އެމްއެޗްއޭއިން ޕިލްސްބެރީގެ ފްރޯޒަން ފްލެޓްބްރެޑް ރޭންޖުގެ މަލަބާރި ފަރާޓާ އާއި ތަންދޫރި ނާން ތައާރަފްކޮށްފި އެވެ.
23 ޖެނުއަރީ 2025
އެމްއެޗްއޭއިން ޕިލްސްބެރީގެ ފްރޯޒަން ފްލެޓްބްރެޑް ރޭންޖުގެ މަލަބާރި ފަރާޓާ އާއި ތަންދޫރި ނާން ތައާރަފްކޮށްފި އެވެ.
މަލަބާރި ފަރާޓާ އަކީ ފްލޭކީ ލެޔާތަކެއް ހިމެނޭ ބަޓަރުގެ މީރު ރަހަ އެކުލެވޭ އެއްޗެކެވެ. އޭގައި އިތުރު ޕްރެޒެވޭޓިވްސް ނުވަތަ ފްލޭވާ އަދި ހަކުރު ނުހިމެނޭނެ އެވެ. މިއީ ރަހަމީރު، ކޮލެޓީ ރަނގަޅު ފަރާޓާއެއް ބޭނުންވާ ކަސްޓަމަރުންނަށް ކަމުދާނެ ޕްރޮޑަކްޓެއް ކަމަށް އެމްއެޗްއޭއިން ބުންޏެވެ.
އެމްއެޗްއޭއަށް ތައާރަފްކުރި ތަންދޫރި ނާން އަކީ އޮތެންޓިކް ރަހަތައް ހިމެނޭ، ނާން ހެދުމުގައި ބޭނުންކުރާ ޓްރެޑިޝަނަލް އިންގްރިޑިއަންޓުތައް ކަމަށްވާ ފުށާއި ޔޯގަޓް އަދި ފެނާއި އެކި ސްޕައިސްތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ނާން އެކެވެ. މިއީ ފްރިޖުން ނަގާ ގޮތައް ފިހެލައިގެން ކާލެވޭނެ މީރު ނާންއެއް ކަމަށް އެމްއެޗްއޭއިން ބުންޏެވެ.
މި ދެ ޕްރޮޑަކްޓަކީ ވެސް ސިއްހަތަށް ފައިދާހުރި އަދި ރަހަ މީރު އަދި 100 ޕަސެންޓް ޝަރުބަތީ ވީޓް ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ އެއްޗެކެވެ. އަދި ޕިލްސްބެރީގެ ފްލެޓްބްރެޑް އަކީ މާކެޓުގައި ހުރި އެފަދަ އެހެން ޕްރޮޑަކްޓުތަކުގައި ތެޔޮ ހިމެނޭ ވަރަށް ވުރެ މަދުން ތެޔޮ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސިއްހަތަށް ރަނގަޅު އުފެއްދުންތަކެއް ކަމަށް އެމްއެޗްއޭއިން ބުންޏެވެ.
ޕިލްސްބެރީ އަކީ އެފްއެމްސީޖީ ޕްރޮޑަކްޓުތައް އުފައްދާ ދުނިޔޭގެ މަޝްހޫރު ބްރޭންޑެކެވެ.
ޕިލްސްބެރީގެ ފްރޯޒަން ފްލެޓްބްރެޑްގެ ޕްރޮޑަކްޓުތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް އެމްއެޗްއޭއިން ލިބޭނެ އެވެ. އަދި ރީޓެއިލްކޮށް ރާއްޖޭގެ އެކި ފިހާރަތަކުން ލިބެން ހުންނާނެ އެވެ.
ރެޕިއުޓްގެ އާ ފިހާރައެއް ހުޅުމާލޭގައި
ތިން ރެސްޓޯރެންޓަކާ އެކު އެމްއައިބީގެ ޕްރޮމޯޝަނެއް
ފިލިޕީންސްގެ "ރޯޔަލް އެކަޑަމީ" އަށް ރާއްޖޭގެ ހުއްދަ
ރޯދައަށް އެމްއައިބީގެ "ކާޑުން ކަނޑާލާ" ޕްރޮމޯޝަން
"ހޮންޑާ ރިބެލް" ލިބުނު ނަސީބުވެރިޔާއަށް ސައިކަލު ދީފި
ވިލާ ހަކަތަ: ކާމިޔާބު 25 އަހަރުން ވަރުގަދަ ނަމެއް
ހަވާއެރުވުމާއެކު އަވަސް އެޕްގެ ހާއްސަ ހަރަކާތެއް
އެމްއޭސީއެލް މެރިޓް އެވޯޑު ސީއެޗްއެސްއީގެ 4ދަރިވަރަކަށް
ލަންކާގެ ޕްރިމިއަމް ރެވެލޯ ޗޮކްލެޓް ރާއްޖޭގެ މާކެޓަށް
ރާއްޖޭގައި ފަރުމާކުރި ފުރަތަމަ ބޯޅައިގެ ޕްރީއޯޑަރުނަގަނީ