"ޕުޝްޕާ"ގެ ޑައިރެކްޓަރު ސުކުމާރްގެ ދިރިއުޅޭ ގެ އާއި އޮފީސް އިންޑިއާގެ އިންކަމް ޓެކްސް އޮފިސަރުން އިއްޔެ ރެއިޑްކޮށްފި އެވެ.
"ޕުޝްޕާ"ގެ ޑައިރެކްޓަރު ސުކުމާރްގެ ދިރިއުޅޭ ގެ އާއި އޮފީސް އިންޑިއާގެ އިންކަމް ޓެކްސް އޮފިސަރުން އިއްޔެ ރެއިޑްކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ އެ ގެ އާއި އޮފީސް ރެއިޑްކުރީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. އިންކަމް ޓެކްސް އޮފިސަރުން ވަރަށް ގިނައިރު ވަންދެން އެ ތަންތަނުގެ ތެރޭގައި އުޅުނު ކަމަށް ރިޕޯޓްތައް ބުންޏެވެ.
އިންކަމް ޓެކްސް އޮފިސަރުން އެ ދެ ތަން ރެއިޑްކުރަން ދިޔަ ވަގުތު ސުކުމާރް ހުރީ ފުރަން އެއާޕޯޓުގައި ކަމަށާއި އޭނާ އެއާޕޯޓުން ފުރިޔަނުދީ ހުއްޓުވައި ގެއަށް އަނބުރާ ގެނައި ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ނަމަވެސް، މި ރެއިޑްއާ ގުޅޭ އެއްވެސް ތަފުސީލެއް އިންކަމް ޓެކްސް އޮފިސަރުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، ސުކުމާރުގެ ގެ އާއި އޮފީސް ރެއިޑްކުރީ ޓެކްސް އަށް މަކަރު ހެދުމާއި އޮޅުވާލި ކަމުގެ ތުހުމަތުގަ އެވެ.
ސުކުމާރްގެ ގެ އާއި އޮފީސް ރެއިޑްކުރި އިރު، އޭނާގެ އެންމެފަހުގެ ފިލްމު "ޕުޝްޕާ 2" އަށް ބޮކްސް އޮފީހުގައި ލިބުނު އާދަޔާ ހިލާފު ބޮޑު ތަރުހީބާއި ކާމިޔާބީ އަންނަނީ ފާހަގަކުރަމުންނެވެ.
ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު އައްލޫ އަރްޖުން ލީޑު ރޯލު ކުޅޭ އެ ފިލްމަށް ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި 1،500 ކްރޯޑް ރުޕީސް (115.6 މިލިއަން ޑޮލަރު) ލިބިފަ އެވެ.
"ޕުޝްޕާ 2" ނެޓްފްލިކްސަށް އަންނަނީ
އަނިޔާވި ކުއްޖާގެ ހާލު ބަލަން އަރްޖުން ހޮސްޕިޓަލަށް
ޕުޝްޕާ ހަމީދާ ބައްދަލުކުރީ ސިޔާމް އޮޅުވެލީގައި
"ޕުޝްޕާ 2"ގެ މަންޒަރެއް ރާއްޖޭގައި؟
ބޮލީވުޑަކީ "ޓޮކްސިކް" ތަނެއް: އަނޫރާގު ކަޝްޔަޕް
އަނުޕާމްގެ 544 ވަނަ ފިލްމު ޕްރަބާސްއާ އެކު
ރަޖްނީކާތު އެނބުރި އަތުވެއްޖެ
ބަންސާލީގެ "ލަވް އެންޑް ވޯ"ގައި އައްލޫ އަރްޖުން؟
ރާމް ޗަރަންގެ ފިލްމަށް ދިޔަ ދެ މީހަކު މަރުވެއްޖެ
މަރުވި މީހާގެ އާއިލާއަށް ފަސް މިލިއަން ރުޕީސް ދީފި