Roadha Mihaaru

ހަށިވިއްކުމުގެ ވިޔަފާރި ކުރި ދެ ބިދޭސީއަކު ޑީޕޯޓް ކޮށްލައިފި

ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ދެ ބިދޭސީ އަންހެނަކު ޑީޕޯޓް ކޮށްލައިފި އެވެ.

ހަށިވިއްކުމުގެ މައްސަލައެއްގައި 2ބިދޭސީއަކު ޑީޕޯޓްކޮށްފި
މޫސާ ރަޝީދު
މޫސާ ރަޝީދު

10 ޖެނުއަރީ 2025

ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ދެ ބިދޭސީ އަންހެނަކު ޑީޕޯޓް ކޮށްލައިފި އެވެ.

އިމިގްރޭޝަން އިން ބުނީ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީންނަށް އަމާޒުކޮށް ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެއީ އުމުރުން 40 އަހަރާއި 41 އަހަރުގެ ވިއެޓްނާމް އަށް ނިސްބަތްވާ ދެ މީހުންނެވެ.

އިމިގްރޭޝަން އިން ބުނީ އެކަކު ރާއްޖޭގައި އުޅެމުން ދިޔައީ ވޯކް ވިސާގައި ކަމަށާއި ދެވަނަ މީހާއަކީ ޓޫރިސްޓް ވިސާގައި ދިރިއުޅެމުން އައި މީހެއް ކަމަށެވެ.

އެ ދެ މީހުން ވެސް ޑީޕޯޓް ކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަން އިން މިދިޔަ އަހަރު ފަހުކޮޅު ވެސް ވަނީ ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ހަތް މީހަކާއި އޭޖަންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ދެ ބިދޭސީ ފިރިހެނުން އަތުލައިގަނެ އެ މީހުން ޑީޕޯޓް ކޮށްލައިފަ އެވެ.