އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނާ ދެކޮޅަށް ކުޅެނިކޮށް ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުނު ފިއޮރެންޓީނާގެ ޒުވާން ކުޅުންތެރިޔާ އެޑޮއާޑޯ ބޯވެ ގެ ހާލު ރަނގަޅު ކަމަށް ކްލަބުން ބުނެފި އެވެ.
އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނާ ދެކޮޅަށް ކުޅެނިކޮށް ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުނު ފިއޮރެންޓީނާގެ ޒުވާން ކުޅުންތެރިޔާ އެޑޮއާޑޯ ބޯވެ ގެ ހާލު ރަނގަޅު ކަމަށް ކްލަބުން ބުނެފި އެވެ.
ދެ ޓީމު 0-0 އިން އެއްވަރުވެފައި އޮއްވާ މެޗުގެ 16 ވަނަ މިނެޓުގައި މިކަން ހިނގުމާ އެކު މެދުކަނޑާލި މެޗު މިހާރު ވަނީ ސަސްޕެންޑްކޮށް ފަހުން ކުޅޭ ގޮތަށް ހަމަޖައްސައިފަ އެވެ.
ރޯމާގެ ލޯނެއްގެ ދަށުން ފިއޮރެންޓީނާ އަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ މިޑްފީލްޑަރު މިހާރު އޮތީ ފްލޮރެންސްގެ ކަރެގީ ހޮސްޕިޓަލުގެ އައިސީޔޫގައި، ބޭސް ދީގެން ނިންދަވައިފަ އެވެ. ފުރަތަމަ ހެދި ޓެސްޓްތަކުން ދެއްކި ގޮތުގައި އޭނާގެ ނާރުގެ ނިޒާމަށާއި، ނޭވާލާ ނިޒާމަށް ބޮޑު ގެއްލުމެއް ވެފައެއް ނެތެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ދަނޑު މައްޗަށް ވެއްޓުނީ ފިޓްޖެހިގެން ކަމަށާއި، އޭގެ ފަހުން ހިތް ވެސް ހުއްޓުނު ކަމަށެވެ. އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ހެޔެއް ނެތެވެ. ނަމަވެސް އޭރު ދިޔައީ ނޭވާލަމުންނެވެ.
އިޓަލީގެ ޔޫތު ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިޔާ އަށް އަވަސް ޝިފާއަކަށް އެދި އިޓަލީގެ ކްލަބްތަކުންނާއި، ކުޅުންތެރިން އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކުރަމުންނެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ނަޕޯލީ ވަނީ ރަށުން ބޭރުގައި ޓޮރިނޯ އަތުން 1-0 އިން މޮޅުވެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ދެ ވަނައިގައި 28 ޕޮއިންޓާ އެކު އޮތް އެޓަލާންޓާ އިން މިރޭ ރޯމާ އަތުން މޮޅުވެ، ނަޕޯލީއާ އެއް ޕޮއިންޓަށް ކައިރިކުރުމުގެ ފުރުސަތު އެބައޮތެވެ.
ރޭ ޔުވެންޓަސް ވަނީ ރަށުން ބޭރުގައި ފަހު ވަގުތު ލެއްޗޭއާ 1-1 އިން އެއްވަރުވެފަ އެވެ. ޔުވެންޓަސްގެ އަންދްރޭ ކަމްބިއާސޯ 68 ވަނަ މިނެޓުގައި އެ ޓީމަށް ކުރި ހޯދައިދީފައި އޮއްވާ ލެއްޗޭ އިން އެއްވަރުކުރީ އިތުރު ވަގުތުގެ ތެރޭ އަންޓެ ރެބިޗް ޖެހި ގޯލުންނެވެ. ޔުވެންޓަސް އޮތީ 26 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.
ޔުވެންޓަސް އިން އިންޓަ އަށް ހުރަސް އަޅައިފި
އިންޓަ އެއްވަރުވުމުގެ ފައިދާ ނަޕޯލީ އަށް ނުނެގުނު
ޔުވެންޓަސް ބަލިކޮށް ނަޕޯލީ ރޭހުގައި ކުރިއަށް
ލުކާކޫގެ ގޯލުން ނަޕޯލީ އަށް ހަ ޕޮއިންޓުގެ ލީޑެއް
އިންޓަ މިލާން ފުރުސަތު ނަގާލައިފި
އެމްބާޕޭ ނެތްތަން ފޫބައްދާނީ ކްވާރެޓްސްހޭލިއާ؟
ލާޒިއޯ ބަލިކޮށް އިންޓަ ފެންވަރު ދައްކާލައިފި
ނަޕޯލީ އަށް އެއް ވަނަ ގެއްލިއްޖެ، އެޓަލާންޓާ ފޯމުގައި
ރޯމާ އިން ގޮވާލުމުން ރަނިއޭރީ އަށް ގެޔަކު ނޯވެވުނު
ފުޓްބޯޅަ ހަލާކު ކުރަނީ ރެފްރީން: ނެސްޓާ