ރާއްޖޭގައި ބާޒާރު ކުރުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލެއް މިރޭ އަންނާނެ އެވެ. އެއީ ބާޒާރު ކުރުމުގައި ދިމާވާ ގިނަ ދަތިތަކަށް ހައްލެއް ލިބި، ކަސްޓަމަރުން އެކަމަށް ކުރި އިންތިޒާރު ނިމުމަކަށް އަންނާތީ އެވެ. ކަސްޓަމަރުންނަށް ކަމުދާނެ، ޒަމާނީ ގިނަ ސިފަތަކާއި، ބޮޑެތި ލުއިތަކާ އެކު ސަމަންގެ ސުޕަމާކެޓު މިރޭ ހުޅުވާނެ އެވެ.
ރާއްޖޭގައި ބާޒާރު ކުރުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލެއް މިރޭ އަންނާނެ އެވެ. އެއީ ބާޒާރު ކުރުމުގައި ދިމާވާ ގިނަ ދަތިތަކަށް ހައްލެއް ލިބި، ކަސްޓަމަރުން އެކަމަށް ކުރި އިންތިޒާރު ނިމުމަކަށް އަންނާތީ އެވެ. ކަސްޓަމަރުންނަށް ކަމުދާނެ، ޒަމާނީ ގިނަ ސިފަތަކާއި، ބޮޑެތި ލުއިތަކާ އެކު ސަމަންގެ ސުޕަމާކެޓު މިރޭ ހުޅުވާނެ އެވެ.
ސަމަން ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުން ހުޅުވާ މި ސުޕަމާކެޓް ހުންނަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި، ވިނަރެސް ޓަވަރު 3ގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާގަ އެވެ.
މި ސުޕަމާކެޓު ހުޅުވުމުގެ ގޮތުން މިރޭ 8:30ގައި ވިނަރެސް ޓަވަރު 4ގެ އިރަށް އޮންނަ ހުސް ބިމުގައި ރެވިއޯ، ޑީޓިއުން އަދި ސްކައިރޮކް ބޭންޑްތައް ބައިވެރިވާ މިއުޒިކް ޝޯއެއް ކުރިއަށްދާނެ އެވެ. މިއީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ބޭންޑުތަކުގެ ތެރޭގައި ހިމެނޭ ތިން ބޭންޑުގެ ޕާފޯމެންސް އެއް ސްޓޭޖަކުން ބަލައިލަން ލިބޭ ފުރުސަތެކެވެ.
އޭގެ އިތުރުން މިރޭ 9:30ގައި މިއުޒިކް ޝޯ ބާއްވާ ސަރަޙައްދުގެ އިރުމަތީ ފަރާތުން ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތައް ބަލައިލުމަށް ވީހާ ވެސް ގިނަ އަދަދެއްގެ މީހުން އެ ސަރަހައްދަށް ދިއުމަށް ސަމަންއިން ވަނީ ދައުވަތު ދީފަ އެވެ.
މި ސުޕަމާކެޓުން އަމާޒު ހިފަނީ އާންމުންނަށް، ކުރާ ހިތުން ބާޒާރު ކުރެވޭނެ މާހައުލެއް ގާއިމުކުރުމަށެވެ. މިކަން ހާސިލުކުރުމަށްޓަކައި ސުޕަމާކެޓުގެ ހުރިހާ ސިފަތަކެއް ބިނާކޮށްފައިވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށެވެ. އެއީ ޗީޕް، ޗޮއިސަސް އަދި ކޮންވީނިއެންޓް އެވެ. ނުވަތަ އަގުހެޔޮކޮށް، ވީހާ ވެސް ގިނަ ބާވަތްތަކުގެ މުދާ ހިތްހަމަޖެހޭ މާހައުލެއްގައި ފަސޭހައިން ގަނެވޭނެ ގޮތް ހަމަޖައްސައިދިނުމެވެ.
އެގޮތުން، މި ސުޕަމާކެޓުގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައިވަނީ ތަފާތު ވައްތަރުގެ، އެކި ބްރޭންޑްތަކުގެ ކާބޯތަކެތީގެ ގިނަ ބާވަތްތަކަށެވެ. ފުރަތަމަ ފަންގިފިލާގައި ވަނީ ޕާސަނަލް ކެއާ، ކިޗަން އެކްސެސަރީސް، ހޯމް ޑެކޯ، ކްލީނިން ޕްރޮޑަކްޓްސް، އެރޯމާ ތެރަޕީ ޕްޜޮޑަކްޓްސް، ލިނެން އަދި ކުޑަކުދިން ކުޅޭ ސާމާނާއި އުފަންދުވަސް އަދި ވެޑިން ފަދަ މުނާސަބަތު ފާހަގަކުރަން ބޭނުންކުރާނެ ސާމާނެވެ.
މި ސުޕަމާކެޓުގެ ލޭއައުޓާއި ސެޓަޕް ބައްޓަންކޮށްފައިވަނީ ތޮއްނުޖެހި، ހަމަޖެހިލައިގެން ކަސްޓަމަރުންނަށް ބާޒާރުކޮށްލެވޭ ގޮތަށް، ޖާގަ ތަނަވަސްކޮށެވެ. ބާޒާރުކުރުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ގެނެސްދިނުމުގެ އަމާޒުގައި ސަމަން ހުޅުވާ މި ސުޕަމާކެޓުގެ އަޖުމަ ބަލާލައި، ތަޖުރިބާކޮށްލަން އެ ކުންފުނިން އާންމުންނަށް ދައުވަތު އަރުވަ އެވެ.
ނޯޓު: މިއީ ސަމަން ޓްރޭޑިންގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.
ތަދުތަކަށް ދޭ ރޭޑިއޯ ފްރީކުއެންސީ ފަރުވާ ޕެއިން ކްލިނިކުގައި
ބޮޑު ތިން ބޭންޑެެއް އެއް ސްޓޭޖަކަށް!
ފެއްސާއި ރަތާއިނުލުގެ ހިނިތުންވުން، ބާޒާރު ކުރާނަންތަ؟
މަސައްކަތް ހަލުވިކުރުމަށް އޭއައި ޓްރާންސްކްރިޕްޝަން
ރިއަލް އެސްޓޭޓްގައި އިންވެސްޓް ކުރުމުގެ ފުރުސަތު
ޒަމާނީ ސުޕަމާކެޓެއް ކަސްޓަމަރުން އެދޭ ހުރިހާ ސިފަތަކެއް
ޒަމާނާ އެއްވަރަށް ސުޕަމާކެޓުތައް ބަދަލުވެއްޖެތަ؟
އައިކެއާއިން އޭއައިގެ އެހީގައި އައިނުގެ މިންތައް ނަގަނީ
މަޝްހޫރު "ވިޗާއީ" އިންޖީނު ލިއޯ ޓްރޭޑިންގައި
ހުޅުމާލެއިން ހިތްފަސޭހަ ދިރިއުޅުމަކަށް އަކުއާ ވީޓާ