ސެމީ ފައިނަލުގައި، އެޗްޑީސީއާ ދެކޮޅަށް ކުޅެން އޮތް މެޗު ސްޕޯޓްސް ކްލަބް ސިޓީން ދޫކޮށްލުމުން، އެޗްޑީސީ ފައިނަލަށް ދަތުރުކޮށްފި އެވެ.
03 ނޮވެމްބަރ 2024
ސެމީ ފައިނަލުގައި، އެޗްޑީސީއާ ދެކޮޅަށް ކުޅެން އޮތް މެޗު ސްޕޯޓްސް ކްލަބް ސިޓީން ދޫކޮށްލުމުން، އެޗްޑީސީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މާދަމާ ރޭ ކުޅޭ ފައިނަލުގައި އެޗްޑީސީން ނުކުންނާނީ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށެވެ.
ސިޓީން މެޗު ދޫކޮށްލީ، އެ ކްލަބުން ހުށަހެޅި މައްސަލައެއް ވީއޭއެމުން އެއްވެސް ޖަވާބެއް ދީފައި ނުވާތީ، އެކަމާ ދެކޮޅަށް އިހްތިޖާޖު ކުރުމުގެ ގޮތުންނެވެ.
އޮންލައިން ނޫސް އަދަދަށް ދިން އިންޓަވިއުގައި ސިޓީގެ އޮފިޝަލަކު ވަނީ، ވީއޭއެމް ކަޕް ކޮލިފިކޭޝަންގައި އެހެން ޓީމުތަކަށް ކުޅެފައިވާ ދެ ކުޅުންތެރިޔަކު ސިފައިންގެ ޓީމު ލިސްޓްގައި ޖަހައިގެން ކުޅުވާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެ މައްސަލަ ބަލައި އެކަމާ މެދު ފިޔަވަޅު އަޅައި ދިނުމަށް ވީއޭއެމަށް، ހުށަހަޅައިފަ އެވެ.
އެކަމަކު އެ ހުށަހެޅުމަށް އެ އެސޯސިއޭޝަނުން އެއްވެސް ޖަވާބެ ދީފައި ނުވާތީ ސިޓީން ނިންމީ މެޗު އިހްތިޖާޖުކުރުމުގެ ގޮތުން މެޗު ނުކުޅެ ދޫކޮށްލާށެވެ.
ސިފައިން ފައިނަލަށް ދަތުރު ކުރީ ފުރަތަމަ ސެމީ ފައިނަލުގައި ސިޓީ ބަލި ކުރުމަށް ފަހު އެވެ.
މިދިޔަ ހުކުރު ދުވަހު ކުޅުނު އެ މެޗު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެ މެޗުގެ ސެޓްތައް ސިފައިން ހޯދީ 25-20، 28-26 އަދި 25-23 ންނެވެ.
ގައުމީ ވޮލީ ޓީމު "އިސްލާހު" ކުރުން ކާމިޔާބުވާނެ؟
ގޯސް ހެދުނުކަމަށް އެއްބަސްވެ ޝަމާއިލް މައާފަށް އެދިއްޖެ
ޝަމާއިލަށް އަދަބު، އޭނާ ކުޅުނު މުބާރާތްވެސް ހުއްޓިއްޖެ
ބްލެކްމެއިލްގެ ތުހުމަތަށް ކޯޗު ސޮފްވާން ސަސްޕެންޑްކޮށްފި
ތުހުމަތުތަކާ ގުޅިގެން ކޯޗު ސޮފްވާން ސަސްޕެންޑް ކޮށްފި!
ސުޕަ ލީގުގައި ބައިވެރިވާން ހުރިހާ ރަށަކަށް ހުޅުވާލައިފި
ގައުމީ ޒުވާން ވޮލީ ޓީމުގެ ކޯޗަކަށް އިރާންގެ ނަޒާރީ
ސީޒަން ފަސްކުރަން ޖެހުމުން، ސަރުކާރުން ބަދަލު ދެނީ
އެހެން ހަފުލާއަކަށް ޖާގަ ދޭން ވޮލީ ސީޒަން ފަސްކޮށްފި
ވަސީލަތެއް ނެތް ކަމަށް ބުނެ އީރާން ކޯޗު ފުރައިފި