Roadha Mihaaru

އޭސީސީއަށް އައްޔަންކުރާ ދެ މެންބަރުންނަށް ރުހުން ދީފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަންކުރަން ފޮނުއްވާފައިވާ ދެ ނަމަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އޭސީސީއަށް އައްޔަންކުރާ ދެ މެންބަރުންނަށް ރުހުން ދީފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަންކުރަން ފޮނުއްވާފައިވާ ދެ ނަމަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދައުރުން ބޭރުން ބޭއްވި ފުރަތަމަ ޖަލްސާގައި، އޭސީސީއަށް އައްޔަން ކުރަން ރައީސް ފޮނުއްވި ލިސްޓުގައި އިސްކަން ދެއްވާފައި ވަނީ އަހުމަދު ނާޝިދު އާއި އާސިޔާ އަޒީމާ އަށެވެ.

ނަމަވެސް މިއަދު ބޭއްވި ދެވަނަ ޖަލްސާގައި ރައީސް ވަނީ އިތުރު ސިޓީފުޅެއް މަޖިލީހަށް ފޮނުއްވައި އާސިޔާގެ ބަދަލުގައި އަބްދުﷲ ނާޝިދުގެ ނަން ފޮނުއްވައިފަ އެވެ.

އެ ނަންތައް ދިރާސާ ކުރުމުގެ މަސައްކަތް މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވަނީ އެ ދެ ނަމަށް ވޯޓަށް އަހައިފަ އެވެ. އަދި ޖަލްސާގައި އެވަގުތު ބައިވެރިވި 67 މެންބަރުންގެ އިއްތިފާގުން އެ ދެ މެންބަރުން އޭސީސީއަށް އައްޔަންކުރަން ފާސްވި އެވެ.

އޭސީސީއަށް މެންބަރުން އައްޔަންކުރަން ރައީސް ފޮނުއްވާފައި ވަނީ އެ ކޮމިޝަންގެ ނައިބު ރައީސްކަމުގައި ހުންނެވި އަބްދުއްސަލާމް އާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ ދެ މެންބަރުން އިސްތިއުފާ ދެއްވީ އެ މެންބަރުންނަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް މަޖިލީހުން ބަލަން ފަށާފައި ވަނިކޮށެވެ.