ޓްރާންސްޕޯޓުން ގަވައިދަށް ގެނައިި ބަދަލަކާ ހެދި ސައިކަލް ފިހާރަތަކުން އިންސްޓޯލްމެންޓަށް ސައިކަލް ދޫކުރުން ހުއްޓާލައިފި އެވެ.
14 ޖެނުއަރީ 2025
ޓްރާންސްޕޯޓުން ގަވައިދަށް ގެނައިި ބަދަލަކާ ހެދި ސައިކަލް ފިހާރަތަކުން އިންސްޓޯލްމެންޓަށް ސައިކަލް ދޫކުރުން ހުއްޓާލައިފި އެވެ.
ޓްރާންސްޕޯޓުގެ އެ ގަވައިދުގައިވާ ގޮތުން ކުންފުނިތަކުގެ ނަމުގައި ސައިކަލެއް ނުނެގޭނެ އެވެ. އަދި ސައިކަލް އިންސްޓޯލްމެންޓަށް ނެގި ނަމަވެސް، ރަޖިސްޓްރީ އޮންނަން ޖެހޭނީ އެ ނަގާ މީހާގެ ނަމުގަ އެވެ. އެހެންވެ، "ސީ" ބޯޑުގެ ބަދަލުގައި ހުރިހާ ސައިކަލެއް ވެސް ދޫކުރަން ޖެހޭނީ "ޕީ" ބޯޑުގަ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލް ވިއްކާ ކުންފުނިތަކުން ވަނީ އެ ބަދަލާ ގުޅިގެން އިންސްޓޯލްމެންޓަށް ސައިކަލް ދޫކުރުން ހުއްޓާލައިފަ އެވެ.
އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލްގެ ވިޔަފާރިކުރާ ޝީޝާ އިން ވެސް ބުނީ، އިންސްޓޯލްމެންޓަށް ސައިކަލް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށާއި އެއީ ކުއްލިއަކަށް ގަވައިދަށް ބަދަލު ގެނައުމުން ކަމަށެވެ.
އެ ކުންފުނިން ބުނީ އިންސްޓޯލްމެންޓަށް ސައިކަލް ދޫކުރުން ހުއްޓާލިތާ މަސް ދުވަސް ވެފައި ވާއިރު ކުންފުނީގެ ވިޔަފާރި 50 ޕަސެންޓު ދަށްވެފައިވާ ކަމަށެވެ. އެވްރެޖުކޮށް ކޮންމެ މަހަކު އެ ކުންފުނިން އައީ އިންސްޓޯލްމެންޓަށް 20 ސައިކަލް ދޫކުރެ އެވެ.
އެ ކުންފުނިން ބުނީ، ދެން ސައިކަލް ދޫކުރާނެ ގޮތްތައް ކަނޑައަޅަން ކުންފުނީގެ ލީގަލް ޓީމާ އެކު މަސައްކަތް ފަށާފައިވާ ކަމަށެވެ. ޝީޝާ އަކީ 2000 ވަނަ އަހަރުން ފެށިިގެން ރާއްޖޭގައި ވެހިކަލް ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެކެވެ.
ސައިކަލް ވިއްކާ އެކްސްޕާޓް މޮޓޯގެ މެނޭޖަރު އަހުމަދު އަބޫބަކުރު ވެސް ވިދާޅުވީ އެތަނުން ވެސް އިންސްޓޯމެންޓަށް ސައިކަލް ވިއްކުން ހުއްޓާލާފައިވާ ކަމަށާއި އެއާ އެކު ވިޔަފާރިއަށް ބޮޑު އަސަރެއް ކުރި ކަމަށެވެ.
އޭނާ ވިދާޅުވީ އެކަމުގައި ޓްރާންސްޕޯޓާ މަޝްވަރާ ކުރުމަށް މިހާރު އެދިފައިވާނެ ކަމަށެވެ. އަދި ސައިކަލް އިންސްޓޯލްމެންޓަށް ދޫނުކުރެވޭ ނަމަ ދެން އެ ވިޔަފާރި ކުރިއަށް ގެންދާނެ އެހެން މޮޑެލްތައް ހޯދަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ސައިކަލް އިންސްޓޯލްމަންޓަށް ދޫކުރާއިރު، އެ ނަގާ މީހާގެ ނަމުގައި ރަޖިސްޓްރީކުރުމުން އެޔަށް ފައިސާ ނުދައްކާ ހާލަތުގައި އަނބުރާ ނެގުން ފަދަ ކަންތައް ކުރުމަށް ހުރަސްއެޅެ އެވެ. ސައިކަލް ވިއްކާ ކުންފުނިތަކުން ބުނާ ގޮތުގައި އިންސްޓޯލްމަންޓަށް ފައިސާ ނުދައްކާ މީހުންގެ އަތުން ފައިސާ ހޯދަން ކޯޓު މަރުހަލާގައި މިހާރު ވެސް އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހޭއިރު މިހާރު ގެނެސްފައިވާ ބަދަލުގެ ސަބަބުން ކުންފުނިތަކަށް މާލީ ގެއްލުމުގެ ފުރުސަތު ވަކިން ބޮޑުވާނެ އެވެ.
ޝީޝާ އިން ކުޅުދުއްފުށީގައި އައުޓްލެޓެއް ހުޅުވައިފި
ޝީޝާ އިން ކުޅުދުއްފުށީގައި އައުޓްލެޓެއް ހުޅުވަނީ
ޝީޝާގެ ޕްރޮމޯޝަން މި ފަހަރު ވަރަށް ހާއްސަ!
"އެޕްރިލް ފެސްޓް"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް
ޝީޝާއިން ދެ މޮޑެލެއްގެ ސައިކަލަށް ޑިސްކައުންޓް ދެނީ
ހޮންޑާ ވެބްސައިޓާ އެކު ޝީޝާގެ ހިދުމަތް އޮންލައިންކޮށްފި
ޝީޝާއިން އައްޑޫގައި އިންސްޓޯލްމަންޓަށް ސައިކަލް ދެނީ
"ހޮންޑާ ރިބެލް" ލިބުނު ނަސީބުވެރިޔާއަށް ސައިކަލު ދީފި
ސައިކަލަކުން ޖައްސައި ދިން އަނިޔާގެ ވޭނުގައި އަހަރެއް
ކިންގްސްޓޮން ސައިކަލު ނެގި މީހުން މައުލޫމާތަށް އެދިއްޖެ