27 އޮކްޓޯބަރ 2024
ލޯނެއް ނުދެއްކުމުން ހެވީލޯޑްގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލް އިން އިއުލާނުކޮށްފި އެވެ.
ލޯނެއް ނުދެއްކުމުން ހެވީލޯޑްގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލް އިން އިއުލާނުކޮށްފި އެވެ.
ބީއެމްއެލް އިން ކުރި އިއުލާނުގައި ބުނެފައިވަނީ ރަށްތައް އިއުލާނުކުރީ ހެވީ ލޯޑް މޯލްޑިވްސްގެ ނަމުގައި ނެގި ލޯނަކަށް ފައިސާ ދައްކާފައި ނުވާތީ އެވެ. ހެވީ ލޯޑަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ކުންފުންޏެކެެވެ.
ވިއްކާލަން އިއުލާނުކޮށްފައިވަނީ ލ. ފަރެސް އައިލެންޑާއި ކުޑަ ފަރެސް އައިލެންޑް އަދި ބޮޑުހުރާ އައިލެންޑެވެ. އޭގެ ތެރެއިން ފަރެސް އާއި ކުޑަފަރެސްއަކީ ރަހާ ރިސޯޓް ހިންގަމުންދާ ދެ ރަށެވެ. އަދި ބޮޑުހުރާއަކީ ދަނޑުވެރި ކަމަށް ދޫކޮށްފައި އޮންނަ ރަށެކެވެ.
އެ ރަށްރަށުގެ ހެޑް ލީޒް ހަމަވަނީ 2064 ވަނަ އަހަރު އެވެ.
އެ ރަށްތައް ވިއްކާލަނީ ބީއެމްއެލް އިން ނެގި 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ލޯނަކަށް ފައިސާ ނުދެއްކުމުންނެވެ.
ބީއެމްއެލް އިން ވަނީ އެރަށްތައް ވިއްކާލުމަށް ދެ އޮޕްޝަނެއް ދީފަ އެވެ. ފުރަތަމަ އޮޕްޝަނުގައިވާ ގޮތުން ތިން ރަށް އެއްކޮށް ގަތުމަށް ހުށަހަޅަންޖެހޭ އެންމެ ކުޑަ އަގަކީ 23.2 މިލިއަން ޑޮލަރު (355 މިލިއަން ރުފިޔާ) އެވެ. ދެވަނަ އޮޕްޝަނުގައިވާ ގޮތުން ލ.ފަރެސް އާއި ކުޑަ ފަރެސް އަދި ބޮޑުހުރާ ވަކިން ގަނެވިދާނެ އެވެ. އެގޮތަށް ގަތުމަށް ވެސް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 23.2 މިލިއަން ޑޮލަރެވެ.
ފަރެސް އައިލެންޑާއި ކުޑަ ފަރެސްގައި މިހާރު ހިންގަމުންދާ ރަހާ ރިސޯޓުގައި 100 ކޮޓަރި ހުންނައިރު ހުރިހާ ކޮޓަރިއަކީ ވެސް ބީޗް ވިލާ އެވެ. އޭގެ އިތުރުން ވޯޓާ ސްޕޯޓްސްގެ ކުޅިވަރުތަކާއި ޑައިވިން އާއި ސްޕާގެ ހިދުމަތް ވެސް މި ރިސޯޓުން ލިބޭނެ އެވެ.
އެ ރަށްތައް ގަންނަން ޝައުގުވެރިވާ ފަރާތްތައް އަންނަ މަހުގެ 28 ގެ ކުރިން ޝައުގުވެރިކަން ފާޅުކުރުމަށް ވަނީ އެދިފަ އެވެ.
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
އީޒްމައިޓްރިޕްއިން ރާއްޖެއަށް ބުކިން ހަދައިދޭން ފަށައިފި
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ލޯނު ނުދެއްކުމުން ދޮޅިޔަދޫ ވިއްކާލަން އަންގައިފި
ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް ފިއުޗާ ސަމިޓު ބާއްވައިފި
ބޮޑުފިނޮޅުގައި ރިސޯޓް ހަދާތީ ކައުންސިލްގެ ކަންބޮޑުވުން