އަންނަ އަަހަރުގެ ރޯދަމަހު ކޮންމެ ގެއަކަށް ސަރުކާރުން މަސްދަޅު ކޭހެއް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އަަހަރުގެ ރޯދަމަހު ކޮންމެ ގެއަކަށް ސަރުކާރުން މަސްދަޅު ކޭހެއް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
"ކުރިއަށް އޮތް ރަމަޟާން މަހަށް އަޅުގަނޑުމެން ގަސްދުކުރަނީ، އެސްޓީއޯގެ އެމްޑީ އަށް އަޅުގަނޑު ދަންނަވައިފިން ކާޑުގެ ބަދަލުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ހިލޭ ދޭން،" މި ސަރުކާރަށް މިއަދު އެއް އަހަރު ފުރުމާ ގުޅުވައިގެން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މި އަހަރުގެ ރޯދަމަހަށް ހާއްސަ ކޮށްގެން ކަރަންޓާއި ފެން ބިލުން ޑިސްކައުންޓެއް ދީފައި ވާނެ އެވެ. އެއީ 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެކެވެ.
"އަދި ހަމަ އެއާ އެކު، 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދިނިން. މިއީ ހިލޭ ދީފައި ހުރި އެހީތެރިކަން ސަރުކާރުން. ކުރިން ނުކުރާ ކަންތައްތައް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެކި ރަށްރަށުގައި އިމާރާތް ކޮށްފައިވާ ގެދޮރުގެ އަގުތައް އަތްނުފޯރާ ފަށުގައި ހުރުމުން އެ އަގުތައް ވެސް މިދިޔަ އެއް އަހަރު ކުޑަކޮށްދިން ކަމަށެވެ. އަދި ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތަކަށް ފްލެޓްތަކުގެ ވެރިން ކުރި ހަރަދު ވެސް ފްލެޓްގެ އަގުގެ ތެރެއިން އުނިކޮށްދިން ކަމަށް ވިދާޅުވި އެވެ.
"މިއީ 7،000 ފްލެޓަށް 7،000 އާއިލާ އަށް ލިބުނު ވަރަށް ބޮޑު ލުޔެއް. ފޭސް 1 ގައި އަޅާފައިވާ ފްލެޓްތަކުން ވެސް 20 ޕަސެންޓް އަޅުގަނޑުމެން ވާނީ މަހުން މަހަށް ދައްކާ އަގުން ކަނޑައިދީފައި،"
ރައީސް ވިދާޅުވީ، އިޖުތިމާއީ ބޯހިޔާވަހިކަމަށް މުޅި ރާއްޖެ އިން ދޫކޮށްފައިވާ ތަންތަނަށް އަރާފައިވާ ޖޫރިމަނާ ވެސް މިދިޔަ އެއް އަހަރު މާފުކޮށްދިން ކަމަށެވެ. އެއީ 77 މިލިއަން ރުފިޔާ އެވެ.
ސަރުކާރުން ދޭ މަސްދަޅު ރަށްރަށުގައި ބަހަން ފަށައިފި
ރައީސްގެ މާފަންނުގެ ބައްދަލުވުން: ކޮންމެ ކަމަކަށް ވަކިވަކިން އެޓެންޑު ކުރާނެ
މަސްދަޅު ކޭސްތަކާއެކު އެމްއެސްއެސްގެ ބޯޓެއް ލަންކާއަށް
ސުވާލުކުރުން ރައްޔިތުންނަށް ދޫކޮށްލަން އެދިވަޑައިގެންފި
ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ދެނީ
ހެޔޮވެރިކަމެއްގެ ނިޝާންތައް އެބަ ފެނޭ: ނައިބު ރައީސް
206 މަޝްރޫއުގެ މައްސަލަ އޭސީސީއަށް ހުށަހަޅައިފި
"އަދާލަތުން ތިބީ ސަރުކާރުން ކަންކުރާ ގޮތް ބަލަން"
ދެން ފެންނާނީ ވައުދުވި ގޮތަށް ކަންކަން ނިމިގެންދާތަން
އެސްޓީއޯއިން މިރުސްގެނަޔަސް ކަނޑޫދުއަށް ގެއްލުމެއް ނެތް