މާފަންނު މަދަރުސާ ސަރަހައްދުގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމާ ސަބްސްޓޭޝަނަކަށް ވަދެ، އެތަނުން ވައްކަން ކުރަން އުޅުނު މަންޒަރު ސީސީޓީވީ ކެމެރާ އިން ފެނުމުން އޭނާ ހުއްޓުވައި ހައްޔަރުކޮށްފި އެވެ.
30 ޖެނުއަރީ 2025
މާފަންނު މަދަރުސާ ސަރަހައްދުގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމާ ސަބްސްޓޭޝަނަކަށް ވަދެ، އެތަނުން ވައްކަން ކުރަން އުޅުނު މަންޒަރު ސީސީޓީވީ ކެމެރާ އިން ފެނުމުން އޭނާ ހުއްޓުވައި ހައްޔަރުކޮށްފި އެވެ.
ސްޓެލްކޯ އިން ބުނީ ރޭ ދަންވަރު 2:50 ހާއިރު ޓްރާންސްފޯމާ ސަބްސްޓޭޝަނަކަށް ވަދެ، ވައްކަން ކުރަން މީހަކު އުޅޭ މަންޒަރު ސީސީޓީވީ ކެމެރާ އިން ފެނިގެން އެކަން ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަަށެވެ.
ފުލުހުން ގޮސް، އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި މާލޭގެ ސަބްސްޓޭޝަންތަކަކީ 24 ގަޑިއިރު ކެމެރާއިން މޮނިޓާ ކުރާ ތަންތަނެވެ.
އެކަމަކު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަން ފަދަ ތަންތަނުން ކުރެވޭ އެފަދަ ވައްކަން ހުއްޓުމަށް އާންމުންގެ އެހީ ބޭނުންވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މިހާތަނަށް އެތަނުގައި ކެމެރާ ހަރުކޮށްފައި ނުވެ އެވެ.
ޓްރާންސްފޯމާ ސްޓޭޝަންތަކަށް ވަދެ ވައްކަން ކުރުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމަކަށް ވާތީ، އެކަމުން ދުރުހެލިވާން ވެެސް ސްޓެލްކޯ އިން އިލްތިމާސްކުރި އެވެ. އަދި ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާ މިފަދަ ވައްކަންތަކުން ހޯދާ ތަކެތި ވިއްކާ އަދި ގަންނަ ފަރާތްތައް ވެސް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް އެ ކުންފުނިން ގޮވާލި އެވެ.
ރޭ ދަންވަރު 2:50 ގައި މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި މި ކުންފުނީގެ ޓްރާންސްފޯމަރ ސަބްސްޓޭޝަނަށްވަދެ، ވައްކަމުގެ ޢަމަލެއް ހިންގަން އުޅުނު މީހަކު ސީސީޓީވީ ކެމެރާއިން ފެނި، ފުލުހުންނަށް އެންގުމާ ގުޅިގެން އެ ފަރާތް ވަނީ ހައްޔަރުކުރެވިފައި. މި ކުންފުނީގެ މާލޭގެ…
— STELCO (@STELCOMALDIVES) January 30, 2025
ވަގުން ކަރަންޓު ޓްރާންސްފޯމަރުތަކަށް ވަދެ، ވައްކަން ކުރާ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު މީގެ ދެ ހަފްތާއެއް ކުރިން ވަނީ ހުޅުމާލޭ 2 ގެ ކަރަންޓް ޓްރާންސްފޯމަރަކުން ވައްކަންކޮށްފަ އެވެ. އެފަހަރު ވައްކަން ކުރިކަން އެނގުނީ ކަރަންޓު ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ ނަރު ބުރިކޮށްލުމުން އެމްޕީއެލް ފްލެޓްތަކުން ކަރަންޓު ކެނޑުމުންނެވެ.
އެ ފަހަރު ވެސް ސްޓެލްކޯގެ މުވައްޒަފުން އެ ސަރަހައްދަށް ގޮސް ވަނީ އެކަމުގައި އުޅުނު އެކަކު ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފަ އެވެ.
މީގެ ކުރިން ވަނީ ކަރަންޓު ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހިގެން މީހަކު މަރުވެފަ އެވެ.
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ޓްރާންސްފޯމަރުތައް މޮނިޓާކުރަން ސީސީޓީވީ ހަރުކުރަނީ
ޓްރާންސްފޯމަރު ވަގުގެ ވަނަވަރު އާންމުކޮށްފި
މުވައްޒަފުންނަށް ދިމާވާ ނުރައްކާތައް ބަލާނަން: ފަހުމީ
ކޭބަލް ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް
ކަރަންޓު ކޭބަލުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
ކަރަންޓު ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮށްލައިފި
ދެ ބިލް ފޮނުވީ ރޯދައިގެ ކަރަންޓަށް ޑިސްކައުންޓު ދޭން
ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި އަދަދު ދަށަށް!
ރީޑިން ނަގަން 350 މުވައްޒަފުން މާދަމާ ނިކުންނަނީ