އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ދެވަނަ ފަހަރަށް ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
19 ނޮވެމްބަރ 2024
އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ދެވަނަ ފަހަރަށް ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ކުރަނީ މޭރީ މަރާލި ކަމުގެ ދައުވާ އެވެ. ލަމްހާގެ މައްޗަށް ކުރީ އެކަމުގައި ބައިވެރިވިކަމުގެ ދައުވާ އެވެ.
އެ މައްސަލާގައި ޝަރުތުތަކަކާ އެކު ލަމްހާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭނާ ދޫކޮށްލީ ދައުލަތުން އެކަމަށް ދެކޮޅު ހަދާފައި ވަނިކޮށެވެ. އެ ނިންމުން އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ގޮތެއް ނުނިންމަ އެވެ.
މިދިޔަ އަހަރު ވެސް ކުއްލި ގޮތަކަށް ކްރިމިނަލް ކޯޓުން ވަނީ ލަމްހާ ދޫކޮށްލައިފަ އެވެ. އޭރު ލަމްހާ ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، ހައި ކޯޓުން އޭރު އެންގީ އޭނާ އަލުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ.
އެކަމަކު އަނެއްކާވެސް އޭނާ ދޫކޮށްލިއިރު މިފަހަރު ވެސް އޭނާ ދޫކޮށްލީ މާލެ ސަރަހައްދުން ބޭރަށް ނުދިއުމަށާއި ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުނިކުތުމުގެ އިތުރުން ކޯޓުން އަންގާ ގަޑިއަށް ކޯޓަށް ހާޒިރުވުމަށް ޝަރުތުކޮށެވެ.
ލަމްހާ ދެ ފަހަރެއްގެ މަތިން ދޫކޮށްލިއިރު، އެ މައްސަލާގައި ދައުވާލިބޭ މާވިން އަދިވެސް ހުރީ ބަންދުގަ އެވެ.
ލަމްހާ ގޭބަންދަށް ބަދަލުކުރީ ގޯސްކޮށް: ހައި ކޯޓް
ނަޒާހާގެ މައްސަލާގެ ހުކުމް މިމަހު އިއްވަނީ
ފުލުހަށް ނާންގާ ކޯޓަށްދާތީ ލަމްހާ ބަންދުކުރަން އެދެފި
ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް
ލަމްހާ ދޫކުރި މައްސަލަ ބަލަންޖެހޭ ސަބަބެއްނެތް:ހައިކޯޓް
ލަމްހާ ދޫކުރި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
އަނަސްގެ މަރު: ހައި ކޯޓުން ޝަރީއަތް ފަށައިފި
އަނަސްގެ މަރުގެ މައްސަލަ އިސްތިއުނާފުކޮށްފި
އިންސާފުގެ އުންމީދު ގެއްލިއްޖެ: އަނަސްގެ ބައްޕަ