ސްކައިރޮކް އާއި ޑިޓިއުން އަދި ރެވިއޯ ބޭންޑަކީ ދިވެހި މިއުޒިކީ ސްޓޭޖުގައި މިހާރު އެންމެ ނަގައިކިޔާ ބޭންޑުތަކުގެ ތެރެއިން އެންމެ ކުރީގައި ހިމެނޭ ތިން ބޭންޑެވެ. އެ ތިން ބޭންޑު އެއް ސްޓޭޖަކުން، އެއް ހަފުލާއެއްގެ ތެރޭގައި ފެނުމަކީ މިއުޒިކަށް ލޯބިކުރާ މީހުން އެދިއެދި ތިބޭ ކަމަށް ވިޔަސް ވަރަށް މަދު ފަހަރެއްގައި ނޫނީ ނުވާނެ ކަމެކެވެ.
ސްކައިރޮކް އާއި ޑިޓިއުން އަދި ރެވިއޯ ބޭންޑަކީ ދިވެހި މިއުޒިކީ ސްޓޭޖުގައި މިހާރު އެންމެ ނަގައިކިޔާ ބޭންޑުތަކުގެ ތެރެއިން އެންމެ ކުރީގައި ހިމެނޭ ތިން ބޭންޑެވެ. އެ ތިން ބޭންޑު އެއް ސްޓޭޖަކުން، އެއް ހަފުލާއެއްގެ ތެރޭގައި ފެނުމަކީ މިއުޒިކަށް ލޯބިކުރާ މީހުން އެދިއެދި ތިބޭ ކަމަށް ވިޔަސް ވަރަށް މަދު ފަހަރެއްގައި ނޫނީ ނުވާނެ ކަމެކެވެ.
އެކަމަކު، އަންނަ ހޮނިހިރު ދުވަހުގެ ރޭ އެކަން ހަގީގަތަކަށް ވާނެ އެވެ. ސަމަން ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުން ހުޅުމާލެ 2 ގައި އާ ސުޕަމާކެޓް ހުޅުވުމުގެ ގޮތުން ބާއްވާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާޙަގަކޮށްލެވޭ އެއް ކަމަކީ އެ ތިން ބޭންޑު ލައިވްކޮށް ޕާފޯމްކުރާ ހާއްސަ ޝޯ އެވެ.
މިއީ ދިވެހިވަންތަ ލަވަތައް ޒަމާނީ ފީލްއެއްގައި ގެނެސްދޭ ބޭންޑެކެވެ. ކާމިޔާބު ސިންގަލް ލަވަތަކަކުން އާންމުންގެ މެދުގައި މަޝްހޫރުވި ސްކައިރޮކްގެ ފުރަތަމަ އަލްބަމް 'ސަމުގާ' ނެރުނީ އޮގަސްޓު 2024 ގަ އެވެ.
އެ އަލްބަމުގައި ހިމެނޭ މަގުބޫލު ލަވަތަކުގެ ތެރޭގައި 'ރޭވަ' އާއި އަބްދުﷲ އީސާފުޅުގެ ޅެމަކަށް ދިރުން ގެނެސްދީފައި "ސަމުގާ' އަދި 'ހޭވައްލާ ތައްޔާރު' ހިމެނެ އެވެ.
ބޭންޑުގެ ލައިންއަޕް
- އިންޝާ އަހުމަދު – ލީޑް ވޯކަލިސްޓް
- އިނާން އާދިލް – ބޭސިސްޓް
- އަހުމަދު ފައިޒަން – ޑްރަމަރު
- ހުސައިން ތައުފީގު – ކީބޯޑިސްޓް
- އަބްދުﷲ ފަރުހާން (ފައްފު) – ވޯކަލިސްޓް، ރިދަމް ގިޓަރިސްޓް
- ޒަޔާން ފައިސަލް – ލީޑް ގިޓަރިސްޓް
ޑިޓިއުންއަކީ އާދައިގެ ބައެއް ނޫންކަން ބުނެދޭ ތާރީހީ ކަމެއް ބުނެފާނަމެވެ. މިއީ މުނިފޫހިފިލުވުމުގެ ދާއިރާއިން ގައުމީ އިނާމު ލިބުނު އެންމެ ފުރަތަމަ ބޭންޑެވެ. ޑިޓިއުން ހާއްސަވާ ވަކި ޖޮންރާއެއް ނެތެވެ. މި ބޭންޑުގެ އަމިއްލަ އުފެއްދުންތައް ކަމަށްވާ ޖޭޒް، ބްލޫސް އަދި ރޮކް މިއުޒިކަށް ވެސް ފައްތާލަނީ އެހާމެ ފުރިހަމައަށެވެ. ޑިޓިއުން ބޭންޑުގެ ސައުންޑާ ނުލައި މިހާރު ގިނަ އިވެންޓުތަކާއި ޕާޓީތައް ފުރިހަމަ ނުވެ އެވެ.
ޕާފޮމެންސްގެ ބޮޑު ބައި ޑިޓިއުންއިން ވެސް ހޭދަކުރަނީ ރިސޯޓު މިއުޒިކުގައި، ފަތުރުވެރިން ހިތްހަމަޖައްސައި ދިނުމުގަ އެވެ. ނަމަވެސް ރިސޯޓު މިއުޒިކުން ބްރޭކެއް ނަގައިގެން ޑިޓިއުން އިން ވަނީ ދިވެއްސާއި އިނގިރޭސި ލަވަތަކަކާ އެކު 'ވަން ޑައުން'ގެ ނަމުގައި އަޑުއަހާލަން ފަސޭހަ އަލްބަމެއް ނެރެފަ އެވެ. އެ އަލްބަމްގައި ހިމެނޭ އުފާވެރި ފީލްއެއްގެ 'ނަށާލާ'، މަޖާޒީ ބަސްތައް ގަތާލާފައިވާ ދިވެހިވަންތަ 'ހިޔަމަ' އަދި މަޖާ ވައިބެއް ގެނެސްދޭ'ވައި ސޯންގް'އަކީ އަދިވެސް ދިވެހި މިއުޒިކަށް ލޯބިކުރާ މީހުންގެ ޕްލޭލިސްޓުން ޖާގަ ލިބޭ ލަވަތަކެވެ.
ބޭންޑުގެ ލައިންއަޕް
- ފާތިމަތު ފެޒްލީން (ފެޒޫ) – ވޯކަލިސްޓް، ސޯންގް ރައިޓާ، ގިޓަރިސްޓް
- އަހުމަދު އާސިފް (އައްމަޑޭ) – ޑްރަމަރު، ހާމަނީ ވޯކަލިސްޓް، ޕާކަޝަނިސްޓް
- ހަސަން ފާތިހު (ފާތި) – ލީޑް ގިޓަރިސްޓް، ހާމަނީ ވޯކަލިސްޓް
- އަހުމަދު ފުރުގާން (ފުޖީ) – ލީޑް ވޯކަލިސްޓް، ސޯންގް ރައިޓާ، ކީބޯޑިސްޓް
- އަލީ ޝާފިއު (އައްޔަ) – ބޭސް ގިޓަރިސްޓް، ހާމަނީ ވޯކަލިސްޓް
- އަހުމަދު ހުމާމް (ޒޯލޯ) – ލީޑް ވޯކަލިސްޓް
- ޖީމް ނިޔާޒު – ޑްރަމަރު
- ހުސައިން ހިސާން – ކީބޯޑިސްޓް
- ޒަޔާން ފައިސަލް – ލީޑް ގިޓަރިސްޓް
- އިނާން އާދިލް - ބޭސިސްޓް
ދިވެހި މިއުޒިކްގެ އުދަރެހުގެ އެންމެ އުހުގައި މިވަގުތު ރަސްކަން ކުރަމުން އަންނަ މި ވަރުގަދަ ތިން ބޭންޑު އެއް ސްޓޭޖަކަށް ގެނެސްދޭ މިއުޒިކް ޝޯ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި، ވިނަރެސް ޓަވަރު 4 އާ ޖެހިގެން އިރަށް އޮންނަ ހުސް ބިމުގަ އެވެ.
ނޯޓު: މިއީ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.
ތަދުތަކަށް ދޭ ރޭޑިއޯ ފްރީކުއެންސީ ފަރުވާ ޕެއިން ކްލިނިކުގައި
ސަމަންގެ ސުޕަމާކެޓު ހުޅުވަނީ، ބާޒާރު ކުރުމަށް ބަދަލެއް
ފެއްސާއި ރަތާއިނުލުގެ ހިނިތުންވުން، ބާޒާރު ކުރާނަންތަ؟
މަސައްކަތް ހަލުވިކުރުމަށް އޭއައި ޓްރާންސްކްރިޕްޝަން
ރިއަލް އެސްޓޭޓްގައި އިންވެސްޓް ކުރުމުގެ ފުރުސަތު
ޒަމާނީ ސުޕަމާކެޓެއް ކަސްޓަމަރުން އެދޭ ހުރިހާ ސިފަތަކެއް
ޒަމާނާ އެއްވަރަށް ސުޕަމާކެޓުތައް ބަދަލުވެއްޖެތަ؟
އައިކެއާއިން އޭއައިގެ އެހީގައި އައިނުގެ މިންތައް ނަގަނީ
މަޝްހޫރު "ވިޗާއީ" އިންޖީނު ލިއޯ ޓްރޭޑިންގައި
ހުޅުމާލެއިން ހިތްފަސޭހަ ދިރިއުޅުމަކަށް އަކުއާ ވީޓާ