Roadha Mihaaru

48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށި ފަހުން 900 މިލިއަން ދޫކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށި ފަހުން މިދިޔަ އެއް އަހަރުގެ ތެރޭގައި 900 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ވައުދާ އެއްގޮތަށް 900 މިލިއަން ދޫކޮށްފި: މިނިސްޓަރު

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށި ފަހުން މިދިޔަ އެއް އަހަރުގެ ތެރޭގައި 900 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މިފްކޯ އަށް މަސް ކިރުވާ މަސްވެރިންނަށް ރައީސްގެ ވައުދާ އެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި ސަރުކާރުން ފައިސާ ދޫކުރަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު 10 ގަ އެވެ. އެ ފައިސާ ދޫކުރަމުން އަންނަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ.

ފިޝަރީޒް މިނިސްޓަރު ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒު ނޮވެމްބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 1.7 ބިލިއަން ރުފިޔާ ވަނީ މިފްކޯ އަށް ކިރުވާ މަހުގެ ބަދަލަށް ދޫކޮށްފަ އެވެ.

"ހާއްސަކޮށް ރައީސްގެ ވައުދާ އެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރެވޭ ގޮތް ވެފައި ވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް. އޭގެ ނަފާ މަސްވެރި އާއިލާތަކަށް ވަރަށް ބޮޑަށް އެބަ ލިބޭ. އެއީ މަސްވެރިކަމުގެ ސިނާއަތަށް ލިބޭ ބޮޑު ކުރިއެރުމެއް،" ޝިޔާމް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަސްވެރިންގެ ބަޔަކާ ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަސްވެރިންގެ ބަޔަކާ ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް

މިފްކޯ އަށް މަސްކިރުވި ދޯނިތަކުގެ މަސްވެރިންނަށް އެންމެ ފަހުން ފައިސާ ދޫކުރީ އެ ކުންފުނިން ބުނި ގޮތުގައި އިއްޔެގަ އެވެ. އެއީ މިދިޔަ އާދިއްތަ ދުވަހު އެ ކުންފުންޏަށް މަސް ކިރުވި 63 ދޯނީގެ މަސްވެރިންނަށް ދޫކުރި 2.79 މިލިއަން ރުފިޔާ އެވެ.

މިފްކޯ އަށް މަސް ކިރުވާ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ދޫކުރަން ފެށުން ލަސްވީ އިގުތިސާދީ ދަތިތަކާއި އަދި ކުރީގެ ސަރުކާރުން ދޫނުކޮށް ހުރި ފައިސާ ދޫކުރަން ވަގުތު ނެގުމުން ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.

މިދިޔަ ސެޕްޓެމްބަރު 29 ގައި މަސްވެރިންނާއި ކެޔޮޅުންނާ އެކު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މަސް ގަންނަ އަގު މި ސަރުކާރުން 20 ރުފިޔާ އަށް ބޮޑުކޮށްދެއްވާނެ ކަމަށެވެ.

އެކަމަކު، އެކަން ފުރިހަމަވުން ގުޅިފައި ވަނީ ރައީސް ވިދާޅުވެފައިވާ ގޮތުގައި މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން މެދުނުކެނޑޭނެކަން ޔަގީންވުމުންނެވެ.

މަސްވެރިން މަސް ބާނަނީ: މި ސަރުކާރު އައި ފަހުން މިފްކޯ އަށް ކުރުވި މަހުގެ އަގަށް މިހާތަނަށް މަސްވެރިންނަށް 1.7 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި.

މަސްވެރިން މަސް ބާނަނީ: މި ސަރުކާރު އައި ފަހުން މިފްކޯ އަށް ކުރުވި މަހުގެ އަގަށް މިހާތަނަށް މަސްވެރިންނަށް 1.7 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި.

މަސް ގަންނަ އަގު މި ސަރުކާރުން 20 ރުފިޔާ އަށް ބޮޑުކޮށްދޭނެ ކަމަށާއި ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދަވާ ކަން ރައީސް އިއުލާން ކުރެއްވީ މި އަހަރުގެ ސެޕްޓެމްބަރު މަހު މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވަ އެވެ.

"އަޅުގަނޑު ވީ އެންމެ މުހިންމު ވައުދަކީ [މަސްވެރިންނަށް] 20 ރުފިޔާގެ ވައުދު. އެއީ ވެސް ހަމަ ސަސްޓެއިނަބަލްކޮށް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަން ބޭނުންވާ ކަމެއް. ހަމަ ނަމެއްގައި މާދަމާ އިން ފެށިގެން 20 ރުފިޔާއޭ ބުނުމުން އަދި ކަމަކު ނުދޭ،" އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު، ބޮޑުކަންނެލީގެ މަސްވެރިން ގެންދަނީ މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ޑިމާންޑުކޮށް މާލެ އަށް ވަންނަ ނެރާ ދިމާލުން ބޭރުގައި ތިބެގެން މިއަދުގެ މެންދުރުފަހުން ފެށިގެން އިހުތިޖާޖު ކުރަމުންނެވެ.