ރާއްޖޭގެ ހަތް ސަރައްދެއްގައި ގާއިމްކުރާ އާބަން ސެންޓަރުތަކުން ހުރިހާ ހިދުމަތެއް އެންމެ މަތީ ފެންވަރުގައި ލިބޭނެ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
15 ޑިސެމްބަރ 2024
ރާއްޖޭގެ ހަތް ސަރައްދެއްގައި ގާއިމްކުރާ އާބަން ސެންޓަރުތަކުން ހުރިހާ ހިދުމަތެއް އެންމެ މަތީ ފެންވަރުގައި ލިބޭނެ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އާބަން ސެންޓަރުތަކެއް ގާއިމު ކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އެ ރަށްތަށް މިހާރު ކަނޑައަޅާފައި ވާއިރު އެއީ ރ. އުނގޫފާރާއި ބ. އޭދަފުއްޓާއި ޅ. ނައިފަރާއި އދ. މަހިބަދު އާއި ފ. ނިލަންދު އާއި ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫ އެވެ.
އދ. އަތޮޅުގެ ތިން ރަށަކަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގައި މަހިބަދު އަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ އާބަން ސެންޓަރުތައް ގާއިމު ކުރައްވާނީ އެ ހަތް ސަރަޙައްދުން ނިންމާލާ ގޮތަކަށް ނޫން ކަމަށެވެ.
އެ ސެންޓަރުތައް ގާއިމް ކުރަނީ ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ހިދުމަތް ލިބޭ ގޮތަކަށް ހެދުމުގެ ބޭނުމުގައިކަން ފާހަގަ ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ އެ ތަންތަނުން އެންމެ މަތީ ފެންވަރުގެ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށެވެ.
މަހިބަދޫ ރައްޔިތުންނާ ބައްދުކުރައްވަން މިއަދު އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮﷲިސް
"މި ތަންތަން މި ގާއިމް ކުރަނީ އެންމެ މަތީ ފެންވަރުގެ ހުރިހާ ހިދުމަތެއް ލިބޭނެ ކޮންސެޕްޓުގައި، ވިސްނުމުގައި. އެއީ ދުރުރާސްތާގެ ތަރައްގީއަށް ރާއްޖެ ބައްޓަން ކުރަން ވިސްނާ ކަމުގައި ވާ ނަމަ ކުރަން ޖެހޭ ކަމެއް ކަމަށް ވާތީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. މަހިނބަދޫއަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން މަރުހަބާ ކިޔަނީ.-- ފޮޓޯ: ރައީސް އޮފީސް
އެ ތަންތަނުގައި އެންމެ މަތީ ފެންވަރުގައި ލިބޭނެ ހިދުމަތްތަކުގެ ގޮތުގައި ރައީސް ވިދާޅުވީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އަދި އިޖުތިމާއި އެހެން ހުރިހާ ދާއިރާތަކެއްގެ އިތުރުން ގެދޮރުވެރިކަމުގެ ދާއިރާ އެވެ.
ރައީސް ވިދާޅުވިގޮތުގައި، އާބަން ސެންޓަރުތައް ގާއިމު ކުރުމުން ގެދޮރުވެރިކަމާއި އިގްތިސާދީ ގޮތުން ވެސް ރައްޔިތުންނަށް ފައިދާ ކުރާނެ އެވެ.
ތަރައްގީގެ ކަންކަން ބައްޓަން ކުރައްވާނީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މަހިނބަދު އަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެ ރަށުގައި 100 ހައުސިން ޔުނިޓު އިމާރާތް ކޮށްދެއްވާނެ ކަމަށެވެ.
ރައީސް މުއިއްޒު މިއަދު ހެނދުނު މަހިބަދު އަށް ވަޑައިގަތުމުން އެ ރަށުގެ ވަރަށް ގިނަ ބަޔަކު ނުކުމެ އެ މަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔެވެ.
ވޭޕް މަނާކުރީ ރައްޔިތުން އެކަމަށް އެދޭތީ: ރައީސް
"ސިޔާސީ އަވައިގައިޖެހި ރީތި އާދަތައް ދަނީ ގެއްލެމުން"
ޓާމިނަލް ބޭނުންކުރަން ހަތް ފަރާތަކުން ޝައުގުވެރިކަން
ބިލް އަނބުރާ ފޮނުވީ، ސުލޫކުގެ އުސޫލާ ފުށުއަރާތީ
ސުޕްރީމްކޯޓުގެ ބެންޗް ކުޑަކުރާ ބިލު އަނބުރާ މަޖިލީހަށް
ސަރުކާރުން ހިލޭ ހައްޖަށް ފޮނުވާ މީހުން ކަނޑައަޅައިފި
ފްލެޓަށް އެދުނު އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ
އަންގާރައިން ފެށިގެން މަސްކޭސް ދޭނީ މިފްކޯ ފިހާރަތަކުން
ދިވެހި އަންހެނުންނަށްޓަކައި ގައުމު ފަހުރުވެރިވޭ: ރައީސް
މާލޭ ދެޓާމިނަލެއްގެ ބަނދަރު ފެރީތަކަށް ހުޅުވާލަނީ