ޓޫރިޒަމް މިނިސްޓަރު ކަމުން މިއަދު ވަކިކުރި އިބްރާހިމް ފައިސަލަކީ އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކު ނަތީޖާ ނެރެދެއްވި ބޭފުޅެއް ކަމަށް އޭނާގެ ބައްޕާފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުން މިއަދު ވަކިކުރި އިބްރާހިމް ފައިސަލަކީ އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކު ނަތީޖާ ނެރެދެއްވި ބޭފުޅެއް ކަމަށް އޭނާގެ ބައްޕާފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ފައިސަލް ހިދުމަތް ކުރެއްވީ އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކު ކަމަށެވެ.
"ހިދުމަތް ކުރީ ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު. ނަތީޖާ ނެރެދެއްކި. ދާއިރާގެ އިތުބާރާ ލޯބި ހޯދި. މާތް الله ދަރިފުޅު ފައިސަލަށް ސާބިތުކަމާ ކެތްތެރިކަން މިންވަރު ކުރައްވާ މާ އުޖާލާ މާދަމާއެއް ދައްކަވާށި،" އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ފައިސަލް ވަނީ މަގާމުން ވަކި ކުރައްވައިފަ އެވެ. ނަމަވެސް، އޭނާ މަގާމުން ވަކިކުރި ސަބަބެއް އޭނާ ވަކި ކުރެއްވިކަން އެންގެވި ސިޓީގައި ވެސް ބަޔާންކޮށްފައެއް ނުވެ އެވެ.
ރައީސްގެ އެ ނިންމެވުމާއެކު، ރައީސާއި އަބްދުއްރަހީމްއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމަށް އަޑުތައް ވަނީ ގަދަވެފަ އެވެ. މިކަމާ ގުޅިގެން އަބްދުއްރަހީމް އަދި ފައިސަލްގެ ބަހެއް ހޯދަން ގުޅުމުން ވެސް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.
ފައިސަލަކީ މި ސަރުކާރުގެ ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެ ބޭފުޅެއްގެ ގާބިލްކަމާ ދޭތެރޭ ސުވާލު އުފައްދައި، ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި ބޭފުޅާ އެވެ. އަދި އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ ރައީސް މުއިއްޒުގެ ކެމްޕޭންގައި އެންމެ އަރިހުގައި އުޅުއްވި އަބްދުއްރަހީމްގެ ދަރިކަލުންނަށް ވީތީ ކަމުގެ ތުހުމަތުތައް ވެސް އަމާޒުވި އެވެ.
އެކަމަކު ފައިސަލް ވިދާޅުވެފައިވަނީ އޭނާ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަންކުރީ އަބްދުއްރަހީމުގެ ދަރިއަކަށް ވެގެން ނޫން ކަމަށެވެ. އަދި ޓޫރިޒަމް ފަދަ ދައުލަތަށް މުހިއްމު މިނިސްޓްރީއެއްގެ ޒިންމާތައް ރައީސް ހަވާލު ކުރެއްވީ އެކަން ކުރެވޭނެ ކަމުގެ ގާބިލްކަމާއި ޒިންމާ އުފުލޭނެ ކަމުގެ ޔަގީންކަން އޭނާގެ ކިބައިގައި ހުރެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ވޭތުވެދިޔަ 10 ވަރަކަށް އަހަރު ސިޔާސީ މަސައްކަތުގައި އުޅުއްވި ފައިސަލް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
ފައިސަލް ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ވަޒީރުކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ދިވެހި ޒުވާނުން ޓޫރިޒަމް ދާއިރާ އަށް ވައްދައި އެ ދާއިރާއިން ކާމިޔާބު ވިޔަފާރިވެރިން އުފެއްދުމަށެވެ.
"2028ގައި ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު"
ޕީއެންސީގެ މެމްބަރުންގެ އަދަދު ލައްކައަކާ ގާތަށް
ޔާމީނަށް ރައީސް ގޯސްވި ސަބަބު އަބްދުއްރަހީމް ކިޔައިދީފި
"ނަތީޖާ އިން ފެނުނީ ރައީސްގެ ތާއީދު އިތުރުވާތަން"
އިގްތިސާދު އެނގޭނީ ވަކި ލީޑަރަކަށް ނޫން: ފައިސަލް
"މުއިއްޒަށް ވެރިކަން ހޯދައިދިނުމަށް މާކުރިން ރޭވިން"
ޕީއެންސީ މެމްބަރުންގެ ފަރާތުން ފަލަސްތީނަށް ދެ ލައްކަ
ލ. އަތޮޅަށް ހަތަރު ރިސޯޓު، ގަން-ފޮނަދޫ ސިޓީއަކަށް!
އާއިލާ ކައިރިއަށް ދިއުމަށް ޕޮޕިއުލޭޝަން ސެންޓަރުތަކެއް
ބޭނުންވަނީ މުޅި ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ތެދުވުން