11 ނޮވެމްބަރ 2024
މެންޗެސްޓާ (ނޮވެމްބަރު 11) - މެންޗެސްޓާ ޔުނައިޓެޑުގެ ވަގުތީ ކޯޗުކަމުގައި ހުރި އެ ކްލަބްގެ އެސިސްޓެންޓް ކޯޗު ރޫޑް ވެން ނިސްޓެލްރޫއީ އަށް ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ތައުރީފްކޮށްފި އެވެ.
މެންޗެސްޓާ (ނޮވެމްބަރު 11) - މެންޗެސްޓާ ޔުނައިޓެޑުގެ ވަގުތީ ކޯޗުކަމުގައި ހުރި އެ ކްލަބްގެ އެސިސްޓެންޓް ކޯޗު ރޫޑް ވެން ނިސްޓެލްރޫއީ އަށް ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ތައުރީފްކޮށްފި އެވެ.
ވެން ނިސްޓެލްރޫއީ ހަވާލުވީ އެރިކް ޓެން ހާގް މަގާމުން ވަކި ކުރުމާ ގުޅިގެން ވަގުތީ ގޮތުންނެވެ. ޓީމުގެ ދާއިމީ ކޯޗަކަށް ހަމަޖައްސާފައިވަނީ ރުބިން އަމޯރިމް އެވެ. ނިސްޓެލްރޫއީ ވަނީ އޭނާގެ ފަހު މެޗުގައި ރޭ 3-0 އިން ލެސްޓާ ސިޓީ ބަލިކޮށްފަ އެވެ.
ލެސްޓާއާ ދެކޮޅަށް ފުރަތަމަ ގޯލު ޖަހައިދިނީ ފެނާންޑޭޒް އެވެ. ލެސްޓާގެ ޑިފެންޑަރެއް އަތުން ބައިކޮޅަށް ވަން ގޯލަކާ ވެސް އެކު ފުރަތަމަ ހާފް ނިންމާލި އިރު، މެޗު ނިމެން ގާތްވެފައި ވަނިކޮށް ތިން ވަނަ ލަނޑު ޖަހައިދިނީ އަލެހަންދްރޯ ގާނާޗޯ އެވެ.
"އޭނާ ވަނީ އަހަރެމެންނަށް ވަރަށް ހެޔޮ ކަންކަން ކޮށްދީފައި. ރޫޑް ވެން ނިސްޓެލްރޫއީ ހަގީގަތުގައި މި ކްލަބް ފުރިހަމަ ކޮށްދެނީ. އޭނާ ކްލަބް ދެކެ ވަރަށް ލޯބިވޭ، އޭނާ ބޭނުންވަނީ އަބަދުވެސް ކުޅުންތެރިން އުފާކޮށްދޭން. އޭނާ ކޮންމެ މެޗަކަށް ވެސް ކުޅުންތެރިން ނެރޭނީ އުފާވެރި މާހައުލެއްގެ ތެރެއިން،" ރޭގެ މެޗަށް ފަހު ފެނާންޑޭސް ބުންޏެވެ.
ޔުނައިޓެޑާ އަމޯރިމް ހަލާލުވާއިރު، ކްލަބް އޮތީ ލީގުގެ 13 ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 11 މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް އޮތް 13 ވަނަ އާއި ލީގުގެ ތިން ވަނައިގައި އޮތް ޗެލްސީއާ ދެމެދު އޮތީ ހަތަރު ޕޮއިންޓްގެ ފަރަގެކެވެ.
ވެން ނިސްޓެލްރޫއީ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ޔުނައިޓެޑަށް ފަސް ސީޒަން ކުޅެދީފަ އެވެ. އަދި 200 އަށް ވުރެ ގިނަ މެޗު ކުޅެދީގެން 150 ގޯލު ޖެހި ނެދަލެންޑްސްގެ ފޯވާޑް ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވީ ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.
މި ސީޒަނުގައި އެސިސްޓެންޓް ކޯޗެއް ގޮތުގައި ޔުނައިޓެޑްގެ ކޯޗިން ޓީމާ ގުޅުނު ވެން ނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ވަނީ ހަތަރު މެޗު ކުޅެފަ އެވެ. އޭގެ ތެރޭން ތިން މެޗު ކާމިޔާބުކުރި އިރު، އެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
އެންމެ ފުރަތަމަ ލީގު ކަޕުގައި ވަނީ ލެސްޓާ ސިޓީ 5-2 އިން ބަލިކޮށްފަ އެވެ. އެއަށް ފަހު ލީގުގައި ޗެލްސީއާ ވާދަކޮށް 1-1 އިން އެއްވަރު ކުރި އިރު، މިދިޔަ ހަފުތާގައި ޔޫރޮޕާ ލީގުގައި ވަނީ ގްރީސްގެ ޕާއޯކްއާ ވާދަކޮށް 2-0 އިން މޮޅުވެފަ އެވެ. ރޭގެ މެޗާ އެކު، ހަތަރު މެޗު ވެސް ކުޅެފައި ވަނީ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގަ އެވެ.
ޓެން ހާގާ އެކު މި ސީޒަންގެ ކުރީކޮޅު ޔުނައިޓެޑްގެ ކެޕްޓަން ފެނާންޑޭޒްގެ އެންމެ އެދެވޭ ކުޅުނެއް ނުފެނުނު ނަމަވެސް، ނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން ކުޅުނު ހަތަރު މެޗުގައި ވެސް އޭނާގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިފަ އެވެ. އެގޮތުން ޗެލްސީ އާއި ލެސްޓާ ކޮޅަށް ޖެހި ދެ ގޯލަކީ އޭނާ މި ސީޒަނުގައި މިހާތަނަށް ޖެހި ހަމައެކަނި ގޯލުތަކެވެ.
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގެ ދާއިމީ ކޯޗުކަން ކުރަން ނިސްޓެރޫއީ ބޭނުންވޭ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް
ޔުނައިޓެޑާއި ޗެލްސީއަށް ޕޮއިންޓެއް، ޓޮޓެންހަމް ބަލި
ޔުނައިޓެޑް ބަލިވުމުން ޓެން ހާގަށް ގޯސްވީ ރަތް ކާޑު
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
އަގުވަަޒަން ނުކުރިޔަސް ފަރުވާލެއް ނެތް: ޓެން ހަގް
ލީގު ހުޅުވި މެޗުން ފަހު ވަގުތު ޔުނައިޓެޑަށް މޮޅެއް
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އެންމެ ދަށް ސީޒަން