Roadha Mihaaru

އޭލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

މިދިޔަ އޮކްޓޫބަރު/ ނޮވެމްބަރުގައި ހެދި އޭލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފި އެވެ.

އޭލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

16 ޖެނުއަރީ 2025

މިދިޔަ އޮކްޓޫބަރު/ ނޮވެމްބަރުގައި ހެދި އޭލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފި އެވެ.

އެޗްއެސްސީ އާއި އެޑެކްސެލް އަދި ކެމްބްރިޖް އޭލެވެލް އިމްތިހާނު ހިމެނޭ ގޮތަށް 4،293 ދަރިވަރުން ބައިވެރިވި އެ އިމްތިހާނު ވަނީ ރާއްޖޭގެ 48 ސެންޓަރެއްގައި ބާއްވައިފަ އެވެ.

ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނީ ނަތީޖާ ދޫކުރާނީ އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުން ކަމަށެވެ. އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާ ދޫކުރާނީ އެ އިދާރާއިންނެވެ.

އެޗްއެސްސީ އިމްތިހާނުގައި މި އަހަރު ބައިވެރިވި 1،663 ކުދިންނެވެ. އަދި އެޑެކްސެލް އޭލެވެލް އިމްތިހާނުގައި 3،842 ކުދިން އަދި ކެމްބްރިޖް އޭލެވެލް އިމްތިހާނުގައި 443 ކުދިން ބައިވެރިވި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައި އެވެ.

އޯލެވެލް އަދި އޭލެވެލް އިމްތިހާނު ހަދާ ކުދިންގެ ތެރެއިން ފާސްވާ ޕަސެންޓް އަދިވެސް 50 ޕަސެންޓަށް ނާރާތީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ދާދިފަހުން ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

އޭލެވެލް އިމްތިހާނު ނިންމާ ކުދިންގެ ތެރެއިން ޔުނިވާސިޓީ ތައުލީމާ ގުޅޭ ދަރިވަރުންގެ އަދަދު ވެސް ވަރަށް ދަށްވެފައިވާތީ ޓީޗަރުންގެ ފެންވަރު މަތިކޮށްގެން ނޫނީ ސަރުކާރުން ބޭނުންވާ ނަތީޖާއާ ހަމައަށް ވާސިލް ނުވެވޭނެ ކަމަށް މިނިސްޓަރު އޭރު ވިދާޅުވެފައިވެ އެވެ.