Roadha Mihaaru

އަހަރުގެ މޮޅު ނޫސްވެރިޔާ އާއި މޮޅު ކަވަރޭޖާއެކު އެންމެ ގިނަ އެވޯޑު "މިހާރު" އަށް

މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިއަކަށް، "މިހާރު" ގެ ފާތިމަތު ޝަނާ މުހައްމަދާއެކު، އެންމެ ގިނަ އެވޯޑު "މިހާރު"އަށް ލިބިއްޖެ އެވެ.

މޮޅު ނޫސްވެރިޔާއާއެކު "މިހާރު" އަށް ގިނަ އެވޯޑްތައް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

30 އޮކްޓޯބަރ 2024

މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިއަކަށް، "މިހާރު" ގެ ފާތިމަތު ޝަނާ މުހައްމަދާއެކު، އެންމެ ގިނަ އެވޯޑު "މިހާރު"އަށް ލިބިއްޖެ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން އަންނަ ނޫސްވެރިކަމުގެ އެވޯޑުގައި ތަފާތު އެކި ދާއިރާތަކުން އެންމެ މޮޅު ނޫސްވެރިން ހޮވާފައިވެ އެވެ. އޭގެ ތެރެއިން ހަ ދާއިރާއަކުން "މިހާރު"ގެ ނޫސްވެރިންނަށް އެވޯޑު ލިބިފައިވެ އެވެ.

ޝަރަފުވެރި ތިން އެވޯޑުގެ ތެރެއިން ދެ އެވޯޑު ވެސް ލިބިފައިވަނީ "މިހާރު" އަށެވެ. އެއީ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ އަދި މޮޅު ކަވަރޭޖަށެވެ.

"މިހާރު"ގެ ޓީމް، އެވޯޑާއެކު.

"މިހާރު"ގެ ޓީމް، އެވޯޑާއެކު.

އުއްމީދީ ނޫސްވެރިއަކަށް ހޮވުނީ ނުކުތާ އޮންލައިންގެ މުހައްމަދު ޔަމީނެވެ.

އެވޯޑު ލިބުނު ނޫސްވެރިން

ސިޔާސީ ދާއިރާ: ހަސަން މުހައްމަދު/ އަދަދު

ގާނޫނީ ދާއިރާ: ނިއުމަތުﷲ އިދުރީސް/ މިހާރު

ވިޔަފާރިއާ އިގުތިސޯދު: ފާތިމަތު ޝަނާ މުހައްމަދު/ މިހާރު

ކުޅިވަރު ދާއިރާ: އައްޒާމް އަލިފުޅު/ އަދަދު

ތާރީހާއި ސަގާފަތު: މުހައްމަދު ހަމްދޫން/ މިހާރު

މުނިފޫހިފިލުވުމާއި ފަންނުވެރިކަން: ސައިފުﷲ އަހުމަދު/ ވަގުތު

ގްރެފިކްސް އަދި އިލެސްޓްރޭޝަން: މުހައްމަދު ނަބްހާން އިބްރާހިމް ދީދީ/ މެދުސަފުހާ، މިހާރު

ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ: ޝަހުދާ މުހައްމަދު/ ދައުރު

ފީޗާ ރިޕޯޓު: މުޒައްޔިން ނާޒިމް/ ދައުރު

ވީޑިއޯ ޑޮކިއުމެންޓްރީ: ކަނދޮޅުދޫގެ ފަނޑުނުވި ހަނދާން/ އަދަދު

ތަހުގީގީ ނޫސްވެރިކަން: އަހުމަދު ނާއިފް/ ދައުރު

ތަހުގީގީ ނޫސްވެރިކަން އޯޑިއޯ/ވީޑިއޯ: އަހުމަދު އާއިދް/ އަދަދު

އަހަރުގެ އެންމެ މޮޅު ކަވަރޭޖް: މިހާރުގެ މެދުސަފުހާ/ ދިވެހި ފުޓުބޯޅައިން ވައި ހިނދި، ފައިސާ ގަދަވުން

އެ ހަފްލާގައި ދިގު މުއްދަތަކަށް ނޫސްވެރިކަން ކޮށްފައިވާ މީހުންގެ އަގު ވަޒަންކުރުމުގެ ގޮތުން ވެސް އެވޯޑް ދީފައިވެ އެވެ. "ހަޔާތީ އަރުތަ" ގެ ނަމުގައި އެ އެވޯޑް ދީފައި ވަނީ "ދައުރު"ގެ އެޑިޓަރު މޫސާ ލަތީފު އަދި "އާފަތިސް" ނޫހުގެ ކުރީގެ އެޑިޓަރު އަހުމަދު ޒާހިރު (ފެއަރީ ޒާހިރު) އެވެ. އޭގެ އިތުރުން ނޫސްވެރިން ބިނާކުރުމުގެ ކެޓަގަރީން ޝަމްއާން ޝާކިރު އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އަށް އެވޯޑު ދީފައިވެ އެވެ.