ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް އިއްވަން ތައްޔާރުވެއްޖެ އެވެ.
04 ފެބުރުއަރީ 2025
ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް އިއްވަން ތައްޔާރުވެއްޖެ އެވެ.
ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ 25 އަހަރަށް ޖަލަށްލާން 2011 ގައި އޭރުގެ ޖިނާއީ ކޯޓުން ހުކުމްކުރީ ޖޫން، 2010 ގައި އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ އޭނާ މަރާލިކަން ނަޒާހާގެ އިއުތިރާފުން ސާބިތުވުމުންނެވެ. ނަޒާހާ ބުނާގޮތުގައި ޝާހިދު މަރާލީ އޭނާގެ ފަރާތުން ލިބިފައިވާ އަނިޔާތަކުގެ ސަބަބުންނެވެ.
ނަޒާހާގެ މައްޗަށް ކުރި ހުކުމް 2015 ވަނަ އަހަރު ހައި ކޯޓުން ދަމަހައްޓާފައިވާއިރު، އެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅީ ވަރަށް ފަހުންނެވެ. އޭރު އެ ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމެވި، ނަމަވެސް ނަޒާހާގެ ފަރާތުން މައްސަލަ ފަނޑިޔާރުންގެ ބެންޗުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައިގަތެވެ.
އޭގެފަހުން ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަނެ، ޝަރީއަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް ނިންމާލާފައިވަނީ ސެޕްޓެމްބަރު، 2022 ގަ އެވެ.
ސުޕްރީމް ކޯޓުން މިހާރު ވަނީ މި މަހުގެ 13 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް އިއްވަން ތާވަލުކޮށްފަ އެވެ. އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ޖިމް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ނަޒާހާ މީގެ ކުރިން ކޯޓުގައި ބުނެފައިވަނީ ޝާހިދު މަރާލީ ގެވެށި އަނިޔާއިން ސަލާމަތްވުމަށް އަމިއްލަ ދިފާއުގައި ދިން ހަމަލާއަކުން ކަމަށެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓުކޮށް އޭނާ ތަހުގީގުގައި ކުށަށް އިއުތިރާފުވި އެވެ.
ނަޒާހާގެ މައްޗަށް މަރުގެ ހުކުމެއް އިއްވާފައި ނުވަނީ ޝާހިދުގެ މަންމަ އާއި އާއިލާ އިން ނަޒާހާގެ ކިބައިން މަރަށް މަރު ހިފަން ބޭނުން ނުވުމުންނެވެ.
އެ ހާދިސާ ހިނގިއިރު ނަޒާހާ އާއި ޝާހިދުގެ ދަރިފުޅަށް ހުރީ ދެ އަހަރު ވެފަ އެވެ. އެ ކުއްޖާ މިހާރު ފުރާވަރަށް އަރާފައިވާއިރު، ނަޒާހާ ކޯޓުގައި ބުނެފައިވަނީ އެހާ ދުވަސް ފަހުން އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމީ އެ މައްސަލައާ ގުޅިގެން އަންނާނެ ފާޑުކިޔުމަށް ކެތް ކުރާނެ ކަމަށް ދަރިފުޅު ބުނުމުން ކަމަށެވެ. އަދި ދަރިފުޅު ވެސް އެދެނީ އޭނާ މިނިވަންވާން ކަމަށް ބުނެފައިވެ އެވެ.
މަރުގެ މައްސަލައެއްގައި ބޮޑު ހުކުމެއް ދަމަހައްޓައިފި
ލަމްހާ ގޭބަންދަށް ބަދަލުކުރީ ގޯސްކޮށް: ހައި ކޯޓް
ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު
ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް
ލަމްހާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި
އަނަސްގެ މަރު: ހައި ކޯޓުން ޝަރީއަތް ފަށައިފި
އަނަސްގެ މަރުގެ މައްސަލަ އިސްތިއުނާފުކޮށްފި
މޫސަގެ މަރުގެ ދައުވާލިބޭ މީހާ ސުޕްރީމް ކޯޓުން ބަންދަށް
ޔާމީންގެ މައްސަލަ އިސްތިއުނާފް ކުރުމާމެދު ގޮތެއް ނުނިމޭ
އިންސާފުގެ އުންމީދު ގެއްލިއްޖެ: އަނަސްގެ ބައްޕަ