ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓުކުރެވޭނެ ފުރުސަތުތައް ޗައިނާގެ ވިޔަފާރިވެރިންނަށް ކިޔައިދީފި އެވެ.
23 ޑިސެމްބަރ 2024
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓުކުރެވޭނެ ފުރުސަތުތައް ޗައިނާގެ ވިޔަފާރިވެރިންނަށް ކިޔައިދީފި އެވެ.
ސަރުކާރުގެ ހަބަރުތައް ގެންނަ ވެބްސައިޓުގައި ފިޝަރީޒް މިނިސްޓްރީން އިއްޔެ ބުނީ، ޗައިނާގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް މެރިކަލްޗާ އަދި ބްލޫ އިކޮނޮމީ ދާއިރާއިން ހުރި ފުރުސަތުތަކާއި ސަރުކާރުން މި ދާއިރާ ކުރިއަރުވަން ކުރާ މަސައްކަތުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްގީކުރުމާއި މެރިކަލްޗާ ދާއިރާއިން ކުރާ މަސައްކަތްތައް ހިމެނެ އެވެ.
ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަހުމަދު ޝިޔާމާއި އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
މީގެ އިތުރުން މެރިކަލްޗާ ދާއިރާ އިން ތަމްރީން ދިނުމާއި މަސްވެރިކަމުގެ ދާއިރާއިން ދިރާސާކުރަން ޗައިނާގެ ނެޗުރަލް ރިސޯސަސް މިނިސްޓްރީގެ ފަސްޓް އިންސްޓިޓިއުޓު އޮފް އޮޝަނޮގްރަފީގެ ޓީމަކާ އެކު ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓިއުޓާއި ޗައިނާގެ އިންސްޓިޓިއުޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމާ ބެހޭ ގޮތުން ވެސް ވާހަކަދެއްކި ކަމަށް މިނިސްޓްރީން ބުންޏެވެ.
ހޯނޑެއްދޫ އައިސްޕްލާންޓް މިއަހަރު އޮޕަރޭޝަނަށް ގެންނަނީ
ފެހެންދޫގައި ހެއްދި މޫދުވިނަ އެކްސްޕޯޓްކުރަން ތައްޔާރު
ކަށިމިޔަރު މަސްވެރިކަން ހުއްދަކުރީ ކަންބޮޑުވުމަށް ބަލާފައި
ހާއްސަ ހުއްދައަކާ އެކު ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ
ވަގަށް މަސްވެރިކަންކުރި ބޯޓަކަށް ބޮޑު ޖޫރިމަނާއެއް!
ޗައިނާގައި ރާއްޖޭގެ މަސް ދަޅުގައި ބަންދުކޮށް ވިއްކަނީ
"މަސްވެރިކަމަށް އޮތް ގޮންޖެހުމަކީ މޫސުމީ ބަދަލުތައް"
ފަސް މަސް ތެރޭގައި މަސްވެރިންނަށް 1.6 ބިލިއަން
އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރަނީ
ފިޔޯރީގައި މަސްކާރުހާނާއެއް ހަދަން ސޮއިކުރަނީ