ހުޅުމާލެ، ހިތިގަސްމަގުން ހިޔާ ފްލެޓުތައް ހުރަސްކޮށް ވިނަރެސް ފްލެޓުތަކާ އަރާ ހަމަވިތަނުން ލޮލުގައި އަޅައިގަތީ ރައުންޑްއަބައުޓްގެ އަރިމަތިން އޮތް ހުސް ބިމުން މައްޗަށް އަރުވާފައިވާ ބޮޑު ފުއްޕާހަމެކެވެ. އޭގައި ކުރަހާފައި ހުރީ ފެއްސާއި، ރަތާއި، ނޫކުލައިން ހިނިތުންވުން ދައްކުވައިދޭ ނިޝާންތަކެކެވެ. އަދި ވަށައިގެން 'ކުރާ ހިތުން' ލިޔެފައިވެ އެވެ. މިއީ ކޮން ކަމެއް ހެއްޔެވެ؟
ހުޅުމާލެ، ހިތިގަސްމަގުން ހިޔާ ފްލެޓުތައް ހުރަސްކޮށް ވިނަރެސް ފްލެޓުތަކާ އަރާ ހަމަވިތަނުން ލޮލުގައި އަޅައިގަތީ ރައުންޑްއަބައުޓްގެ އަރިމަތިން އޮތް ހުސް ބިމުން މައްޗަށް އަރުވާފައިވާ ބޮޑު ފުއްޕާހަމެކެވެ. އޭގައި ކުރަހާފައި ހުރީ ފެއްސާއި، ރަތާއި، ނޫކުލައިން ހިނިތުންވުން ދައްކުވައިދޭ ނިޝާންތަކެކެވެ. އަދި ވަށައިގެން 'ކުރާ ހިތުން' ލިޔެފައިވެ އެވެ. މިއީ ކޮން ކަމެއް ހެއްޔެވެ؟
ރައުންޑްއަބައުޓް ކައިރިން މަގު ހުރަސް ކުރަނިކޮށް އަނެއްކާ ވެސް ހަމަ މިކުލަތަކުން އެފަދަ އިތުރު ހިނިތުންވުންތަކެއް ފެނިއްޖެ އެވެ. ވިނަރެސް ޓަވަރު 3ގެ ތިރީގައި، ހުޅުވަން ތައްޔާރުވަމުން އަންނަ ތަނެއްގެ ބޭރުން، ބިއްލޫރިގަނޑުގައި ތަތްކޮށްފަ އެވެ. ފެއްސާއި، ރަތާއި، ނޫ ކުލައިން ހިނިތުންވުންތަކެކެވެ.
ކޮންމެ ހިނިތުންވުމެއްގެ ކައިރީގައި އިނގިރޭސި ބަހެއް ލިޔެފައިވެ އެވެ: އެއީ، ޗީޕް، ޗޮއިސެސް އަދި ކޮންވީނިއެންޓް އެވެ.
ކުޑަކޮށް ފިކުރު ހިންގާލުމުން މި ހިނިތުންވުންތަކުން ބުނެދޭ މެސެޖު ސާފުވެއްޖެ އެވެ. ކުރާ ކޮންމެ ކަމެއް ވެސް ކުރާ ހިތުން ކޮށްފި ނަމަ ކުރެވޭ އިހުސާސަކީ އުފާވެރިކަމެވެ. އެއާ އެކު މޫނުމައްޗަށް އަންނަނީ ހިނިތުންވުމުކެވެ.
ޗީޕް، ޗޮއިސަސް އަދި ކޮންވީނިއެންޓް ނުވަތަ އަގުހެޔޮ، ގިނަ ގޮތްތައް އަދި ލުއި ފަސޭހަ ކަމަކީ ކޮންމެ މީހަކު ވެސް ބާޒާރުކުރާއިރު ބޭނުންވާނެ ކަންކަމެވެ. އަދި އެ ތިން ކަމުގެ ސަބަބުން ހިނިތުންވުން ގެނެސްދޭނެ ކަންކަމެވެ.
މަތީގައި ބުނެފައިވާ ފިހާރަ ކައިރިން ބަލާލުމުން ޔަގީން ވަނީ، އެ ތަނަކީ ހުޅުވަން ތައްޔާރުވަމުން އަންނަ ބޮޑު ސުޕަމާކެޓެއް ކަމެވެ. ހަނދާނަށް އައީ މިދިޔަ ދުވަސްތަކުގައި އެކިއެކި ނޫސްތަކުގައި ޖެހި ހަބަރުތަކާއި ސޯޝަލް މީޑިއާގައި ދައުރުވި އިޝްތިހާރުތަކެވެ. ބުނެދެމުން އައީ ޗީޕް، ޗޮއިސަސް އަދި ކޮންވީނިއެންޓް، މި ތިން ސިފަ ވެސް އެކުލެވޭނެ ސުޕަމާކެޓެއްގެ ވާހަކަ އެވެ. އެއީ އެއް ފުރާޅެއްގެ ދަށުން ތަފާތު އެކި ބްރޭންޑްތައް، ޖީބަށް ލުއި އަގުތަކެއްގައި ލިބެން ހުންނާނެ ތަނެއްކަމެވެ.
ވިނަރެސް ޓަވަރު 3ގެ ތިރީގައި ގާއިމްކޮށްފައިވާ މި ސުޕަމާކެޓުން ކަސްޓަމަރުން ބޭނުންވާ ފަދަ މުދާ، ހެޔޮ އަގުގައި އަދި ހިތްގައިމު މާހައުލެއްގައި ލިބެން ދެން މާގިނަ ދުވަހެއް ނެތްކަން ޔަގީންވެ އެވެ. ހިނިތުންވުމާ އެކު، ކުރާ ހިތުން ބާޒާރުކުރަން ތައްޔާރު ހެއްޔެވެ؟
ނޯޓު: މިއީ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.
ތަދުތަކަށް ދޭ ރޭޑިއޯ ފްރީކުއެންސީ ފަރުވާ ޕެއިން ކްލިނިކުގައި
ސަމަންގެ ސުޕަމާކެޓު ހުޅުވަނީ، ބާޒާރު ކުރުމަށް ބަދަލެއް
ބޮޑު ތިން ބޭންޑެެއް އެއް ސްޓޭޖަކަށް!
މަސައްކަތް ހަލުވިކުރުމަށް އޭއައި ޓްރާންސްކްރިޕްޝަން
ރިއަލް އެސްޓޭޓްގައި އިންވެސްޓް ކުރުމުގެ ފުރުސަތު
ޒަމާނީ ސުޕަމާކެޓެއް ކަސްޓަމަރުން އެދޭ ހުރިހާ ސިފަތަކެއް
ޒަމާނާ އެއްވަރަށް ސުޕަމާކެޓުތައް ބަދަލުވެއްޖެތަ؟
އައިކެއާއިން އޭއައިގެ އެހީގައި އައިނުގެ މިންތައް ނަގަނީ
މަޝްހޫރު "ވިޗާއީ" އިންޖީނު ލިއޯ ޓްރޭޑިންގައި
ހުޅުމާލެއިން ހިތްފަސޭހަ ދިރިއުޅުމަކަށް އަކުއާ ވީޓާ