ވަކިކުރަން ނިންމުމުން އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމާއި މެމްބަރު ތޯހާ މުހައްމަދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
25 ނޮވެމްބަރ 2024
ވަކިކުރަން ނިންމުމުން އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމާއި މެމްބަރު ތޯހާ މުހައްމަދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ނުފޫޒަށް ލެނބުމާއި ސުލޫކީ މައްސަލަތަކަކާ ގުޅިގެން ކަމަށް ބުނެ، މަޖިލީހުގެ ކޮމެޓީން ވަނީ އޭސީސީ އާއި އީސީގެ މެމްބަރުންތަކެއް ވަކިކުރަން ނިންމައިފަ އެވެ. އޭގެ ތެރޭގައި އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމާއި މެންބަރު ތޯހާ މުހައްމަދު ހިމެނިވަޑައިގަންނަވަ އެވެ.
ނަމަވެސް، އެ މައްސަލައިގައި މަޖިލީހުން ވޯޓަށް އެހުމުގެ ކުރިން އެ ދެ ބޭފުޅުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
މަގާމުން އިސްތިއުފާ ދެއްވައި ތޯހާ ރައީސް އޮފީހަށް ފޮނުއްވި ސިޓީގައި ވަނީ، ޒިންމާތައް މިނިވަންކަމާއި ނަޒާހަތްތެރިކަމާ އެކު ގާނޫނު އަސާސީ އަދި ގާނޫނުގައި ބުނާގޮތަށް ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ކުރަމުން ދަނިކޮށް، އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކޮށް، އިތުބާރު ނެތްކަމުގެ މައްސަލަ ބެލުމަކީ ގާނޫނުން އޭނާއަށް ހަވާލުކޮށްފައިވާ ޒިންމާތައް މިނިވަންކަމާ އެކު އަދާކުރަން ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.
އޭގެ ސަބަބުން އޭސީސީގެ މެމްބަރުކަމުގެ ޒިންމާތައް މިނިވަންކަމާ އެކު އަދާކުރެވޭނެ މާހައުލެއް އޮތް ކަމަށް ފެންނަން ނެތުމުން ކޮމިޝަންގެ މެމްބަރުގެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށް ވިދާޅުވި އެވެ.
ސަލާމް ވެސް ވިދާޅުވީ އޭނާގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.
އޭސީސީގެ މެންބަރުން ވަކިކުރަން ފޮނުވި ސިޓީ މަޖިލީހުގެ ކުރިން އިއުލާން ކުރައްވަމުން މަޖިލިހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އިއްޔެ ވިދާޅުވީ އޭސީސީގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި އެ ކޮމިޝަންގެ ވާޖިބުތައް އަދާކުރުމުގައި ބިރަކަށް ނުވަތަ ނުފޫޒަކަށް ލެނބިގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި އަމިއްލަ މަސްލަހަތެއް އިސް ކޮށްގެން ނުވާނެ ކަމަށް ބުނެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އެ ދެ މާއްދާއާ ހިލާފަށް މެމްބަރަކު އަމަލު ކުރުމަކީ މެމްބަރު ކަމުން ވަކިކުރެވޭނެ ހާލަތެއް ކަމަށް ގާނޫނުގައި ބުނާއިރު، ސަލާމާއި ތޯހާ އެ މާއްދާތަކާ ހިލާފަށް އެތައް ކަމެއް ކުރައްވާފައިވާ ކަމަށް ތުހުމަތުކޮށް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ދެ މައްސަލައެއް ލިބިފައިވާ ކަމަށް ނިއުޝާ ކުރިން ވިދާޅުވެފައިވެ އެވެ.
ރައީސްގެ ލިސްޓުގައި މެމްބަރު ޔަޒްމީދާއި ސަފްވަތު ނެތް!
ނިޔާޒާއެކު އޭސީސީއަށް ގިނަ ބަޔަކު ކުރިމަތިލައިފި
މަޖިލިހާއި އޭސީސީ ގުޅިގެން ޕޮލްކޯގެ މައްސަލަ ބަލަނީ
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
އޭސީސީއަށް އައްޔަންކުރާ ދެ މެންބަރުންނަށް ރުހުން ދީފި
އޭސީސީއަށް 2 މެމްބަރަކަށް ރުހުން ހޯދަން ކޮމިޓީއަށް
ބަދަލުދިން މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަނީ
އޭސީސީގެ މެމްބަރުކަމަށް އަލުން ހުޅުވާލައިފި
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!
އޭސީސީ/އީސީގެ ވެރިން ރައީސް ކަނޑައަޅާގޮތަށް ފާސްްކޮށްފި