"އެޕްރިލް ފެސްޓް"ގެ ނަމުގައި ޝީޝާ އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
"އެޕްރިލް ފެސްޓް"ގެ ނަމުގައި ޝީޝާ އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރި ކުރާ ކުންފުނިން މިއަދު ފެށި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހު 20ގެ ނިޔަލަށެވެ.
އެ ކުންފުނިން ބުނީ މި ޕްރޮމޯޝަންގައި ފުލް ޕޭމަންޓް ދެއްކުމަށް ފަހު ސައިކަލު ގަންނަ ފަރާތްތަކަށް 3،000ރ. އާ ހަމަޔަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެމްއައިބީ އަދި އެމްއެފްއެލްސީ މެދުވެރިކޮށް ސައިކަލް ގަންނަ ފަރާތްތައް ވެސް ހިމެނެ އެވެ.
ޝީޝާގެ ޝޯރޫމްގައި ބަހައްޓާފައިވާ ސައިކަލްތަކެއް: އެ ކުންފުނިން ވަނީ މިމަހު ހާއްސަ ޕްރޮމޯޝަނެއް ފަށާފައި.
އެ ޕްރޮމޯޝަންގައި ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައި ވަނީ ޒޫމާ އެކްސް އާއި ސްކޫޕީ އައި، ވޭވް 125 އައި އަދި ވޭވް 110 އައިގެ މޮޑެލްތަކަށެވެ.
ޝީޝާއިން ބުނީ ސައިކަލްގެ އަސްލު އަގުގެ ދިހަ ޕަސެންޓް ދެއްކުމަށް ފަހު އިންސްޓޯލްމަންޓަށް ސައިކަލް ގަންނަ ފަރާތްތަކަށް 20 ޕަސެންޓް ހެޔޮ ވެގެންދާނެ ކަމަށެވެ.
މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ މާލެ އާއި ހުޅުމާލެ އަދި އައްޑޫގަ އެވެ.
ޝީޝާއިން އައްޑޫގައި އިންސްޓޯލްމަންޓަށް ސައިކަލް ދެނީ
އިންސްޓޯލްމަންޓަށް ސައިކަލް ދޫކުރުން ހުއްޓާލައިފި
ފެޝަން ކުންފުނި ބާބަރީގެ ތައްގަނޑުގައި ސައިކަލެއް
ގެއްލުނު ސައިކަލެއްގެ އަގު ދައްކަންކުރި ހުކުމް ރަނގަޅު
ފިނިކޮށްދޭ ހެލްމެޓެއް އުފައްދައިފި
އަނެއްކާވެސް ވެހިކަލް ލިމިޓް ކުރުމުގެ ވާހަކަ
ކުއްޖާ ވަށިގަނޑަށް ލި މީހާގެ ލައިސެންސް ހިފަހައްޓައިފި
ކުއްޖާ ވަށިގަނޑަށް ލައިގެން ދުއްވީ ފުލުހެއް
ފުރަތަމަ 3ޑީ ޕްރިންޓެޑް ސައިކަލު ދައްކާލައިފި
ލައިސަންސް ފޯމުގައި ކަމާނުގުޅޭ މައުލޫމާތު ހޯދަނީ!