ކަމަށް ކައުންސިލުގެ ރައީސް އަލީ ސާމިހު ރޭ ވިދާޅުވެއްޖެ އެވެ.
ދަރަވަންދު އަށް ޒިޔާރާތްކުރުމުގެ އަހަރުގެ ގޮތުގައި 2025 ކަނޑައަޅައި އިފްތިތާހު ކުރިޔަސް އުއްމީދަކީ ފަސް އަހަރުގެ ތެރޭގައި އެ ރަށުގެ ޓޫރިޒަމް ފައްކާކުރުން ކަމަށް ކައުންސިލުގެ ރައީސް އަލީ ސާމިހު ރޭ ވިދާޅުވެއްޖެ އެވެ.
ދަރަވަންދު އަށް ޒިޔާރާތްކުރާ އަހަރުުގެ ގޮތުގައި 2025 އިފުތިތާހުކޮށް، އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ސާމިހު ވިދާޅުވީ މިއީ ރަށުގެ ރައްޔިތުންގެ ހިޔާލާ އެކު، އެކުލަވާލާފައިވާ ތަރައްގީގެ ޕްލޭން 2021 ގައި ހިމެނޭ ކަމެއް ކަމަށެވެ.
ދަރަވަންދޫ ކައުންސިލުން ބޭއްވި ރަސްމިއްޔާތު. -- ފޮޓޯ | ކައުންސިލް
ސާމިހު ވިދާޅުވީ ދަރަވަންދުއަކީ ފެށުނީއްސުރެ ހިތްހެޔޮ ބަޔަކު އުޅޭ އަދި ދިވެހިންނާއި ބިދޭސީންނާއި ޓޫރިސްޓުންނަށް ވެސް މެހެމާންދާރީ ރަނގަޅު ރަށެއް ކަމަށެވެ. އެހެންވެ، އެގޮތުގައި ރައްޔިތުން ދެމިތިބެ، އެ ރަށަށް ޒިޔާރާތް ކުރަންޖެހޭ އިތުރު ސަބަބުތައް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މިއީ ބަގީޗާ ރީތި ސާފު ރަށެކޭ ބުނާ އަޑުއަހަން. އަޅުގަނޑުމެން ބޭނުންވަނީ ދަތުރުވެރިން، ފަތުރުވެރިން މި ރަށަށް އަންނާނެ އެތައް ސަބަބެއް އުފަން ކުރުވަން. މިއީ މިކަން ކުރަން ބޭނުންވާ މައިގަނޑު ސަބަބަކީ،" އޭނާ ވިދާޅުވި އެވެ.
ދަރަވަންދު އަށް ޒިޔާރާތްކުރާ އަހަރުުގެ ގޮތުގައި 2025 އިފުތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ކުދިންތަކެއް އައިޓަމެއް ހުށަހަޅައިދެނީ.
ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަރަކީ ދަރަވަންދު އަށް ޒިޔާރާތްކުރާ އަހަރުގެ ގޮތުގައި ކަނޑައެޅިޔަސް މިއީ ފެށުމެކެވެ. ކައުންސިލުގެ އަަމާޒަކީ 2030 އަންނަން ވާއިރަށް އެއީ ޓޫރިޒަމް ފައްކާކޮށްފައިވާ ތަނަކަށް ހެދުމެވެ.
"އަޅުގަނޑުމެންގެ ވިސްނުމާއި ތަސައްވުރު ހުރީ 2030 ގައި. އިރާދަކުރެއްވިއްޔާ 2030 އަންނަންވާއިރު އަޅުގަނޑުމެން މި ރަށް ފައްކާކުރާނީ ފަތުރުވެރިންނަށް އެންމެ ހިތްގައިމު އެންމެ ހިތްއެދޭ ފަދަ ރަށަކަށް މިރަށް ހެދުމުގެ އަޒުމުގައި. މިކަން ކާމިޔާބު ކުރާނީ މުޅި ރައްޔިތުން ގުޅިގެން،" ދަރަވަންދު އަށް ޒިޔާރާތްކުރުމުގެ އަހަރުު އިފްތިތާހުކުރުމަށް ކުލަގަދަކޮށް ބޭއްވި ހަފްލާގައި އޭނާ ވިދާޅުވި އެވެ.
"މަގޭ ދަރަވަންދޫ، ވިޒިޓް ދަރަވަންދޫ" ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތަށް ހާއްސަކޮށް ވަނީ ކޮމިޓީއެއް ވެސް އުފައްދައިފަ އެވެ.
ސާމިހު ވިދާޅުވީ ދަރަވަންދޫގެ ޖަމިއްޔާތަކާއި ގެސްޓް ހައުސްތަކާއި ރެސްޓޯރަންޓްތައް ވެސް ހިމެނޭ އެ ކޮމިޓީން ރަށުގެ ޓޫރިޒަމްގެ ޕްރޮމޯޓް ކުރުމަށް އަންނަ އަހަރު ތަފާތު ހަރަކާތްތައް ބާއްވާނެ ކަމަށެވެ.
މިހާރު ވެސް 14 ވަރަކަށް ގެސްޓް ހައުސް އާއި ޑައިވް ސެންޓަރުތައް ވެސް ހިންގަމުން އަންނަ ދަރަވަންދޫގެ ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް ކުރާ މަަސައްކަތުގައި ގެސްޓް ބީޗަކާއި ނައިޓް ލައިފް ސެންޓަރެއްގެ އިތުރުން ޑައިވް ޖެޓީއަކާއި އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއް ކަނޑައަޅާނެ އެވެ. ރަށުގެ ވޯޓާ ސްޕޯޓްސް ފުޅާކުރުމަށް ވެސް އިތުރު މަސައްކަތްތަކެއް ކުރުމަށް ރާވާފައިވެ އެވެ.
ރޭގެ ރަސްމިއްޔާތުގައި ވަނީ ދަރަވަންދު އަށް ޒިޔާރާތްކުރާ އަހަރުގެ ލޯގޯ އާއި ލަވަ ވެސް އިފްތިތާހުކޮށްފަ އެވެ.
ބ. އަތޮޅަކީ މިހާރު ވެސް ޓޫރިސްޓުންގެ މެދުގައި މަގްބޫލު މަންޒިލެކެވެ. ގިނަ ރިސޯޓުތަކެއް ވެސް އޮންނަ އެ އަތޮޅަކީ ގުދުރަތީ މުއްސަނދި ކަމެއް ލިބިފައި އޮތް އަދި ރާއްޖޭގެ އެންމެ ފުރަތަމަ ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެވެ.
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ހަނިމާދޫ އެއާޕޯޓުން ފައިދާވާން 8،000އެނދު ބޭނުންވޭ
ޓޫރިސްޓުން އިތުރަސް އާމްދަނީން 3 ބިލިއަން ގެއްލިއްޖެ
ކްރިޕްޓޯ ފައިސާއަށް ހުއްދަ ނުދޭތީ ސަލީމުގެ ނުރުހުން
ޔޫކްރެއިންގެ ހަނގުރާމަ: ޓޫރިޒަމަށް ބިރުބޮޑު!
ހަ މަސް ތެރޭގައި ކުރީގެ ހާލަތަށް ދެވޭނެ: އަފީފް
ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 67 ޕަސެންޓު ދަށަށް