Roadha Mihaaru

ތައުލީމީ ދާއިރާގައި 40 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު އައިސްތު ރިޓަޔާ ކުރައްވައިފި

ތައުލީމީ ދާއިރާގައި 40 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު، މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހް (އައިސްތު) މިއަދު ރިޓަޔާ ކުރައްވައިފި އެވެ.

މަޖީދިއްޔާގެ ޕްރިންސިޕަލް އައިސްތު ރިޓަޔާ ކުރައްވައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

22 ޖެނުއަރީ 2025

ތައުލީމީ ދާއިރާގައި 40 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު، މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހް (އައިސްތު) މިއަދު ރިޓަޔާ ކުރައްވައިފި އެވެ.

މަޖީދިއްޔާ ސްކޫލުން އިއްޔެ ވަނީ އައިސްތުގެ ހިދުމަތްތައް ފާހަގަކޮށް، ޝުކުރު އަދާކުރުމުގެ ގޮތުން ހާއްސަކޮށް އެސެމްބްލީއެއް ވެސް ބާއްވައިފަ އެވެ.

އެ ސްކޫލުގެ ޓީޗަރަކު "މިހާރު" އަށް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައްތަ އައިސްތު ރިޓަޔާ ކުރަން ނިންމެވިކަން ހާމަ ކުރެއްވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ކަމަށެވެ.

މަޖީދިއްޔާ ޕްރިންސިޕަލް އައިޝަތުގެ ރިޓަޔާ ކުރުމުން އެ ސްކޫލުން ދިން ފެއާވެލް ހަރަކާތުގެ ތެރެއިން --- ފޮޓޯ: މަޖީދިއްޔާ ސްކޫލް

މަޖީދިއްޔާ ޕްރިންސިޕަލް އައިޝަތުގެ ރިޓަޔާ ކުރުމުން އެ ސްކޫލުން ދިން ފެއާވެލް ހަރަކާތުގެ ތެރެއިން --- ފޮޓޯ: މަޖީދިއްޔާ ސްކޫލް

"އެ ހިސާބުން އަޅުގަނޑުމެން ފެށީ މެޑަމް ދިއުމުގެ ކުރިން ދަރިވަރުންނާ އެއްކޮށް ފެއާވެލްއެއް ބޭއްވުމަށް. އެހެންވެ އިއްޔެ އަޅުގަނޑުމެން ފެއާވެލް ބޭއްވީ. މިއަދު މިއީ މެޑަމްގެ އެންމެ ފަހު ދުވަސް،" އޭނާ ވިދާޅުވި އެވެ.

މަޖީދިއްޔާ ސްކޫލުން ބުނީ އައިސްތުގެ ހިދުމަތްތައް އެ ސްކޫލުގެ ތާރީހުގަައި ލިޔެވިފައި ވާނެ ކަމަށެވެ.

މަޖީދިއްޔާ ޕްރިންސިޕަލް އައިޝަތުގެ ރިޓަޔާ ކުރުމުން އެ ސްކޫލުން ދިން ފެއާވެލް ހަރަކާތުގައި ޓީޗަރެއް މާބޮނޑިއެއް ހަވާލުކުރަނީ --- ފޮޓޯ: މަޖީދިއްޔާ ސްކޫލް

މަޖީދިއްޔާ ޕްރިންސިޕަލް އައިޝަތުގެ ރިޓަޔާ ކުރުމުން އެ ސްކޫލުން ދިން ފެއާވެލް ހަރަކާތުގައި ޓީޗަރެއް މާބޮނޑިއެއް ހަވާލުކުރަނީ --- ފޮޓޯ: މަޖީދިއްޔާ ސްކޫލް

ރިޓަޔާ ކުރެއްވުމާ ގުޅޭ ގޮތުން އައިސްތު ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ މުވައްޒަފުންނާއި ބެލެނިވެރިން ފޯރުކޮށްދިން އެހީތެރި ކަމަށް ޝުކުރު އަދާކުރައްވާ ކަމަށާއި ދަރިވަރުންނަށް އުޖާލާ މުސްތަގުބަލަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އައިސްތު ޓީޗިން ކޯސް ފުރިހަމަ ކުރެއްވުމަށް ފަހު، ފުރަތަމަ ވަޒީފާ އަދާކުރެއްވީ ވެސް މަޖީދިއްޔާގަ އެވެ. އަދި އޯ ލެވެލް އިމްތިހާނު ނިންމެވުމަށް ފަހު އުމުރުން 18 އަހަރުން ފެށިގެން އެ ސްކޫލުގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި 1984 ވަނަ އަހަރުން ފެށިގެން 1987 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރެއްވި އެވެ.

މަޖީދިއްޔާ ޕްރިންސިޕަލް އައިޝަތުގެ ރިޓަޔާ ކުރުމުން އެ ސްކޫލުން ދިން ފެއާވެލް ހަރަކާތް--- ފޮޓޯ: މަޖީދިއްޔާ ސްކޫލް

މަޖީދިއްޔާ ޕްރިންސިޕަލް އައިޝަތުގެ ރިޓަޔާ ކުރުމުން އެ ސްކޫލުން ދިން ފެއާވެލް ހަރަކާތް--- ފޮޓޯ: މަޖީދިއްޔާ ސްކޫލް

އޭގެ ފަހުން ޕްރައިމަރީ އަށް ކިޔަވައިދޭން ޖަމާލުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލް ފަދަ ސްކޫލްތައް ހުޅުވުމުން އޭނާ ބަދަލުކުރީ ޖޭއެސްގެ ސުޕަވައިޒަރެއްގެ މަގާމަށެވެ.

ޖޭއެސް އަށް ފަހު، އިމާދުއްދީން ސްކޫލްގައި މަސައްކަތް ކުރައްވަމުން ގެންދަވަަނިކޮށް، އޭރުގެ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަދި މިހާރުގެ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުގެ އެދިވަޑައިގަތުމަކަށް މަޖީދިއްޔާ ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލެއްގެ މަގާމާ އައިސްތު ހަވާލުވެ ވަޑައިގަތެވެ.

މަޖީދިއްޔާ ޕްރިންސިޕަލް އައިޝަތުގެ ރިޓަޔާ ކުރުމުން އެ ސްކޫލުން ދިން ފެއާވެލް ހަރަކާތް--- ފޮޓޯ: މަޖީދިއްޔާ ސްކޫލް

މަޖީދިއްޔާ ޕްރިންސިޕަލް އައިޝަތުގެ ރިޓަޔާ ކުރުމުން އެ ސްކޫލުން ދިން ފެއާވެލް ހަރަކާތް--- ފޮޓޯ: މަޖީދިއްޔާ ސްކޫލް

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލުގެ ފުރަތަމަ އަންހެން ޕްރިންސިޕަލްގެ މަގާމަށް މީގެ 8 އަހަރު ކުރިން، އައިސްތު ވަޑައިގަތީ އެ ސްކޫލުގެ ވަރަށް ގިނަ ކަންކަން ބޮއްސުންލާފައި ވަނިކޮށެވެ.

އައިސްތުގެ ލީޑަޝިޕްގައި މަޖީދިއްޔާ އަށް އެންމެ ބޮޑު ކުރިއެރުމެއް ގެނައީ ކުޅިވަރުގެ ދާއިރާއިންނެވެ.

މަޖީދިއްޔާގެ ނަން ކުޅިވަރުގައި ފަނޑުވެފައި އޮންނަތާ އެތައް އަހަރެއް ފަހުން އެ ނަން ދިރުވައިދިނެވެ.