ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީއަކުން ވަކި ކޮށްފި ނަމަ މަޖިލިހުގެ މެންބަރުކަމުން ވަކިވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅައިފި އެވެ.
20 ނޮވެމްބަރ 2024
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީއަކުން ވަކި ކޮށްފި ނަމަ މަޖިލިހުގެ މެންބަރުކަމުން ވަކިވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ގާނޫނުއަސާސީ އަށް ހުށަހެޅުއްވި އިސްލާހުގައި ބުނާ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކި ކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ އެވެ.
އޭގެ އިތުރުން މަޖިލިހުގެ މެންބަރަކު މިހާރު ތަމްސީލް ކުރާ ސިޔާސީ ޕާޓީން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ވެސް ގޮނޑި ގެއްލޭނެ ކަމަށް އެ އިސްލާހުގައި ވެ އެވެ.
އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފި ނަމަ ވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.
ގާނޫނުއަސާސީ އަށް މި އިސްލާހު ގެންނަން ހުށަހަޅާފައިވާ އިރު 19 ވަނަ މަޖިލީހުން އުފައްދާފައިވާ އެންޓި ޑިފެކްޝަން ގާނޫނުގައި ވެސް، ތިން ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މެންބަރަކު ހަތް ދުވަސް ތެރޭގައި ޕާޓީން އަމިއްލަ އަށް އިސްތިއުފާ ދޭން ޖެހޭނެ އެވެ.
އެގޮތަށް އިސްތިއުފާ ނުދީފި ނަމަ އެޅޭނެ ފިޔަވަޅެއް އެ ގާނޫނުގައި ބުނެފައެއް ނެތެވެ. އެ މައްސަލަ މިހާރު ވަނީ އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.
މަޖިލީހުގައި މިހާރު އޮތް ސުޕަ މެޖޯރިޓީއަކީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެންބަރުންނެވެ. އޭގެ ތެރެއިން ގިނަ މެންބަރުންތަކެއް އަމިއްލަ ގޮތުން ވެސް ވާދަ ކޮށްގެން އިންތިހާބުވެ ފަހުން ޕީއެންސީއާ ގުޅިވަޑައިގަތެވެ.
ނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން އެފަދަ މެންބަރެއް ވެސް ޕާޓީ ދޫކޮށްފި ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ.
މަޖިލީހުން ވަނީ މި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުން މާދަމާގެ ޖަލްސާގައި އެޖެންޑާ ކޮށްފަ އެވެ.
ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ސުޕްރީމްކޯޓުން ފަށަނީ
މަޖިލިސް ބައިބައި ކުރުމުގެ ފުރުސަތެއް ދެން ނޯންނާނެ
"އިސްލާހު ގެނައީ އުސޫލުން ކަމަށް ގަބޫލެއް ނުކުރެވޭ"
ގާނޫނުއަސާސީ، ގާނޫނުއަސާސީއާ ހިލާފުވީތަ؟!
ގާނޫނުއަސާސީއަށް ގެނައި ބަދަލަށް ޖަމްއިއްޔާތައް ދެކޮޅު
"ގޮނޑި ގެއްލޭ އިސްލާހުގައި ހިޔާލަށް ފުރުސަތުދީ"
ގޮނޑިގެއްލޭ ބިލް ރޯލްކޯލް ވޯޓަކުން ކޮމެޓީން ފާސްކޮށްފި
އެމްޑީޕީ އާއި ސަރުކާރު ސަޕޯޓަރުން މަޖިލިސް ދޮށަށް
ޕާޓީއާއެކު ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރަނީ
މެންބަރުން ވަކި ކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި