Roadha Mihaaru

ހަތަރު ލައްކަ ރުފިޔާގެ ކަރަންޓް ބިލެއް ގެއަކަށް ފޮނުވުނީ އޮޅިގެން: ފެނަކަ

ށ. ކޮމަންޑޫ ގެއަކަށް ހަތަރު ލައްކަ ރުފިޔާގެ ކަރަންޓް ބިލެއް ފޮނުވުނީ އޮޅުމަކުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ހަތަރު ލައްކައިގެ ކަރަންޓް ބިލެއް ފޮނުވުނީ އޮޅިގެން
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

27 ނޮވެމްބަރ 2024

ށ. ކޮމަންޑޫ ގެއަކަށް ހަތަރު ލައްކަ ރުފިޔާގެ ކަރަންޓް ބިލެއް ފޮނުވުނީ އޮޅުމަކުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ކޮމަންޑޫގެ ގެއަކަށް 412،000ރ. ގެ ބިލެއް ފެނަކައިން ފޮނުވާފައި ޕޯސްޓެއް ސޯޝަލް މީޑިއާގައި މިއަދު ދަނީ ދައުރުވަމުންނެވެ. އެ ޕޯސްޓްގައިވަނީ އެ ގޭގައި މީހުން ނޫޅޭތާ މިހާރު ދެ މަސް ވެފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން "މިހާރު" އިން ސުވާލު ކުރުމުން ފެނަކައިގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ބިލަކީ އަލަށް ހަރުކުރި މީޓަރެއްގެ ރީޑީންގް ނެގުމުގައި ދިމާވި އޮޅުމަކާ ގުޅިގެން ހެދުނު ބިލެއް ކަމަށެވެ.

އެ ބިލުގެ މައްސަލަ ފާހަގަ ކުރެވިގެން އެ ކަސްޓަމަރަށް ގުޅައި، ބިލް އިސްލާހު ކުރުމަށްފަހު ރަނގަޅު ބިލް މިހާރު ފޮނުވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮންމެ މަހެއް ނިމޭއިރު ކަރަންޓު ބިލު ބޮޑު ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑީއާގައި ކަންބޮޑުވުން ފާޅުކުރެ އެވެ.