ދުބާއީގެ ކުންފުނި، ސަމަނަ ޑިވެލޮޕާސް އިން ރާއްޖޭގައި 600 މިލިއަން ޑޮލަރު (9.3 ބިލިއަން ރުފިޔާ) ގެ ރިސޯޓެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
24 ޖެނުއަރީ 2025
ދުބާއީގެ ކުންފުނި، ސަމަނަ ޑިވެލޮޕާސް އިން ރާއްޖޭގައި 600 މިލިއަން ޑޮލަރު (9.3 ބިލިއަން ރުފިޔާ) ގެ ރިސޯޓެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ހއ. މެދަފުށީގައި ހަދާ އެ ރިސޯޓުގައި 190 ވިލާ ހެދުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ބީޗް ވިލާ އާއި ވޯޓަ ވިލާތަކުގެ އިތުރުން ޕޫލްސައިޑް އެޕާޓްމަންޓްތައް ވެސް ހިމެނެ އެވެ.
އެ ރިސޯޓަށް ސީޕްލޭންގައި 45 މިނެޓުން ދެވޭ އިރު ފަސް ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި ހޯރަފުށީ އެއާޕޯޓް އޮވެ އެވެ. އެ ރިސޯޓު ނިންމަން ހަމަޖެހިފައިވަނީ 2029 އަހަރު އެވެ.
އެ ރިސޯޓުގައި ސްޕާ އާއި ވެލްނަސް ސެންޓަރެއްގެ އިތުރުން އަރަބިކް، ޖަޕަނީސް ކުޒީންތަކަށް ހާއްސަ ރެސްޓޯރެންޓްތައް ހެދުމަށް ހަމަޖެހިފައިވެ އެވެ. ފިޓްނަސް ސެންޓަރުގެ އިތުރުން މުނިފޫހިފިލުވޭނެ އިތުރު ހަރަކާތްތައް އެ ރިސޯޓުގައި ހެދުމަށް ވަނީ ރާވައިފަ އެވެ. އެ ރަށް ތަރައްގީ ކުރަނީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހިމެނޭ ހެންނެވެ.
ސަމަނަ ޑިވަލޮޕާސްގެ ސީއީއޯ އިމްރާން ފާރޫގް ވިދާޅުވީ، ދުބާއީގެ ތަޖުރިބާއާ އެކު ރާއްޖެ ފަދަ ގައުމެއްގައި ލަގްޒަރީ ރިސޯޓެއް ހެދުމަކީ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ލިބޭ މުހިއްމު ފުރުސަތެއް ކަމަށެވެ.
ހއ. އަތޮޅުގައި އާ ރިސޯޓެއް އަޅާ އިރު ހދ. އާއި ހއ. ހިމެނޭހެން އެ ސަރަހައްދުގައި މިވަގުތު އޮޕަރޭޓުކުރަނީ ތިން ރިސޯޓެވެ. ރާއްޖޭގައި މިވަގުތު 172 ރިސޯޓުން ހިދުމަތްދޭ އިރު މާލެ ސަރަހައްދުގައި 56 ރިސޯޓު ހިންގަ އެވެ. ދެން އެންމެ ގިނަ ރިސޯޓު ހިންގަނީ އދ. އާއި ބ. އަތޮޅާއި ރ. އަތޮޅުގަ އެވެ. އޭގެއިން ކޮންމެ އަތޮޅެއްގައި ވެސް 17 ރިސޯޓު އަންނަނީ ހިންގަމުންނެވެ.
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އާ އަހަރަށް ޓޫރިޒަމްގެ ހިސާބުތައް ދައްކަނީ ކިހިނެއް؟
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ