Roadha Mihaaru

ފުރުގާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، ގެއްލުންދިން މީހާ ހައްޔަރުކޮށްފި

ފުރުގާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، މިސްކިތަށް ގެއްލުންދިން މީހާ ހައްޔަރުކޮށްފި އެވެ.

މިސްކިތަކުގައި ހުރި ހަތިމުތައް އުކާލި މީހާ ހައްޔަރު

ފުރުގާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، މިސްކިތަށް ގެއްލުންދިން މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ގ. މާލެހިޔާ، ނައުޝާދު މޫސާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށް ވެސް ބުންޏެވެ.

މިސްކިތަށް ގެއްލުން ދިނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ.

ޝެއިހް އާދަމް ނިޝާން އަލީ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ފުރުގާން މިސްކިތުގައި ހުރި ހަތިމުތައް މުޅި ތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގެ ކަރަންޓު ބޯޑުތަކާއި އެޑެޕްޓަރުތަކަށް ގެއްލުން ދީފައިވާ ކަމަށެވެ.

އޭގެ އިތުރުން ވުޟޫކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި، މިސްކިތުގެ ބައެއް ސާމާނުގެ އެ ތަނަށް އުކާލާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ގުރުއާނާއި މިސްކިތުގެ ހުރުމަތް ކަނޑާ މައްސަލަ އެތައް ފަހަރަކު ފުލުހަށް ހުށަހެޅިޔަސް، އެ މީހާއާ ދޭތެރޭ ފިޔަވަޅު ނާޅާ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.