ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކުރީ އެއްވެސް ބަޔަކަށް ވިޔަފާރީގެ ފައިދާއެއް ހޯދައި ދިނުމަށް ނޫން ކަމަށް ވިދާޅުވެ، ވޭޕާ އެކު ދުންފަތް މަނާ ނުކުރުމާ ގުޅިގެން ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ޖަވާބު ދެއްވައިފި އެވެ.
21 ޖެނުއަރީ 2025
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކުރީ އެއްވެސް ބަޔަކަށް ވިޔަފާރީގެ ފައިދާއެއް ހޯދައި ދިނުމަށް ނޫން ކަމަށް ވިދާޅުވެ، ވޭޕާ އެކު ދުންފަތް މަނާ ނުކުރުމާ ގުޅިގެން ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ޖަވާބު ދެއްވައިފި އެވެ.
ރ. އުނގޫފާރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ވޭޕް މަނާކުރުމާ އެކު ދުންފަތް މަނާ ނުކުރި ސަބަބާ މެދު ބައެއް މީހުން ސުވާލު އުފައްދާ ކަމަށެވެ. އެހެންވެ، ރާއްޖޭގައި ވޭޕް މަނާކުރި ގޮތަށް ދުންފަތު މަނާ ނުކުރެވުނު ސަބަބު އެ މަނިކުފާނު ވިދާޅުވެ ދެއްވި އެވެ.
ރައީސް ވިދާޅުވީ، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ދުންފަތުގެ އިސްތިއުމާލު ކުރަމުންދާ ކަމަށާއި އެހެންވެ، އެއީ އެއްފަހަރާ މަނާ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"[ދުންފަތް] އެއްކޮށް މަނާކޮށްލުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ފަދައެއް ނޫން. ދެ ކަންތައް އެއްފަހަރާ ކުރެވޭނެ ކަމަށް އަޅުގަނޑަކަށް ނުވިސްނޭ. ރައްޔިތުން ތިބީ ވަރަށް ބޮޑަށް އާދަވެފައި ދުންފަތުގެ އިސްތިއުމާލުކުރަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި ކަމުގައި މިއީ ޖީލެއް ސަލާމަތް ކުރުމުގައި ކުރިއަށް އޮތް މުސްތަގުބަލާއި ކުރިއަށް އޮތް ޖީލުގައި އެކަން އަށަގަންނަމުން ދިޔަލެއް ބާރުމިނުގައި އެެކަން ދޫކޮށްލެވިފައި އޮތް ނަމަ ދެން އަތުނުޖެހޭ ހިސާބަށް ދިއުން ހުއްޓުވުމަށް އަޅުގަނޑުމެން ކުރި ކަމެއް،"--- ރައީސް
ރައީސް ވިދާޅުވި ގޮތުގައި ވޭޕަށް ޓެކްސް އިތުރުކޮށް، ދައުލަތަށް ލިބޭ އާމްދަނީއެއްގެ ގޮތުގައި ބަލައިގަންނަން އެ މަނިކުފާނު ބޭނުންފުޅެއް ނޫނެވެ.
"އަޅުގަނޑު ބޭނުމެއް ނޫން އެ ދާއިރާ އިން ޓެކްސް ބޮޑުކޮށްގެން އާމްދަނީ އިތުރު ކުރަން، ދުންފަތުގެ ބާވަތްތައް ގަނެގެން އެ އިތުރުވާ ޓެކްސް އެ އަށް ބަރޯސާ ވެގެން ދައުލަތުގެ އާމްދަނީ ކަލްކިއުލޭޓްކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިއަދު އަނގޮޅިތީމުގައި.---ފޮޓޯ: ރައީސް އޮފީސް
ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ވޭޕް މަނާކުރުން ފަދަ ކަންކަމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންފުޅުވާ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ވޭޕް ބޭނުން ކުރުމަކީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް ދެވި ހިފާފައިވާ ކަމެއް ކަމަށާއި ފިޔަވަޅެއް ނޭޅި ނަމަ އަތުނުޖެހޭ ހިސާބަށް އެކަން ދާނެ ކަމަށެވެ.
"މި ކަމުގައި މިއީ ޖީލެއް ސަލާމަތް ކުރުމުގައި ކުރިއަށް އޮތް މުސްތަގުބަލާއި ކުރިއަށް އޮތް ޖީލުގައި އެކަން އަށަގަންނަމުން ދިޔަލެއް ބާރުމިނުގައި އެެކަން ދޫކޮށްލެވިފައި އޮތް ނަމަ ދެން އަތުނުޖެހޭ ހިސާބަށް ދިއުން ހުއްޓުވުމަށް އަޅުގަނޑުމެން ކުރި ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ދުންފަތާ ދުރުހެލިވާން ބޭނުންވާ މީހުންނަށް ހާއްސަ ކޮށްގެން ސިއްހީ މަރުކަޒުތަކާ ގުޅިގެން ޕްރޮގްރާމުތައް ހިންގަމުން އަންނަކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ސިޔާސަތަކީ ބޮޑެތި ބަލިތައް ޖެހި، އެ ބަލީގައި ފުރާނަ އަށް ނުރައްކާވުމުގެ ކުރިން އެފަދަ ބަލިތައް ޖެހެން މެދުވެރިވާ ސަބަބު ނައްތާލުމެވެ.
އެހެންވެ، ރާއްޖޭގައި ވޭޕް މަނާކުރެއްވީ ހެޔޮ ނިޔަތެއްގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކެންސަރު ދުވަސް:ރައީސް އެދިވަޑައިގަތީ ދުންފަތާ ދުރުވާން
ރާއްޖޭގައި ވޭޕް މަނާކުރާ ބިލް ތަސްދީގުކޮށްފި
ދުންފަތް ވިއްކޭނެ ހަގު އުމުރަކީ 21ކަމަށް ކަނޑައަޅަނީ
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން
ރާއްޖޭގައި ވޭޕް މަނާކުރަން ގޮވާލައި ވަރުގަދަ ކެމްޕޭނެއް
ވޭޕް އެތެރެކުރުން މަނާކުރަން ރައީސްގެ އަރިހުން އެދިއްޖެ
މިއީ ދުންފަތަށް ނޫނެކޭ ބުނާ ދުވަހަކަށް ހަދަމާ: ރައީސް
އާ ސަރުކާރުގެ ދުންފަތާ ދެކޮޅު ހަނގުރާމަ ވަރުގަދަ!
ވަކި ސިނގިރޭޓް ވިއްކުން ތިން މަސް ފަހުން މަނާ!
ދެން ސިނގިރޭޓު ބޮވޭނީ ހުއްދަ އޮންނަ ކެފޭތަކުގައި