މާދަމާއިން ފެށިގެން އަނެއްކާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ލަފާކޮށްފި އެވެ.
12 ޖެނުއަރީ 2025
މާދަމާއިން ފެށިގެން އަނެއްކާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ލަފާކޮށްފި އެވެ.
މެޓުން ބުނީ ބޭ އޮފް ބެންގަލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ. އެ ކޮޅިގަނޑު ހުޅަނގަށް ޖެހި އޭގެ އަސަރު ރާއްޖެއަށް މާދަމާއިން ފެށިގެން ކުރާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ.
އެ ވިއްސާރަ ހަ ދުވަހަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ވެސް މެޓުން ބުންޏެވެ.
އެ ކޮޅިގަނޑުގެ ސަބަބުން އާންމުކޮށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި އަދި އުތުރާއި މެދުރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެ އެވެ.
މި އަހަރު ފެށުނީއްސުރެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެގޮތުން މި މަހުގެ ތިން ވަނަ ދުވަހު މާލެ ސަރަހައްދަށް ވެހުނު ވާރޭގައި ހުރިހާ މަގުތަކެއްގައި ކަހަލަ ގޮތަކަށް ފެން ބޮޑުވެ، ގޭގެ އަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިިބިފަ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައި ވަނީ އެ ފަަހަރު ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެއީ މިހާތަނަށް ވިއްސާރާގައި މާލެ އަށް އެންމެ ގެއްލުން ބޮޑު ފަހަރު ކަމަށެވެ.
އެ ދުވަހު ކުރި ވިއްސާރައިގެ ސަބަބުން ހަތް ގެއެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހުނެވެ.
މޫސުން ގޯސްވާ ދުވަސްވަރު، ކަނޑު ދަތުރުކުރުމުގެ ކުރިން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
ގިނައިން ވާރޭ ވެހުނު ކަމުގެ ރެކޯޑު ދިއްފުއްޓަށް
މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް އޮރެންޖު އެލާޓް!
މާލޭގެ ބައެއް ސަރަހައްދުތައް ފެނު އަޑީގައި
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވެ ތިބެން އިލްތިމާސްކޮށްފި
މާލޭގެ ގޭގޭގައި ނަޖިސް ލީކުވެ ދިރިއުޅުމަށް ދަތިވެއްޖެ
މިއަދު ވެސް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް!
މިއީ އިރުވައި މޫސުން ފެށުން އެންމެ ލަސްވި ފަހަރު!
މާލެ "އަޑިއަށް" ދަނީ ހޯދި ވަގުތީ ހައްލުތަކުން!