ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދު ލައްކައަކާ ގާތްކުރާ އަދަދަކަށް އެރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ހަރުދަނާ ކަމުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
23 ނޮވެމްބަރ 2024
ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދު ލައްކައަކާ ގާތްކުރާ އަދަދަކަށް އެރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ހަރުދަނާ ކަމުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރަށް އަހަރެއް ފުރުނު އިރު އެ ޕާޓީގައި 75،000 މެމްބަރުން ތިބުމަށް އެދިވަޑައިގަންނަވާ ކަން ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ކަމަށެވެ. އަދި ޕީއެންސީން އެކި ރަށްރަށަށް ރައްޔިތުންގެ ގާތަށް ގޮސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ރައްޔިތުން ހިތުން ރުހުމުން ހަމަ އަޅުގަނޑުމެންގެ ޕާޓީ އަށް ވަން މީހުން މިހާރު އަޅުގަނޑުމެންގެ ޕާޓީގައި މި ތިބީ. އަބަދުވެސް ވާދަވެރިންގެ ހިތުގައި ޝައްކު އޮންނާނެ، ވާދަވެރިން ފާޑު ވެސް ކިޔާނެ، ސިޔާސީ ކަންކަމުގައި އުޅެން ވާނީ ފާޑު ކިޔާނެކަން ގަބޫލު ކޮށްގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޖަލްސާއެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ--- މިހާރު ފޮޓޯ/ފަޔާޒް މޫސާ
ކުރު މުއްދަތެއްގެ ތެރޭގައި ޕީއެންސީ އަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާކަން ފާހަގަ ކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މިހާރުގެ ވެރިކަން ފަށައިގަތްއިރު، އެ ޕާޓީގެ ދަފްތަރުގައި ތިބީ 3،000 އެއްހާ މެމްބަރުން ކަމަށެވެ. އެކަމަކު، މިއަދު ޕީއެންސީގެ ދަފްތަރު އަހަރެއްގެ ތެރޭގައި އެއް ލައްކަ އަށް އަރާފައި ވަނީ ރައީސް މުއިއްޒުގެ ދުރުވިސްނޭ ސިޔާސަތުތަކުގެ ސަބަބުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ޕީއެންސީގެ ވިސްނުމެއް ނޫން ފައިސާ ދީގެން ޕާޓީ އަށް މެމްބަރުން ގަތުމަކީ. މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ވަރަށް ފޯރިއާ އެެކު އަޅުގަނޑުމެން ކުރިން. ފައިސާ ދީގެންނެއް ނޫން އެކަން ކުރަނީ. އަޅުގަނޑުމެން ރަށްރަށަށް ވެސް ދަތުރު ކުރިން. ތިން ހަތަރު ދުވަސް ވަންދެން މަސައްކަތް ވެސް ކުރިން މާލޭގައި ވެސް އަތޮޅު ތަކުގައި ވެސް. ނަތީޖާއަކީ ރައީސްގެ ސިޔާސަތު ރައްޔިތުން ބަލައިގަތުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ތިންހާސް ބާވީސް މީހުންގެ ޕާޓީއެއް އެއް ލައްކައާ ކައިރިކުރާ އަދަދަކަށް ދިޔައީ. އެއީ ވާދަވެރިންގެ މޭ ކިތަންމެ ވަރަކަށް ކެރިޔަސް އަދި އެ ބޭފުޅުންނަށް ހަޖަމު ނުކުރެވުނަސް، ގަބޫލުކުރަން ބޭނުންފުޅު ނުވިޔަސް، ރައީސްގެ ސިޔާސަތުގެ ހަރުދަނާ ކަމުން."
މަޖިލީހުގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު.--
އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި ޕީއެންސީގައި ތިބި ކަމަށް މިހާތަނަށް ފެންނަނީ 28،983 މެމްބަރުންނެވެ.
މިއަދު ހެނދުނު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވެފައި ވަނީ ޕީއެންސީގެ ދަފްތަރުގައި ހުރި ސައްހަ ފޯމުތަކުގެ ޖުމްލަ މެމްބާޝިޕް މިހާރު 97،000 އަށް އަރާ ކަމަށެވެ. އަދި ލައްކައެއް ހަމަކުރުމަށް ބޭނުން ވަނީ މަދު ފޯމުތަކެއް ކަމަށް ވާތީ، މިވަގުތު ޕާޓީން ޕްރޮސެސް ނުކޮށް ހުރި ފޯމުތައް ހިމަނައިގެން އެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.
"އިހްލާސްތެރިކަމާއެކު ފައިސަލް ނަތީޖާ ނެރެދިން"
އެމްޑީޕީގެ އެކްޓިވިސްޓު ދޮންކޮޅު ޕީއެންސީއަށް
"2028ގައި ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު"
"ވަގަށް މެމްބަރުން ވައްދަން ފޯމު ފުރަން ނުޖެހޭނެ"
ދެން ފެންނާނީ ޑިމޮކްރެސީގެ އާ ބާބެއް: ޕީއެންސީ
ޔާމީނަށް ރައީސް ގޯސްވި ސަބަބު އަބްދުއްރަހީމް ކިޔައިދީފި
"ނަތީޖާ އިން ފެނުނީ ރައީސްގެ ތާއީދު އިތުރުވާތަން"
"މުއިއްޒަށް ވެރިކަން ހޯދައިދިނުމަށް މާކުރިން ރޭވިން"
ޕީއެންސީ މެމްބަރުންގެ ފަރާތުން ފަލަސްތީނަށް ދެ ލައްކަ
ޕާޓީތައް އެކުވެރިވެ އެކުގައި މަސައްކަތް ކުރަން ދައުވަތު