މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ދެ ބިލިއަން ރުފިޔާގެ 38 މަޝްރޫއު ނިންމާފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
19 ނޮވެމްބަރ 2024
މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ދެ ބިލިއަން ރުފިޔާގެ 38 މަޝްރޫއު ނިންމާފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މަޝްރޫއުތައް ހިންގުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެކި ސަބަބުތަކާ ހުރެ ކުރީގެ ސަރުކާރުން ރަށްރަށުގައި ހުއްޓާލާފައި ހުރި ޕްރޮޖެކްޓްތައް އަލުން ފަށަން ޖެހުން ކަމަށެވެ. އޭރު ފާސްކޮށްފައި އޮތް ބަޖެޓުގެ ސަބަބުން މަޝްރޫއުތައް ހިންގަން ތާށިކަން ކުރިމަތިވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ބަޖެޓުގެ އުނދަގޫތަކާ އެކު ވެސް، ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފަށަން ހާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ މަސައްކަތް، ރަށްރަށުގެ ބަނދަރުމަތިންނާއި ތޮށިގަނޑުންނާއި ހިއްކި ސަރަހައްދުތަކުން ފެންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"17 ނޮވެންބަރު 2024 އާ ހަމައަށް، އެކީ އެކައްޗަކަށް ނިންމާލެވިފައިވާ 38 މަޝްރޫއެއް ފެންނަން އެބަ އޮތެވެ. މި މަޝްރޫއުތަކުގެ ޖުމްލަ އަގު 1.976 ބިލިއަނާ ގާތަށް އަރަ އެވެ،" މިނިސްޓްރީން ބުންޏެވެ.
ސަރުކާރުގެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގދ. ތިނަދޫ މަގު ހެދުމުގެ މަޝްރޫއު އާއި ނ. މާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުން ނުހިމަނައި، ޖުމްލަ 11 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއު ވެސް ނިންމާލާފައިވާއިރު މ. މުލި، އއ. މާޅޮސް، އއ. ތޮއްޑޫ އަދި އދ. ފެންފުށީގެ ބަނދަރު ހެދުމުގެ މަޝްރޫއު ވެސް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފެނާއި ނަރުދަމާގެ ޖުމްލަ 29 މަޝްރޫއު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމިފައިވާއިރު އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރު 26 މަޝްރޫއު ނިމޭނެ ކަމަށް އެ މިނިސްޓްރީން ލަފާކުރެ އެވެ.
މިނިސްޓްރީން ބުނީ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ވެސް އެއްކޮށް ނިމިފައިވާ ކަމަށެވެ.
މިދިޔަ ސަރުކާރުން ފެށި ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ބާރު ސްޕީޑުގައި މިހާރު ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޏެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރާ ހަމައަށް އެ މަޝްރޫއުގައި ނިމުނީ 28.7 ޕަސެންޓެވެ. އެކަމަކު އަހަރެއް ތެރޭ ބްރިޖު މަސައްކަތުގެ 46.6 ޕަސެންޓް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރިޕޯޓު ހުށަނާޅާތީ ތިނަދޫ އެއާޕޯޓު މަޝްރޫއު މަޑުޖެހިއްޖެ
އައްޑޫ ބްރިޖުުގެ މަސައްކަތަށް ލަފާދޭނެ ބަޔަކު ހޯދަނީ
ރަސްފަންނު މަރާމާތުކުރަން މިނިސްޓްރީން ފަށަނީ
ހަންކެޑެ ބްރިޖް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
ގުޅިފަޅުގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކަށް
ގުޅިފަޅު ހިއްކަން ބޭނުންވާ ފައިސާ އަދިވެސް ހަމަނުޖެހޭ
ބްރިޖު ލަސްވެއްޖެ، މުއްދަތު އިތުރު ނުކުރެވޭނެ
"ރަސްމާލެ ޓަނަލަކީ ރައީސްގެ އާދަޔާޚިލާފު ވިޝަނެއް"
ގެއްލުން ވާތީ 16 ރަށެއްގެ ނަރުދަމާ ޕްރޮޖެކްޓް ބާތިލް
ތިލަފުށި-ޔޫޓީއެފް ބްރިޖުގެ ފީސިބިލިޓީ ސްޓަޑީއެއް ހަދަނީ