ސްޕޯޓްސްވެއާ ނުވަތަ އެތުލެޓިކް ވެއާ ބްރޭންޑުތަކުގެ ތެރެއިން އެންމެ ބޮޑު ބްރޭންޑު ނައިކީ އިން ކުޅިވަރަށް ހާއްސަ ބުރުގާއެއް އުފައްދައިފި އެވެ. އެއީ "ނައިކީ ޕްރޯ ހިޖާބް" އެވެ.
08 މާޗް 2017
ސްޕޯޓްސްވެއާ ނުވަތަ އެތުލެޓިކް ވެއާ ބްރޭންޑުތަކުގެ ތެރެއިން އެންމެ ބޮޑު ބްރޭންޑު ނައިކީ އިން ކުޅިވަރަށް ހާއްސަ ބުރުގާއެއް އުފައްދައިފި އެވެ. އެއީ "ނައިކީ ޕްރޯ ހިޖާބް" އެވެ.
ފުރިހަމަ ސްޕޯޓްސް ބުރުގާއެއް ތައްޔާރުކުރުމަށް، އެއް އަހަރު ވަންދެން ނައިކީގެ ޓީމުން ވަނީ ދިރާސާތައް ކޮށްފަ އެވެ. އަދި ކުޅިވަރުގެ ރޮނގުން އެންމެ ކުރިއަރާފައިވާ، ބުރުގާ އެޅި މުސްލިމު އަންހެން އެތުލީޓުންނާ އެކު މަސައްކަތްކޮށްފައިވެ އެވެ.
ކުޅިވަރު ކުޅޭއިރު އަޅައިގެން އުޅެން ފަސޭހަ ބުރުގާއެއް ފަރުމާ ކުރެވޭތޯ ނައިކީ އިން ވިސްނި ކަމަށް އެ ބްރޭންޑުން ބުންޏެވެ. އަދި ނިވާކަން ކުޑަ ނުވާ ޑިޒައިނަކަށް ބެހެއްޓޭތޯ ބެލިކަމަށްވެ ބުންޏެވެ.
ނައިކީ ޕްރޯ ހިޖާބް ފަރުމާ ކޮށްފައިވަނީ "ބްރީތަބްލް އަދި އޯޕެކް" ލުއި ޕޮލިއެސްޓާ މެޝް ފޮއްޗަކުންނެވެ. އެގޮތުން، މި ކަޅު ކުލައިގެ ބުރުގާ އަކީ ތުނި އަދި ފަސޭހައިން ބޮލަށް ފިޓު ކޮށްލެވޭނެ ވައްތަރެކެވެ. މި ބުރުގާ ބާޒާރަށް ނެރޭނެ ދުވަހެއް އަދި އެ ބްރޭންޑުން ނުބުނެ އެވެ.
ނައިކީ ބްރޭންޑުގެ ކުޅިވަރަށް ހާއްސަ ބުރުގާ އަޅައިގެން މުސްލިމު އަންހެނެއް ދުވަނީ
ނައިކީ ޕްރޯ ހިޖާބް ތިން ކުލައެއްގައި ތައާރަފު ކުރާނެ އެވެ. އެއީ ކަޅު، "ވާސްޓް" އަޅި އަދި "އޮބްސިޑިއަން" އެވެ. މިތިން ވައްތަރުގައި ވެސް ނައިކީގެ ހުދު "ސްވޫޝް" ލޯގޯ އަރިއެއްގައި ޖަހާފައި ވާނެ އެވެ.
"ސޫޓީ ކަލެކްޝަން" އާއެކު ބުރުގާ ސްޓައިލް!
ނައިކީން އިޒްރޭލުގެ ބައެއް ޕާޓްނަރުން ދޫކޮށްލަނީ
ސެރީނާ އާއި ނައިކީ ގުޅިގެން ކަލެކްޝަނެއް
ހަލީމާ އަލުން މޮޑެލިން އަށް
"އަތްނުލައި" އަަރައި ބޭލޭ ބޫޓެއް ނައިކީން ހަދައިފި
ބުރުގާއެޅި ފުރަތަމަ ސުޕަމޮޑެލް އެކަން ހުއްޓާލީ ކީއްވެ؟
ނައިކީން ސިއްހީ އެހީތެރިންނަށް 30،000 ބޫޓް
ބުރުގާ އަޅާ ފެތުންތެރިންނަށް ނައިކީގެ ހިޖާބު ހެދުމެއް
ނައިކީގެ ބޫޓް ކަލެކްޝަނެއް ސިއްހީ ދާއިރާގެ އަށް ހާއްސަ
ނައިކީގެ އާ ބޫޓު ހެދީ "ދުވަން ފޫހިވާ މީހުންނަށް"