ދުނިޔޭގެ މައިދާނުގައި އެމެރިކާ މިހާރު އޮތީ މީގެ އެތައް އަހަރެއް ކުރިން އޮތް ވަރަށް ވުރެ ވަރުގަދަކޮށް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އޭނާގެ ވަދާއީ ފޮރިން ޕޮލިސީ ތަގުރީރުގައި ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ މައިދާނުގައި އެމެރިކާ މިހާރު އޮތީ މީގެ އެތައް އަހަރެއް ކުރިން އޮތް ވަރަށް ވުރެ ވަރުގަދަކޮށް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އޭނާގެ ވަދާއީ ފޮރިން ޕޮލިސީ ތަގުރީރުގައި ވިދާޅުވެއްޖެ އެވެ.
ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްއަށް އެނބުރި ވަޑައިގަތުމުގެ ހަފުތާއެއްހާ ދުވަސް ކުރިން، ހާރިޖީ ސިޔާސަތުގެ ތަގުރީރުގައި ބައިޑެން ވަނީ ރަޝިޔާ، ޗައިނާ އަދި އީރާނަށް އަމާޒުކުރައްވައި، ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް އޮތް ތާއީދު ދެމެހެއްޓުމަށް ގޮވާލައްވައިފަ އެވެ.
ނަމަވެސް ބައިޑަން ބަހުގެ ހަމަލާ ދެއްވީ ޓްރަމްޕުގެ ހަލަބޮލި ފުރަތަމަ ރިޔާސީ ދައުރަށް ފަހު އަލުން ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާއިރު ބައިނަލްއަގުވާމީ ގުޅުންނަށް އަލުން އާރާސްތު ކުރެއްވުމަށް މަސައްކަތްކުރައްވާތީ އެކަމަށެވެ.
"މީގެ ހަތަރު އަހަރު ކުރިއާ އަޅާބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ވާދަވެރިކަން ކާމިޔާބު ކުރަނީ އެމެރިކާ،" ސްޓޭޓް ޑިޕާޓްމަންޓުގެ ޑިޕްލޮމެޓުން ބައިޑެން އަށް ދިން 'ސްޓޭންޑިން އޮވޭޝަން' އަށް ފަހު ބައިޑެން ވިދާޅުވި އެވެ.
"އެމެރިކާ ވަރުގަދަވެއްޖެ. އަޅުގަނޑުމެންގެ ކޯލިޝަންތައް ވަރުގަދަ ވެއްޖެ. ދުޝްމަނުންނާއި ވާދަވެރިން ބަލިކަށިވެއްޖެ."
ޑިމޮކްރެޓިކް ލީޑަރު ވިދާޅުވީ، އެމެރިކާގެ ބައިވެރިންނާ އެކު އޮންނަ ގުޅުމަކީ ފާއިތުވި އަހަރުތަކުގައި އޮތް އެންމެ ވަރުގަދަ ގުޅުން ކަމަށާއި ނޭޓޯގެ އަސްކަރީ އިއްތިހާދުގެ ބައިވެރިން މިހާރު އެއްވަރަކަށް ކަންކަމުގައި ހިއްސާވަމުން އަންނަ ކަމަށެވެ.
އެންމެ ފަހުގެ އަންދާޒާތަކަށް ބަލާއިރު، ޗައިނާ މިހާރު ހުރި މިސްރާބުން، އެ މީހުންނަށް ދުވަހަކުވެސް އަހަރެމެން ފަހަތަށް ޖައްސައެއް ނުލެވޭނެ: ބައިޑެން
ބައިޑެން މިހެން ވިދާޅުވެފައި ވާއިރުނޭޓޯގެ ގައުމުތަކުން "އަގު އަދާ ނުކުރާ" ކަމަށް ވިދާޅުވެ ޓްރަމްޕް ދެއްކެވި ވާހަކަތަކެއްގައި ވަނީ ނޭޓޯގެ އެފަދަ މެންބަރު ގައުމަކަށް "ރަޝިޔާއިން ހަދާނެ އެއްޗެއް ހަދަން ދޫކޮށްލާނެ" ކަމަށް ވިދާޅުވެފަ އެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް ޓްރަމްޕް ބައެއް ފަހަރު ތައުރީފް ކުރައްވާފައި ވާއިރު، ބައިޑަން ވަނީ ރަޝިޔާއިން ޔުކްރެއިން ހިފަން ކުރާ މަސައްކަތުގައި ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅުވައި ޓްރަމްޕަށް މަލާމާތް ކުރައްވައިފަ އެވެ.
"ޕުޓިން ޔުކްރެއިނަށް އެރުމާ އެކު އޭނާ ހީކުރީ ދުވަސްކޮޅެއްގެ ތެރޭ [ވެރިރަށް] ކިއޭވް ހިފޭނެ ކަމަށް. އެކަމަކު ހަގީގަތަކީ، ހަނގުރާމަ ފެށުނީންސުރެ ކިޔޭވްގެ މެދުގައި ހުރި ހަމައެކަނި މީހަކީ އަޅުގަނޑު. އޭނާއެއް ނޫން،" ބައިޑެން ވިދާޅުވި އެވެ.
ބައިޑަން 2023 ވަނަ އަހަރު ޔޫކްރެއިންގެ ވެރިރަށަށް ސިއްރު ދަތުރެއް ކުރައްވާފައި ވާއިރު އޭނާ ވެފައިވަނީ، އެމެރިކާގެ އަސްކަރިއްޔާގެ ކޮންޓްރޯލް ނެތް ހަނގުރާމަވެރި ސަރަހައްދަކަށް ޒިޔާރަތް ކުރެއްވި އެމެރިކާގެ ފުރަތަމަ ރައީސަށެވެ.
ބައިޑެން ވިދާޅުވީ 2022 ވަނަ އަހަރު ޔުކްރެއިން ހަނގުރާމަ ފެށި ފަހުން އެމެރިކާއިން އެތައް ބިލިއަން ޑޮލަރެއް ޔުކްރެއިނަށް ހޭދަކޮށްފައި ވާއިރު އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނަށް ޔުކްރެއިން ދޫކޮށްލާފައި ދެވެން ނެތް ކަމަށެވެ.
ބައިޑެން ވިދާޅުވި ގޮތުގައި އެމެރިކާ ދުނިޔޭގެ ބޮޑު ބާރުގެ ގޮތުގައި ދެމިއޮންނާނެ ކަމަށާއި ޗައިނާއަށް އެމެރިކާގެ މައްޗަށް ކުރިއެއް ވެސް ނުހޯދޭނެ އެވެ.
"އެންމެ ފަހުގެ އަންދާޒާތަކަށް ބަލާއިރު، ޗައިނާ މިހާރު ހުރި މިސްރާބުން، އެ މީހުންނަށް ދުވަހަކުވެސް އަހަރެމެން ފަހަތަށް ޖައްސައެއް ނުލެވޭނެ،" ބައިޑެން ވިދާޅުވި އެވެ.
ޗައިނާއާ އެކު އޮންނަ އުނދަގޫ ގުޅުންތައް އެމެރިކާއިން ފަރުވާތެރިކަމާ އެކު ބެލެހެއްޓި ކަމަށާއި ރައީސްކަމުގެ ހަތަރު އަހަރުގެ ތެރޭގައި އެ ގުޅުން "ހަމަނުޖެހުންތަކަކަށް ބަދަލު ނުވާ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބައިޑެން މި ހުރިހާ ވާހަކައެއް ތަފްސީލްކޮށް ދެއްކެވި އިރު އެމެރިކާގެ މަދަދާ އެކު އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކުގެ ވާހަކަ އެހާ ބޮޑަކަށް ނުގެންނަވަ އެވެ. އެކަމަކު ވިދާޅުވީ ޣައްޒާގެ ހަމަލާތައް ހުއްޓާލައި އަސީރުން މިނިވަންކުރުމުގެ އެއްބަސްވުމެއް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ.
ބައިޑަންގެ ޚާރިޖީ ސިޔާސަތުގެ ތަގުރީރަށްފަހު އަންނަ ބުދަ ދުވަހު އޯވަލް އޮފީހުން، ފަހު ފަހަރަށް ގައުމާ މުހާތަބު ކުރައްވާނެ އެވެ.
ހީރޯޝީމާ ސަމިޓް: ހުޅަނގާއި އިރުމަތީގެ ކޯޅުމެއް
ދުނިޔޭގެ އަސްކަރީ ހޭދަ ރެކޯޑް މިންވަރަކަށް މައްޗަށް
އެކަތައިގެ ފާރަކަށް ޗައިނާގެ އަސްކަރިއްޔާ ހަދާނަން
ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް
ތައިވާނާއި ރަޝިޔާ އަށް ހަތިޔާރު ދިނުން ވެސް ހަމަހަމަ
ރަޝިޔާގެ ތެޔޮ އުފުލުމުގައި ގޮތް ނޭނގޭ ބޯޓުތަކެއް
ރަޝިޔާ، ޗައިނާ، އެމެރިކާގެ ޚާރިޖީ ވަޒީރުން އިންޑިއާ
ރަޝިޔާ އަށް އެހީނުވުމަށް އެމެރިކާ އިން އިންޒާރުކޮށްފި
ޗައިނާއާ އެކު ފިނި ހަނގުރާމައެއް ނޯންނާނެ: ބައިޑެން
ޕުޓިން އާއި ޝީ ބައްދަލުކުރައްވަނީ