ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އިންސްޕެކްޝަންގައި ހިފެހެއްޓި މީހުންގެ ތެރެއިން ތިން އަންހެނަކު ޑީޕޯޓްކޮށްފި އެވެ.
24 ނޮވެމްބަރ 2024
ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އިންސްޕެކްޝަންގައި ހިފެހެއްޓި މީހުންގެ ތެރެއިން ތިން އަންހެނަކު ޑީޕޯޓްކޮށްފި އެވެ.
އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހަށިވިއްކުމުގެ ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި މަހު ހާއްސަ އިންސްޕެކްޝަންތަކެއް ހިންގާފައިވާ ކަމަށެވެ.
އެ އިންސްޕެކްޝަންތަކުގައި ތަފާތު ފަސް މައްސަލައަކާ ގުޅިގެން ބިދޭސީ ފަސް އަންހެނަކާއި އެޖެންޓުންގެ ގޮތުގައި އުޅުނު ބިދޭސީ ދެ ފިރިހެނަކު ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ހަށިވިއްކުމުގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހިފެހެއްޓި މީހުންގެ ތެރޭގައި ހިމެނެނީ ތައިލެންޑު އަންހެނަކާއި ދެކުނު އެފްރިކާ އަންހެނަކާއި ޔުގަންޑާ އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނަކާއި ރަޝިޔާ އަންހެނެކެވެ. އަދި އެޖެންޓުންގެ ގޮތުގައި އުޅުނީ ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ.
މި މައްސަލަތައް ތަހުގީގު ކުރުމަށް ފަހު، ރާއްޖެއަށް އަނބުރާ ނާދެވޭ ގޮތަށް ތިން އަންހެނަކު މިހާރު ޑީޕޯޓްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ޑީޕޯޓްކުރީ ދެކުނު އެފްރިކާ އާއި ޔުގަންޑާ އަދި ރަޝިޔާގެ އަންހެން މީހާ އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، މި މައްސަލަތަކުގައި ޝަމިލުވާ ދެން ތިބި ހަތަރު ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވަން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި، އެކި މައްސަލަތަކުގައި މިހާތަނަށް 5،000 އެއްހާ ބިދޭސީން ވަނީ ޑީޕޯޓްކޮށްފަ އެވެ.
ހަށިވިއްކުމުގެ ވިޔަފާރިކުރި ބަޔަކު އަތުލައިގަނެފި
ހަށިވިއްކުމުގެ ނެޓްވޯކެއް އަތުލައިގަނެ ޑީޕޯޓުކޮށްފި
23 އަންހެނަކު ގެނެސް ހަށިވިއްކި ނެޓްވޯކެއް އަތުލައިފި
އިމިގްރޭޝަންގެ ބަންދުގައި ތިބި ބަޔަކު ކާނާ ވިހަވެއްޖެ
އާޓިފިޝަލް ބީޗުގައި ހަމަނުޖެހުން ހިންގި ބިދޭސީން ޑީޕޯޓު
ހަށިވިއްކުމުގެ މައްސަލައެއްގައި 2ބިދޭސީއަކު ޑީޕޯޓްކޮށްފި
ސީރިއާ އަދި ޖޯޑަން މީހަކު ޑީޕޯޓްކުރަނީ
އިމިގްރޭޝަންގެ ރެއިޑް އޮޕަރޭޝަން ހިޔާ ފްލެޓުގައި
18،000 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފި
މާލޭގައި ބަނގުރާ ވިއްކާ ލަންކާގެ ދެމީހަކު ޑީޕޯޓްކުރަނީ