Roadha Mihaaru
ސިނގިރެޓް ޑިމާންޑް ދަށްވެ ބޮޑު ދެ ފެކްޓަރީއެއް ބަންދު

ޔޫރަޕްގައި ސިނގިރެޓްގެ ޑިމާންޑް ދަށްވެ ފިލިޕްސް މޮރިސްގެ ދެ ފެކްޓަރީއެއް ބަންދުކުރަނީ

30 އޮކްޓޯބަރ 2024

މަލްބަރޯ ސިނގިރެޓް އުފައްދާ ފިލިޕް މޮރިސް ކުންފުނިން ޖަރުމަނުގައި ހިންގާ ދެ ފެކްޓަރީއެއް، ޔޫރަޕުގައި ސިނގިރޭޓަށް ޑިމާންޑް ދަށްވުމުގެ ސަބަބުން ބަންދުކުރަން ނިންމައިފި އެވެ.

މަލްބަރޯ ސިނގިރެޓް އުފައްދާ ފިލިޕް މޮރިސް ކުންފުނިން ޖަރުމަނުގައި ހިންގާ ދެ ފެކްޓަރީއެއް، ޔޫރަޕުގައި ސިނގިރޭޓަށް ޑިމާންޑް ދަށްވުމުގެ ސަބަބުން ބަންދުކުރަން ނިންމައިފި އެވެ.

"މިދިޔަ އަހަރުތަކުގައި ޔޫރަޕުގައި ސިނގިރޭޓަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް ދަށްވެފައި،" އެ ކުންފުނިން ނެރުނު ބަޔާނުގައިވެ އެވެ. އަދި އަމިއްލައަށް ހަދާ [ރޯލް-ޔުއަ-އޯން-ޓޮބޭކޯ] ގެ ބާވަތްތަކަށް ވެސް ހަމަ މިގޮތަށް ޑިމާންޑް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. "ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ޓްރެންޑް ދެމިގެންދާނެކަމަށް ބެލެވޭ" ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ ވަރަށް ގިނަ މީހުން މިހާރު އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް އަދި "ހީޓެޑް-ޓޮބޭކޯ ޑިވައިސް" ތައް ބޭނުންކުރަން ވަނީ ފަށައިފަ އެވެ.

ފިލިޕް މޮރިސްގެ ބާލިން އަދި ޑްރެސްޑެން ފެކްޓަރީގައި 372 މުވައްޒަފުން މަސައްކަތްކުރެ އެވެ. މި ދެ ފެކްޓަރީ ވެސް އަންނަ އަހަރު ބަންދުކުރަން ވަނީ ނިންމައިފަ އެވެ.

މުވައްޒަފުންނަށް އިންސާފުވެރި ހައްލުތަކެއް ހޯދައިގެން އެ މީހުންނާ އެކު މަޝްވަރާތައް ފަށާނެ ކަމަށް ފިލިޕްސް މޮރިސް އިން ބުންޏެވެ.

މި ދެ ފެކްޓަރީ ބަންދުކުރަން ނިންމިކަން އިއުލާންކުރީ ޖަރުމަނުގެ މެނުފެކްޗަރިން ދާއިރާ ދަށްވެފައިވާ ދުވަސްވަރެއްގަ އެވެ. މައިގަނޑު ސަބަބަކަށް ވެފައި ވަނީ ހަކަތައިގެ އަގުތައް ބޮޑުވުމާއި،އެތެރޭގެ އަދި ބޭރުގެ ޑިމާންޑް ދަށްވުމާއި ބޭރުގެ ވާދަވެރިކަން އިތުރުވުމެވެ.

މި ސަބަބުތަކާ ހެދި، ޖަރުމަނަކީ އިންޑަސްޓްރިއަލް މަސައްކަތްތަކަށް މިހާރު އެކަށީގެންވާ ތަނެއްކަމާ މެދު އޮތް ކަންބޮޑުވުން ވެސް ވަނީ އިތުރުވެފަ އެވެ.

ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް ކާރު ކުންފުނި، ވޯކްސްވެގަން ކުންފުނިން ޖަރުމަނުގެ ތިން ޕްލާންޓެއް ބަންދުކުރުމާއި އެތައް ހާސް މުވައްޒަފުންނެއް ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ.