މުސާރަ ނުދޭ ކަމަށް ބުނެ މާލޭގައި މިއަދު އިހުތިޖާޖު ކުރި ބިދޭސީންގެ މައްސަލާގައި، އެ ބިދޭސީންގެ ހައްގުތަކެއް ގެއްލުނުތޯ ލޭބާ ރިލޭޝަން އޮތޯރިޓީން (އެލްއާރްއޭ) އިން ބަލަން ފަށައިފި އެވެ.
07 ޑިސެމްބަރ 2024
މުސާރަ ނުދޭ ކަމަށް ބުނެ މާލޭގައި މިއަދު އިހުތިޖާޖު ކުރި ބިދޭސީންގެ މައްސަލާގައި، އެ ބިދޭސީންގެ ހައްގުތަކެއް ގެއްލުނުތޯ ލޭބާ ރިލޭޝަން އޮތޯރިޓީން (އެލްއާރްއޭ) އިން ބަލަން ފަށައިފި އެވެ.
މުސާރަ ނުދޭ ކަމަށް ބުނެ 55 ބިދޭސީއެއް މިއަދު ވަނީ ރިޔާސީ ގަނޑުވަރު، މުލިއާގެ ކައިރީގައި މުޒާހަރާ ކޮށްފަ އެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ އެ މުޒާހަރާ ހުއްޓުވައި، އެ އެންމެން އިމިގްރޭޝަނާ ހަވާލު ކޮށްފަ އެވެ.
އެކަމާ ގުޅޭގޮތުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގްރީން ޒޯނުގައި މުޒާހަރާކުރި ބިދޭސީންގެ މައްސަލާގައި އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނީ ތަހުގީގުތައް ނިމުމުން ކަމަށެވެ.
އެ ބިދޭސީންގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނާތީ އެލްއާރްއޭ އިން އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ޝައްމާން ވިދާޅުވި އެވެ.
"އިމިގްރޭޝަން ގާނޫނުގެ ދަށުން ރާއްޖޭގައި އުޅޭ އެއްވެސް ފަރާތަކަށް ރާއްޖޭގައި ހެދިފައިވާ ގާނޫނާއި ގަވާއިދުތަކާއި ހިލާފުވާކަށް ފުރުސަތެއް ނުދެވޭނެ. އަދި އެފަދަ ފަރާތްތާއި މެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އަމަލު ކުރެވޭނެ." ޝައްމާން ވިދާޅުވި އެވެ.
ފުލުހުން ބުނި ގޮތުގައި މުޒާހަރާ ކުރި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 38 މީހުންނާއި ބަންގްލަދޭޝްގެ 17 މީހުންނެވެ.
އެ އެއްވުމުގައި ބައިވެރިވެފައި ވަނީ ކޮން ކުންފުންޏެއްގައި މަސައްކަތް ކުރާ މީހުންނެއް ކަމެއް އަދި ނޭނގެ އެވެ.
ހުޅުމާލޭގައި މުޒާހަރާކުރި ބިދޭސީން ފޮނުވާލައިފި
އިންޑިއާގެ ލޭބަރުންގެ މައްސަލަ އެލްއާރުއޭ އިން ބަލަނީ
ޓްރޭޑް ޔޫނިއަންތަކުގެ ދަފްތަރު އެކުލަވާލަނީ
މުސާރަނުދޭ ބިދޭސީންގެ ހައްގު ހޯދަން ޓްރައިބިއުނަލްއަށް
މުސާރަ ނުދޭތާ އެތައް މަހެއް، މިއަދު ވެސް އިހްތިޖާޖަށް!
މުސާރަ ނުދޭ ކަމަށް ބުނެ ބިދޭސީންތަކެއް އިހުތިޖާޖުކުރަނީ
އާއިލާ ހާލުގައި ޖެހިއްޖެ، ދެން ގައުމަށް ފޮނުވައިދީ!
ބޮޑުފިނޮޅުގެ މައްސަލަ ދެ މަސް ފަހުން ތާވަލުކޮށްފި
މައްސަލަ ބަލަން ރިޒްގެ އެއްބާރުލުން ނުލިބޭ: އެލްއާރްއޭ
އައިލެންޑް އެކްސްޕާޓްގެ މީހުން ފުރަން ފަށައިފި