ސަރުކާރުން ދިވެހި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ 500 މިލިއަން ރުފިޔާ މި ހަފްތާ ތެރޭގައި ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
07 ޖެނުއަރީ 2025
ސަރުކާރުން ދިވެހި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ 500 މިލިއަން ރުފިޔާ މި ހަފްތާ ތެރޭގައި ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގއ. އާއި ގދ. އަށް ކުރައްވާ ދަތުރުފުޅުގައި ގދ. ހޯނޑެއްދޫގައި ރައީސް ވިދާޅުވީ ފެނަކަ އާއި އާރްޑީސީ އާއި އެމްޓީސީސީ ފަދަ ކުންފުނިތަކުން އެކި ކޮންޓްރެކްޓަރުން ލައްވާ މަސައްކަތްކުރުވުމަށް ފަހު ގިނަ އަދަދެއްގެ ފައިސާ އަދިވެސް ނުދީ އެބަހުރި ކަމަށެވެ.
އެ ފައިސާތައް ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މި ހަފްތާ ތެރޭގައި ވެސް ފިނޭންސް މިނިސްޓްރީން ކުދި އަދި މެދު ފަންތީގެ ގިނަ ވިޔަފާރިތަކަށް 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކުދި ކުންފުނިތައް ލައްވައި މަސައްކަތް ކުރުވާފައި ބޮޑު އަދަދެއްގެ ފައިސާ ނުދެވި އެ ހުރީ. އެއީ އެ ކުންފުނިތައް މިސްމެނޭޖް ކޮށްފައި އޮތްލެއް ބޮޑު ކަމުން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އަމާޒަކީ އަންނަ ރޯދަ މަހުގެ ކުރިން، ނުދެވި ހުރި ފައިސާތައް ދީ ނިންމުމަށެވެ.
އެތެރޭގެ ދަރަނިތަކުގެ އިތުރުން ބޭރުގެ އެތައް ދަރަނިތަކެއް ވެސް ދައްކަމުން އަންނަ ކަމަށާއި އެކަން ކުރަމުން އަންނަނީ އެއްވެސް ވަރަކަށް ފައިސާ ޗާޕު ނުކޮށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ އަހަރު ނޮވެމްބަރު މަހު ތެރޭގައި ރައީސް ވިދާޅުވި ގޮތުގައި 51 ހަފްތާ ތެރޭގައި ސަރުކާރުން ކުންފުނިތަކަށް 6.6 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި ދެ ހަފްތާ އަށް ވުރެ ގިނަ ދުވަސްވެފައިވާ ފަސް މިލިއަން ރުފިޔާއަށް ވުރެ ދަށް ބިލްތައް ދައްކާ ހަލާސް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކޮރަޕްޝަނާ ދެކޮޅަށް ރައީސްގެ ވަރުގަދަ އިންޒާރެއް!
ފްލެޓަށް އެދުނު އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ
އަންގާރައިން ފެށިގެން މަސްކޭސް ދޭނީ މިފްކޯ ފިހާރަތަކުން
ދިވެހި އަންހެނުންނަށްޓަކައި ގައުމު ފަހުރުވެރިވޭ: ރައީސް
މާލޭ ދެޓާމިނަލެއްގެ ބަނދަރު ފެރީތަކަށް ހުޅުވާލަނީ
ރަސްފަންނު އާންމުންނަށް ވަގުތީގޮތުން ހުޅުވާލައިފި
"އަޒުމަކަށް ހަދަންވީ ދީނަށް އަމަލުކުރާ މީހަކަށް ވުން"
ހޯމަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ބަހައި ނިންމަނީ
ޝައިހު އިސްމާއިލްގެ ހަރަދުގައި ހުޅުމާލޭގައި މިސްކިތެއް
ޖުޑީޝަރީއަށް ރައީސްގެ ނުފޫޒެއް ނެތް: ޕީއެންސީ