އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހުސްވެފައިވާ ދެ މަގާމަށް އައްޔަން ކުރާ މެންބަރުންނަށް ރުހުން ހޯދުމުގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހުސްވެފައިވާ ދެ މަގާމަށް އައްޔަން ކުރާ މެންބަރުންނަށް ރުހުން ހޯދުމުގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.
ދައުރުން ބޭރުން މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އޭސީސީއަށް މެންބަރުން އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ސިޓީފުޅު ވަނީ އިއްވައިފަ އެވެ. އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލި މީހުންގެ ތެރެއިން މަޖިލީހަށް ރުހުން ހޯދަން ފޮނުވާފައިވަނީ ރައީސަށް ފެނިވަޑައިގެންނެވި ދެ ނަމެވެ.
1. އަހުމަދު ނާޝިދު، މއ. ގޯލްޑަން މޫން
2. އާސިޔާ އަޒީމާ، ރޯޒްވިލާ، ރ. ހުޅުދުއްފާރު
އޭސީސީއަށް އައްޔަން ކުރަން ފޮނުވި ނާޝިދަކީ 2021 ވަނަ އަހަރުން ފެށިގެން ޕޮލިސް ބޯޑުގައި އިންނަވާ މެންބަރެކެވެ. އޭނާ ޕޮލިސް ބޯޑުން ވަކިކޮށްފައިވަނީ މި ސަރުކާރުންނެވެ.
ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އާސިޔާ ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސްކަން ކުރައްވައިފަ އެވެ. އޭނާ ވަނީ މީގެ ކުރިން މަޖިލީހުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
އޭސީސީން ދެ މެމްބަރުން ހުސްވީ، ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެމްބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ.
އެ ދެ މެންބަރުން އިސްތިއުފާ ދެއްވީ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވި، ވަކިކުރަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނިކޮށެވެ.
މަޖިލިހާއި އޭސީސީ ގުޅިގެން ޕޮލްކޯގެ މައްސަލަ ބަލަނީ
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
އޭސީސީއަށް އައްޔަންކުރާ ދެ މެންބަރުންނަށް ރުހުން ދީފި
ބަދަލުދިން މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަނީ
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!
އޭސީސީ/އީސީގެ ވެރިން ރައީސް ކަނޑައަޅާގޮތަށް ފާސްްކޮށްފި
ވަކިކުރަން ނިންމުމުން ސަލާމާއި ތޯހާ އިސްތިއުފާ ދެއްވައިފި
އީސީއާއި އޭސީސީގެ މެންބަރުންތަކެއް ވަކިކުރަން ފާސްކޮށްފި
އެސްއޯއީތަކުގެ ކޮރަޕްޝަން އަދިވެސް ނުހުއްޓޭ: ނާޒިމް
މަސައްކަތް ލަސްވީ ބިމާއި ފެނުގެ މައްސަލާގައި: އެންސީސީ