ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާ އިން ރާއްޖެ އޮތީ ކޮން ފިކުރެއްގައި ކަމާއި ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ވަރަށް ބޮޑަށް ސާފުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާ އިން ރާއްޖެ އޮތީ ކޮން ފިކުރެއްގައި ކަމާއި ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ވަރަށް ބޮޑަށް ސާފުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އެ ޖަލްސާ އަށް އާންމުކޮށް ދައުވަތު ދިނުމުގެ ހަރަކާތެއް ފެށުމަށް އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ރަސްމިއްޔާތަށް ފަހު، މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޖަލްސާ އަށް ސަޕޯޓަރުން ދާނީ މިހާތަނަށް ރައީސް ކުރައްވާފައިވާ މަސައްކަތްޕުޅުތައް ބަލައިގަނެ، އެ ކަަމަށް ތާއީދު ކުރާތީ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބާއްވާ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވާތީ އެއީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ އިތުރު މައުލޫމާތު ލިބި ޔަގީންކަން އިތުރު ވާނެ ކަމެއް ކަމަށެވެ.
ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗު ސަރަހަހައްދުގައި ބާއްވާ ޖަލްސާ އަށް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދައުވަތު ދިނުމުގެ ހަރަކާތް ފެށުމަށް މިއަދު ބޭއްވި އިވެންޓުގައި އެ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން މީޑިއާއާ ވާހަކަ ދައްކަވަނީ.
"ދިވެހިރާއްޖޭގެ ތާރީހުގައި ޕްރައިވެޓް ސެކްޓާއާ އެންމެ ގިނަ މަޝްރޫއުތައް އެއް ދުވަހެއްގައި ހަވާލުކުރީ މި ވެރިކަމުގައި އިއްޔެ ނޫން އޭގެ ކުރީ ދުވަހު. އެހެންވީމާ ރައްޔިތުން އެ އަންނަނީ އެއްޗެއް ނޭނގި އޮޅުންފިޅުވާކަށް ނޫން. ރައްޔިތުން އެ އަންނަނީ އެ މީހުންނަށް މި ވާނުވާ އެނގޭތީ ކަން ހިނގާ މަގު އެނގޭތީ މި ވެރިކަން ދާ މިސްރާބު ރަނގަޅު ކަމަށް ގަބޫލު ކުރެވޭތީ އާ އުންމީދަކާއި އާ ރޫހަކާއި އާ ދިރުމަކާ އެކީގައި އާ މުސްތަގުބަލަކަށް އުންމީދު ކޮށްގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުން ބޭނުންވާ ތަރައްގީއާ ހަމައަށް ޕީއެންސީގެ ސަރުކާރުގައި ރައީސް މުއިއްޒާ އެކު ހާސިލްވާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗު ސަރަހަހައްދުގައި ބާއްވާ ޖަލްސާ އަށް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދައުވަތު ދިނުމުގެ ހަރަކާތް ފެށުމަށް ހާޒިރުވި އެ ޕާޓީގެ ބައެއް އާންމު މެމްބަރުން.
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް މުއިއްޒު މިހާރު ދަތުރުފުޅު ކުރައްވާފައިވާއިރު، ރައްުޔިތުން ބޭނުންވަނީ އެއްތަނަކަށް ޖަމާވެ، ތާއީދު ހާމަކުރަން ކަމަށެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ، މި ވެރިކަމަށް މި މަހުގެ 17 ވަނަ ދުވަހު ދެ އަހަރު ފުރޭއިރު، ހުރިހާ އެންމެން އެއްތަނަކުން އެއްވާން ވަރަށް ގިނަ ސަޕޯޓަރުން އެދޭ ކަމަށެވެ.
ހާއްސަކޮށް ރައީސް މުއިއްޒު ވަރަށް ގިނަ ރަށްރަށަށް މިދިޔަ ދުވަސްތަކުގައި ވަޑައިގެން، ތަރައްގީގެ އެކިއެކި މަޝްރޫއުތައް ފައްޓަވައި ދެއްވައި ވަރަށް ބުރަކޮށް މަސައްކަތްޕުޅު ކުރައްވާފައިވާތީ އެންމެން އެކުގައި އެއްތަނަކަށް ޖަމާވެ އެ މަނިކުފާނަށް ޝުކުރު އަދާކުރަން ގިނަ ބަޔަކު ބޭނުންވާ ކަމަށް ފަލާހު ވިދާޅުވި އެވެ.
ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗު ސަރަހަހައްދުގައި ބާއްވާ ޖަލްސާ އަށް މިއަދު ދައުވަތު ކާޑު ބަހަނީ.
އޭނާ ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ ބާއްވާ އެއްވުމަށް ވަރަށް ގިނަ ބަޔަކު ޖަމާވާނެ ކަމަށާއި މިއަދުގެ ބޭނުމަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ އެންމެންނަށް "ދައުވަތު ކާޑެއް" ދިނުން ކަމަށެވެ.
"މިހާ ގިނަ ރައްޔިތުން ދިރިއުޅުއްވާ ތަނެއްގައި ސީދާ އަތްޕުޅަށް [ދައުވަތު ކާޑު] ނޭރުވޭ ރައްޔިތުން ވެސް ތިއްބަވާފާނެ. އެހެން ނަމަވެސް އަޅުގަނޑުމެން ޕީއެންސީގެ ލީޑަޝިޕްގެ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ހާއްސަ އެދުމެއް މި ބައްދަލުވުމަށް މި ޖަލްސާ އަށް ހުރިހާ ލޮބުވެތި ދިވެހި ރައްޔިތުން ވަޑައިގެންނެވުމަކީ،" ފަލާހު ވިދާޅުވި އެވެ.
"އެ ދައުވަތު ޕީއެންސީގެ ފަރާތުން ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އެބަ އަރުވަން."
ޕީއެންސީން ބޮޑު ޖަލްސާއެއް މި ބާއްވަނީ ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ.
ޔާމީނަށް ރައީސް ގޯސްވި ސަބަބު އަބްދުއްރަހީމް ކިޔައިދީފި
މައިނޯރިޓީ އަށް ދޭން ޖެހޭ ޖާގަ ދޭނަން: ޕީއެންސީ
ޕީއެންސީގައި 40،000 މެމްބަރުން އެބަ ތިބި:އަދުރޭ
"ވާދަވެރިން ތިބީ ގައުމު ބަނގުރޫޓުވާނެ ކަމަށް ހީކޮށް"
12 މެމްބަރުން ނިކަމެތިކޮށްލި ގޮތް ހަނދާން ނެތް
"ބައިބައިވާ ވަރަށް ވުރެ ޕީއެންސީ މާ ވަރުގަދަ"
ބްރޯޑްކޮމް މެމްބަރު މުހަންމާ ޕީއެންސީގެ ސެނެޓަށް
ސައީދުގެ ރައްދު: ހަމައިން ނެއްޓުމަކުން މޮޅެއް ނެތް!
"ހާމަވީ ރައީސް އަންގާހާ ގޮތަށް ކަންކަން ނުކުރާކަން"
ވިޕާހިލާފުވި ޕީއެންސީގެ މެންބަރުންނަށް ފިޔަވަޅު އަޅަނީ